Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖިންސީ ގޯނާކުރުން

ނިކަމެތިކޮށްލި ދިވެހި އަންހެނުން، އިންސާފު ހޯދަން ކުރީސަފަށް

9 ޖުލައި 2020 | ބުރާސްފަތި 18:23

އަންހެނުން ދަނީ އިންސާފު ހޯދައިދިނުމަށް އެދި އިހުތިޖާޖު ކުރަމުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 9 ޖުލައި 2020 | ބުރާސްފަތި 18:23
އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި ކުރި އިހްތިޖާޖެއްގެ ތެރެއިން

އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި ކުރި އިހްތިޖާޖެއްގެ ތެރެއިން

ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 49 އިންސައްތަ ކަމަށް ވާއިރު ކޮންމެ ސަރުކާރަކުން ވެސް އަންހެނުންނާއި ކުރާ ތަފާތު ކުރުންތައް ނިމުމަކަށް ގެނެސް އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކަތައް ދައްކަމުންދެއެވެ. އަދި އެ މަގަށް ބައެއް ގާނޫނުތަކަށް ބަދަލު ގެނެސް ބައެއް ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފައި ހުރިކަން ފާހަގަކޮށްލާނަމެވެ.

ނަމަވެސް، މިއަދު ދިވެހިން ގަބޫލުކުރާ ހަގީގަތެއް އެބައޮތެވެ. ގާނޫނުގައި ލިޔެވިފައި އޮތަސް، އެ ގާނޫނުތަކުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ އަންހެނުންނަށް ފޯރުކޮށްދެވިފައި ނުވާކަމެވެ. އަދި އެކަމުގެ އަމަލީ މަސައްކަތެއް ނުކުރެވެނީ ޤާނޫނު ތަންފީޒު ކުރަން އޮންނަ މުއައްސަސާ ތަކުގެ ދޯހަޅި ކަމުން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

އަންހެނުންނާއި ކުޑަކުދިން އަނިޔާއިން ރައްކާތެރިކޮށް ދިނުމުގައި ދައުލަތުގެ އެންމެ އިސް މަސްއޫލިއްޔަތު އަދާކުރައްވާ ވަޒީރު ވެސް އެކަން ގަބޫލު ކުރައްވައެވެ. އެހެނީ، އަންހެނުންނާއި ކުޑަކުދިން އަނިޔާއިން ރައްކާތެރިކޮށް ދިނުމުގައި މުޅީ ނިޒާމު ފެއިލްވެފައިވާ ކަމަށް އެ މަގާމު ފުރުއްވަމުން ގެންދަވާ، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅެއް ނުވާނެއެވެ.

ކޮވިޑުގެ އާލަމީވަބާއިން ދުރަށް ރާއްޖެއިން ސަލާމަތުގެ އައްސޭރިއަށް ކުރާ ދަތުރުގެ ތެރެއިން، ބޯމައްޗަށް ބިންދާލީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ ތޫފާނެކެވެ. ފުލުފުލުގައި އިވެން ފެށީ އެކި ވާހަކަތަކެވެ. ފުލުފުލުގައި އިވެން ފެށިޔަސް، މިއީކީ އިއްޔެއަކު މިއަދަކު ހިނގައިގެން އުޅޭ ކަމެއް ނޫންކަން ކަށަވަރެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތަކާއި މިނިވަންކަން އެއްވެސް ގޮތަކަށް ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމާއި އެ ހައްގުތަކާއި މިނިވަންކަން ލިބުމުގައި ޖިންސަށް ބަލައިގެން ތަފާތުކޮށްގެން ނުވާނެ ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް ތަފާތު ކުރުންތައް ނުކެނޑޭކަން ފާހަގަ ކުރެވެއެވެ.

މިސާލަކަށް ވަޒީފާގެ މާހައުލައް ބަލާލަމާ ހިނގާށެވެ. ވަޒީފާގެ މާހައުލުގައި ޖިންސީ ގޯނާ ތަހައްމަލުކުރާ މީހުންގެ ތެރެއިން 90 އިންސައްތައަށް ވުރެ ގިނައީ އަންހެނުންނެވެ. ވަޒީފާއަށް އެދިގެން އިންޓަވިއުއަށް ދާ އަންހެން ކުދިން ވެރިންގެ ކޮޓަރިކޮޅުގެ ޝިކާރައަކަށްވާ ވާހަކައަކީ އެންމެންވެސް އަޑުއަހާފައި ހުރި ފަރިތަ ވާހަކަތަކެވެ. މުޖުމަތައުގައި ކަންކަން ގޮސްފައި ހުރި ހިސާބެވެ.

މިހެން ޝިކާރައަކަށްވާ ގިނަ އަންހެނުން އޮފީސްތަކުގައި މަސައްކަތް ކުރަމުންދަނީ ވަޒީފާގެ ބިރަށް މަޖުބޫރީ ހާލަތުގައެވެ. ވަޒީފާ ދޫކޮށްލުމުން އިތުރު ވަޒީފާއެއް ލިބޭނޭ ކަމުގެ ޔަޤީންކަން ނެތުމުން، އާއިލާއަށްޓަކައި އަނގަ ބަންދުކޮށްގެން ތިބި އަންހެނުން މަދެއް ނުވާނެއެވެ. އިންސާފެއް ލިބޭނެކަން ނޭނގޭތީ ހަނުހުރި އަންހެނުން މަދެއް ނުވާނެއެވެ. ކުރިމަތިލާން ޖެހޭނެ ބަދުނާމާއި ލަދުގެ ބިރަށް، ހައްޕު ކިޔައިގެން ތިބި އަންހެނުން މަދެއް ނުވާނެއެވެ.

މިއީ ވަޒީފާގެ މާހައުލަތައް އެކަނި ހާއްސަވާ ހާލަތެއް ނޫނެވެ. ހާލުގައި ޖެހިގެން ކަމެއްގައި އެދޭ އަންހެނާއަށް މިހެން ކަންކުރާ ވާހަކަތައް އަޑުއިވިފައި ހުރި އަދަދު މަދެއް ނުވާނެއެވެ. އާއިލާގެ މެންބަރަކަށް ބޮޑު ކަމެއް ދިމާވުމުން އެހީތެރިކަން ހޯދަން ފައިސާވެރިން ގާތަށް ދިއުމަކީ ދިވެހިން ކޮށް އުޅޭ ކަމެކެވެ. އަދި ޖިންސީ އެދުމެއް ފުއްދުމުން އެހީ ވެދޭނެ ކަމަށް މިބުނާ ފައިސާވެރިންގެ ތެރެއިން އެތައް ބަޔަކު އެދިފައިވާ ކަމަށް ތުހުމަތުކުރާ އަންހެނުން ވެސް ވަކި މަދެއް ނުވާނެއެވެ.

އޮފީސް މާހައުލު ރައްކާތެރިއެއް ނޫނެވެ. މުޖުތަމައުގެ ހާލަތު ރައްކާތެރިއެއް ނޫނެވެ. އަދި ކިއެއްތަ، ގޭގައި އުޅޭ ފިރިންގެ ފަރާތުން ލިބޭ އަނިޔާގެ ސަބަބުން ދިރިއުޅޭ ގޭބިސީ ރައްކާތެރި ނޫންކަމަށް ބުނާ އެތައް އަންހެނަކު ވެސް އެބަ އުޅެއެވެ. ގިނަ ފަހަރު ދަރިންނަށްޓަކައެވެ. އެކުދިންގެ މުސްތަގުބަލަށް ވިސްނާފައި އަނިޔާ ތަހައްމަލު ކުރުން ނޫން އިތުރު ގޮތެއް ނެތްކަމަށް ގަބޫލު ކުރެވެނީއެވެ.

އަންހެނުން މިވީހާ ދުވަހު އެ މައްސަލަތައް ހުށަނާޅާ ސަބަބުތައް ބައިވަރެވެ. މިއިން ޒަމާނުކު އެއިން ކަމެއްގައި އިންސާފު ލިބިފައި ނެތެވެ. އިންސާފު ލިބުމާ ގާތަށް ވެސް ނުދެއެވެ. ފިރިމީހާ އަނިޔާކުރާތީ މައްސަލަ ހުށައެޅުމުން، ދެވެރިން "ސުލްހަވެރި" ވުމަށް ކޯޓުން އަންގާފައިވާ ކަމަށް އެތައް އަންހެނަކު މިއަދު ވެސް އެދަނީ ބުނަމުންނެވެ. ކޯޓުތަކާއި މުއައްސަސާތައް އޮތީ ނުކުޅެދިފައެވެ. އެއަށްފަހު އިންސާފު ނުލިބި އެވާހަކަތައް އޮބިގެންދެއެވެ.

މި ހުރިހާ ކަމެއް މިހެން ހުއްޓައި، މިއަދު ފެންނަ މަންޒަރުތަކުން މި ފަސްގަނޑުގައި އަންހެނަކަށް ވީތީ ފަހުރުވެރިވެއެވެ. މިއަދު އަންހެނުން ނިކުމެ މަގުމަތީގައި އެ ވާހަކަތައް ދައްކަނީ ކެރި ތިބެގެންނެވެ. މިއީ ރާއްޖެއިން ކުރިން ފެނުނު މަންޒަރުތަކެއް ނޫނެވެ.

މި ޒާތުގެ ވާހަކަތައް ސިއްރުކުރަން ބުނާ ސަބަބު ވެސް އެނގިއްޖެއެވެ. އެއީ އެ ވާހަކަތައް އެއް ބަޔަކު ދައްކަން ފެށުމުން އެކަމުން ހިތްވަރު ލިބިގެން ވާހަކަ ދައްކާނެކަން އެނގޭތީއެވެ. މި ދެތިން މަހު ފެނުނު މަންޒަރުތަކުން މިކަމަށް ބާރު ދެއެއް ނޫންތޯއެވެ.

މިއަދު އެ އަންހެން ކަނބަލުން އަޑު އުފުލައިގެން މުއައްސަސާތައް އެތިބީ އާދައިގެ ގޮތަކަށް ބުނާނަމަ، ދެފައި އެއްތާކު ނުޖެހިއެވެ. ސަރުކާރާއި، މަޖިލިހުގެ ސަމާލުކަން ލިބޭ މިންވަރު ވަނީ އިތުރުވެފައެވެ. އަންހެނުންގެ ރައްކާތެރިކަމަކީ، ފަސްމަންޒަރުގައި ކުރެވޭ ކުދިކުދި މަޝްވަރާތަކަކުން ނިންމާލެވޭނެ ވަރުގެ ކަމެއް ނޫންކަން މިއަދު ގައުމުގެ ކުދިބޮޑު އެންމެނަށް އިނގޭނެއެވެ.

ނުފޫޒުގަދަ ވަޒީރަކު މަގާމުން ވަކިކުރުމަކީ ކޮށްފާނެ ކަމެއް ކަމަށް ކުރިން ގަބޫލުކުރާނީ މަދު ބަޔެކެވެ. ނިމިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރު މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭރުގެ ސަރުކާރުން އަމަލުކުރި ގޮތުން އެއީ ނުވާނެ ކަމެއް ކަމަށް ގިނަ މީހުން ތިބީ ނިންމައިގެންނެވެ. މިއަދު އެކަންވެސް ކުރީ، ހަމަ ދިވެހި ކަނބަލުންގެ ހިތްވަރުންނެވެ.

ނުފޫޒުގަދަ މަގާމެއްގައި ހުރެ ނުވަތަ ފައިސާވެރިއަކަށް ވެހުރެ އަންހެނުންނަށް މެސެޖްކުރާ މީހުން މި ރާއްޖޭގައި ގިނައެވެ. އަގުބޮޑު މުދަލާއި ބޭރު ދަތުރުތަށް ހުށައަޅައިގެން ޖިންސީ އެދުން ފުއްދަން އެދޭ މީހުން ގިނައެވެ. ވަޒީފާގެ ކުރިއެރުމުގެ ބަދަލުގައި، "ބޮސް" އާއެކު ދަތުރެއް ދާން ހުށައަޅާ މީހުން ގިނައެވެ. މިއީ މި ރާއްޖޭގައި އަންހެނުންނަށް ދުވާލާއި ރޭގަނޑު ކުރިމަތިލާން ޖެހޭ ކަންކަމެވެ.

އަންހެނުން ތިކުރާ ހިތްވަރަށް ސާބަހެވެ. ދެން އޮތީ ސަރުކާރާއި، މަޖިލިހާއި މުޅި ދައުލަތް ހިމެނޭގޮތަށް ކުރަން ހުރި މަސައްކަތްތަކެވެ. އިތުރު ކުރަންވީ އެ އަންހެނުންނަށް ފޯރުކޮށްދޭ އެހީއެވެ. ކަށަވަރު ކުރަންވީ އެ އަންހެނުންގެ ހައްގުތަކެވެ. ރައްކާތެރިކަން ދޭންވީ ޝިކާރައިގެ ވާހަކަ ދައްކާ މީހާއަށެވެ. އިސްކަން ދޭންވީ ގައުމު ބިނާކުރަން ތިބި އަންހެން ދަރީންގެ ކުރިމަގަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
08 ޖެނުއަރީ 2017

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

08 ޖެނުއަރީ 2017
ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް