Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

ޤާސިމްއަށް ފަރުވާ ކުރެވޭނީ ރާއްޖެއިން ބޭރުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 އޯގަސްޓު 2017 | ބުރާސްފަތި 14:12
ޤާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި

ޤާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި

އަރިއަތޮޅު މާމިގިލީ ބުރުމާ އިބުރާހިމާއި، އެ އަތޮޅު ދިއްދޫ ހައްވާގެ، ދަރި ޤާސިމް އިބްރާހީމަކީ މި ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަމީ އެމަނިކުފާނުގެ އެންމެ ބޮޑު ހަތުރުން ވެސް ހަމަބުއްދީގައި ތިބެމެ ދެކޮޅު ހަދާނެ ކަމެއް ނޫނެވެ.

އުމުރުފުޅުން އެންމެ ނުވަ ދުވަހުގައި މަންމާފުޅު ނިޔާވެ، އުމުރުފުޅުން 10 ވަރަކަށް އަހަރު ވީތަނާހެން މާމާފުޅު ނިޔާވުމުން، ދެން ޤާސިމް ނުކުންނެވީ މަސައްކަތުގެ މައިދާނަށެވެ. އަތޮޅުތެރޭ ރަށެއްގެ ނިކަމެތި އެ ކުއްޖާ ކޮށްއުޅުނު ކަމަކީ ކާށި ހޮވުމެވެ. އޭރު ލިބޭންހުރި ތަޢުލީމެއް ވެސް ހޯއްދަވަމުންނެވެ. އުމުރުން އެންމެ 10 އަހަރުފުޅުގައި އެ ދެއްކެވި މުރާލިކަން މިއަދު ޤައުމީ ފެންވަރުގައި އެމަނިކުފާނު ވަނީ ދައްކަވާފައެވެ.

ޤާސިމް އިބްރާހީމަކީ ދިވެހި މުޖުތަމައުގެ ކޮންމެ ފަރުދަކަށް ނަމޫނާއެކެވެ. ކާމިޔާބީގެ ލާމަސީލު، ދިރިހުރި މިސާލެކެވެ.

ނޫރާނީއާގެ އާއި އެންދެރިމާގޭގައި ސައިކަލާއި ބައިސްކަލު ސާފު ކުރުމުގެ މަސައްކަތާއި، ގޭތެރެ ސާފުކުރުމުގެ މަސައްކަތް ކުރައްވަމުން ހުސްވަގުތުގައި ޓިއުޝަނަށް ވަޑައިގެން ލިބިލެއްވި ތަޢުލީމުން، ޤައުމީ ޚިދުމަތަށް ޤާސިމް ނުކުންނެވީ 1969 ވަނަ އަހަރު ގަވަރމަންޓް ހޮސްޕިޓަލްގެ އެއްނަންބަރު ކާތިބުގެ މަޤާމަށެވެ. އެހިސާބުން އެމަނިކުފާނު ފެއްޓެވި ދިރިއުޅުއްވުމުގެ އަމަލީ މައިދާން މިއަދު ޤައުމީ ޚިދުމަތުގެ އުސްތުނބަށް އަރާފައިވާއިރު، އޭގެ މުގުލަކީ 1976 ވަނަ އަހަރު އެމަނިކުފާނު ފެއްޓެވި ވިޔަފާރިއެވެ.

އަލިފުން ފެއްޓެވި މަސައްކަތް މިއަދު ޔާއާއި ހަމައަށް ގެންދަވާއިރު، އެ މަސައްކަތުގެ ތެރެއިން ޤާސިމް ވަނީ އެތައް ހާސް ދިވެހިންނަކަށް ވަޒީފާ ދެއްވައި، ސީދާ ނުވަތަ ނުސީދާގޮތުން ނަމަވެސް އެ އާއިލާތަކަށް އެތައް އެހީއެއް ވެދެއްވާފައެވެ. ތަޢުލީމު ހޯއްދެވުމަށް އެތައް ދަތި ހާލެއްގައި އެމަނިކުފާނު އުޅުއްވާން ޖެހިވަޑައިގަތް ނަމަވެސް، އެ ހިތާމަ ދިވެހި ޒުވާނުންނަށް ލިބުނަދޭން ބޭނުންފުޅު ވެވަޑައިނުގަންނަވާތީ، ތަޢުލީމީ ދާއިރާ ކުރިއެރުއްވުމަށާއި، ދިވެހި ޒުވާނުންނަށް ތަޢުލީމު ހޯއްދަވައިދެއްވުމަށް އެތައް އެތައް މަސައްކަތެއް އެމަނިކުފާނު ވަނީ ކުރައްވާފައެވެ. މީގެ ކުރިން ހާމަވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، ޤާސިމް އިބްރާހީމްގެ ގެ އެހީގައި އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް، އެހީގެ ގޮތުގައި ދުވާލެއްގެ މައްޗަށް 3 ލައްކަ އާއި ގާތްކުރާ އަދަދަކަށް އެމަނިކުފާނު ޚަރަދުކުރައްވާފައި އެބަހުއްޓެވެ.

ޝައްކެއް ނެތް ގޮތުގައި މި އެހީގެ ބޮޑު ބައެއް ހޭދަކުރައްވަނީ އެމަނިކުފާނުގެ އެހީއާއިއެކު ބޭސްފަރުވާ ކުރަމުންދާ މީހުންނަށެވެ. ދިވެހި ރައްޔިތުންނަށް ވީތީ، ބައިޕާސް ހައްދަވައިދެއްވައި، ކިޑްނީއަށް ފަރުވާކޮށްދެއްވާ ހެއްދެވީ އިތުރު ސުވާލެއް ކުރެއްވުމެއް ނެތިއެވެ. އަހަރެއްގެ މައްޗަށް، ދިވެހި ރައްޔިތުންނަށް ބޭސްފަރުވާ ކުރެއްވުމަށް ޤާސިމް އިބްރާހިމް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރައްވައެވެ. ހަޤީޤަތަށް ބުނާނަމަ، އެމަނިކުފާނަކީ ދިވެހި ދަޢުލަތަށް ވުރެ ބޮޑު ވެލްފެއާ ސްކީމެއް ގެންގުޅުއްވާ ބޭފުޅެކެވެ. މަދަނަ އާއި އާސަންދަ އާއި ހުސްނުވާ އާސަންދައިގެ ކުރިން ދިވެހި ރައްޔިތުން ދަންނާންފެށީ ޤާސިމް އިބްރާހިމްގެ ވެލްފެއާ ސްކީމެވެ.

ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. އެ ރީތި މަންޒަރުން ކުލަ ފޭދި، މަންޒަރު މޮޅިވެރިވެއްޖެއެވެ. ހަޤީޤަތް ފުރޮޅިއްޖެއެވެ. ޤާސިމްގެ އެހީގައި އުޅެބޮޑުވެ، ޤާސިމް ދެއްވީމައި ކައިގެން، ބޮއިގެން، ލައިގެން، ކިޔަވައިގެން މިއަދު މީހުންނަށް ވެފައި ތިބި އެތައް ބަޔަކު އިސް ސަފުގައި ތިބި ސަރުކާރުން މިއަދު އެވަނީ ޤާސިމްގެ ބޭސްފަރުވާއަށް ހުރަސްއަޅާފައެވެ. ޤާނޫނުއަސާސީ ބާއްވާފައި ހަމައެކަނި އިންސާނިއްޔަތުކަމުގެ ނަޒަރުން ބެލިނަމަވެސް، އިންސާނަކަށް ވީތީ ލިބޭ ދިރިހުރުމުގެ ޙައްޤު ޤާސިމްގެ ކިބައިން ނިގުޅައިގަނެ، ޤަސިމް އެވަނީ ރަހީނުކޮށްފައެވެ.

މި ބުނީ ޖަލުގޮޅީގައި ޤާސިމް އޮތް ވާހަކައެއް ނޫނެވެ. ބޭސްފަރުވާއަށް ބޭނުންޖެހި، އެ ބޭސްފަރުވާ ލިބޭނެ މަގު ފެންނާން އޮވެމެ، އެ ފަރުވާ އާއި ހަމައަށް ދިއުން ހުޓުވުމަށްވުމަށްވުރެ ބޮޑު ރަޙީނުކުރުމެއް ކޮބައިތޯއެވެ؟ ހަޤީޤަތުގައިވެސް ޕާސްޕޯޓް އަތުލައި، ޤާސިމް އެވަނީ ރަހީނުކޮށްފައެވެ.

ޤާސިމް މި ހާލުގައި އޮންނެވިއިރު، މިއަދު އުފެދޭ ބޮޑު ސުވާލެއް ވެސް އެބަ އޮތެވެ. ޤާސިމްގެ ޙައްޤުގައި އެއްޗެއް ބުނެލާނެ މީހަކު މި ޤައުމުގައި އަޅެ ނެތީހެއްޔެވެ؟ ޤާސިމްގެ ފުށުން އެތަށް އެހީއެއް ލިބުނު އެތައް އާއިލާއެއް މިއަދު ހިމޭނުން ތިބޭން ހަމަ ކެތް ވޭބާވައެވެ؟ ނިކަމެތީންގެ ބައްޕަ އެހީއަށް އެދި އާދޭސް ކުރާއިރު، އެ އަޑު ނުއިވޭ ކަމަށް ހަދައިގެން، އޯކޭ ހެދިގެން ތިބޭން އަޅުގަނޑުމެންގެ ދިވެހިން ހަމަ ލަދު ވެސް ނުގަންނަނީ ބާވައެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު