Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްރީލަންކާގެ އިގުތިސާދީ ކާރިސާ

ލަންކާއިން އައިއެމްއެފްގެ އެހީ ހޯދަން ބޮޑުކުރި ކަރަންޓުގެ އަގުތަކާއެކު ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތުންނަށް!

މި ތަކްލީފުތަކާއި އެކު ބަންދު ކުރި ބޭކަރީތަކުގެ ޢަދަދު 200 އަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 ފެބުރުއަރީ 2023 | ބުދަ 04:59
60 މުވައްޒަފުންނާއެކު 15 އައުޓްލެޓަކުން ޚިދުމަތް ދެމުންދާ ވިޝް ބޭކާޒްއިން ވަނީ ތަކެތި ވިއްކާ އަގުތައްވެސް 2 ގުނަ ބޮޑު ކޮށްފައި

60 މުވައްޒަފުންނާއެކު 15 އައުޓްލެޓަކުން ޚިދުމަތް ދެމުންދާ ވިޝް ބޭކާޒްއިން ވަނީ ތަކެތި ވިއްކާ އަގުތައްވެސް 2 ގުނަ ބޮޑު ކޮށްފައި

ދާޚިލީ ހަނގުރާމައިގެ ދުވަސްވަރާއި ޓެރަރިޒަމްގެ ބިރުވެރިކަމުގެ އިތުރުން ދުނިޔެ އިނދަޖައްސާލި ބަލިމަޑުކަމާއި އެއާ ވިދިގެން ބިންދާލި އިޤްތިޞާދީ ހީނަރުކަމުގެ ބިޔަ ރާޅުގަނޑުގެ ތެރޭގައި ފާއިތުވީ 25 އަހަރު ދުވަހު، ސްރީލަންކާގެ ރަށްވެހިންނަށް އެކި ޒާތް ޒާތުގެ ޕާނާއި، ބަނަހާއި އެނޫންވެސް ފިހުނު ކާބޯތަކެތި ފޯރުކޮށްދެމުން ދިޔަ އެއް ބަޔަކީ ވިޝް ބޭކާޒްއެވެ. ދިވެހިންނާވެސް ރައްޓެހި ނަމެކެވެ. އިޔާދަ ކުރަން ދަތި އިޤްތިޞާދީ ހީނަރުކަމުގެ ފުން އަނދަވަޅެއްގެ ތުންފަތް މަތީގައި ސްރީލަންކާއިން ކާލިއަޅާލައަޅާލާ އޮތް މި ދަނޑިވަޅު، ރައްޔިތުންގެ ލާރި ދަބަސްތަކުގެ ގޮށް އިންތިހާ ބާރު ކުރަމުންދާ ދިއުމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދާ އެއް ބަޔަކީވެސް ހަމަ ވިޝް ބޭކާޒްއެވެ.

ވިޔަފާރި ހިންގުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސި އުޅެނިކޮށް ވިޝް ބޭކާޒްގެ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނީ ހުސްވި ހަފުތާގައި، ސްރީލަންކާގެ ކަރަންޓުގެ އަގަށް ބަދަލު ގެނައި ހިސާބުންނެވެ. ވިޝް ބޭކާޒްގެ ވެރިޔާ، ސަންޖޫލާ ޕީރިސް ބުނި ގޮތުގައި، މިއަދު އޭނާގެ ވިޔަފާރި ކުރިއަށް ދަނީ ލިބޭ ފައިދާއަކަށް ވުރެ ބޮޑަށް، ޒަމާނުއްސުރެ އެ ކުންފުނިން ދެމުންދިޔަ ޤަދަރުވެރި ޚިދުމަތުގެ ޝަރަފުގެ ސަބަބުން ކަމަށެވެ.

މީގެ 5 ވަރަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު ބޮޑުތަނުން ވިޔަފާރި ހީނަރު ވެފައި ވާ އިރު، ޖީބަށް ވަންނަ ފައިދާއެއް ނެތޭވެސް ދެންނެވިދާނެއެވެ.

ވިޝް ބޭކާޒްއަކީ ޢާއިލީ ވިޔަފާރިއެކެވެ. މީގެ 30 އަކަށް އަހަރު ކުރިން އެ މަސައްކަތް ފެށީ ސަންޖޫލާގެ ބައްޕައެވެ. ވިޝް ބޭކާޒްގެ އަދުގެ ވިޔަފާރިއަށް ބަލާއިރު، މިހާރު އުފައްދަނީ ދުވާލެއްގެ މައްޗަށް، އެންމެ 300 ޕާނެވެ. 60 މުވައްޒަފުންނާއެކު 15 އައުޓްލެޓަކުން ޚިދުމަތް ދެމުންދާ ވިޝް ބޭކާޒްއިން ވަނީ ތަކެތި ވިއްކާ އަގުތައްވެސް 2 ގުނަ ބޮޑު ކޮށްފައެވެ.

އިތުރު ކަސްޓަމަރުން ގެއްލިދާނެ ކަމުގެ ބިރަށްޓަކާ، ދެން އިތުރަކަށް އަގުތައް ބޮޑު ކުރާކަމަށް ސަންޖޫލާގެ ހިތެއް ނުރުހެއެވެ. ނަތީޖާއެއްގެ ގޮތުން މުވައްޒަފުންގެ ޢަދަދު މަދުކޮށް، ދެންވެސް ޚަރަދު ކުޑަ ކުރެވެން ހުރި ގޮތް ގޮތުން ޚަރަދު ކުޑަ ކުރަން ސަންޖޫލާއަށް މަޖުބޫރުވިއެވެ.

ސްރީލަންކާގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުން ނަގާ އަގު، 66 ޕަސެންޓް ބޮޑު ކުރާކަން އެ ޤައުމުގެ ސަރުކާރުން އިޢުލާން ކުރީ ފެބުރުއަރީ 16 ވަނަ ދުވަހުއެވެ. ނިމިދިޔަ 2021 ވަނަ އަހަރު، ސްރީލަންކާގެ ސަރުކާރުން ވަނީ ކަރަންޓުގެ ޚިދުމަތުން ނަގަމުން ދިޔަ އަގު، 75 ޕަސެންޓަށް ބޮޑު ކޮށްފައެވެ. ސަރުކާރުގެ ޢުއްމީދަކީ ޤައުމަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް، ބައިނަލްއަޤުވާމީ މާލީ އިދާރާ (އައިއެމްއެފް) މެދުވެރިކޮށް ހައްލު ހޯދުމެވެ. އާ ފިޔަވަޅުގެ ސަބަބުން އެކަމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ސްރީލަންކާ ސަރުކާރުން ޢުއްމީދު ކުރެއެވެ.

ކަން މިހެން އޮތް ނަމަވެސް، އެކަމުގެ ސީދާ ތަކުލީފުތައް އުފުލަން ޖެހިފައިވާ ބަޔަކީ ހަމަ ސްރީލަންކާގެ ރައްޔިތުންކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު، މިދިޔަ ޖެނުއަރީ މަހު، ސްރީލަންކާގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލިގެން ދިޔަ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ވަނީ 54 ޕަސެންޓް މައްޗަށް ޖެހިލާފައެވެ. އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހުނު މިންވަރު ވަނީ 36 ޕަސެންޓް ބޮޑުވެފައެވެ.

މި ތަކުލީފުތަކަކީ ހަމަ އެކަނި ސަންޖޫލާ އުފުލަމުންދާ ތަކުލީފެއް ނޫނެވެ. ސްރީލަންކާގެ އެކި ހިސާބުތަކުގައި 5000 އެއްހާ ބޭކަރީ ހިންގާއިރު، އެ ތަންތަނުގައި ވަޒީފާ އަދާ ކުރާ މީހުންގެ ޢަދަދު 2 ލައްކައާ ގާތް ކުރެއެވެ. މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑު ކުރުމާއެކު، ލޯނު އަދާ ކުރުންވެސް ވެފައި އޮތީ ވޭންދެނިވި ތަކުލީފަކަށެވެ.

ވިޔަފާރި ކަޑައެއް ހިންގަމުން އަންނަ މުޙައްމަދު ލަފީލް ހުރީ، އޭނާގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް ނެގި 3 ލައްކަ ރުޕީޒް (835 ޑޮލަރު) ޚަލާސް ކުރާނެ ގޮތެއް ނޭނގިފައެވެ. ވިޔަފާރި ކަޑައިން ލިބޭ އާމްދަނީ ވަނީ ބޮޑު ތަނުން ދަށްވެފައެވެ. ކަރަންޓުގެ އަގު އުފުލޭ ކޮންމެ އުފުލުމަކީ، ލަފީލްއަށް ލިބޭ އިތުރު އަނިޔާއެކެވެ. ކަރަންޓާ ނުލާ ވިޔަފާރި ކުރެވޭކަށް ނޯވެއެވެ. ކަރަންޓް ލައިފީވިއްޔާ ދެން ހިނގާ ޚަރަދު މާ ބޮޑެވެ.

އޯލް ސިލޯން ބޭކަރީޒް އެސޯސިއޭޝަނުން ބުނި ގޮތުގައި، ބަންދު ކުރި ބޭކަރީތަކުގެ ޢަދަދު 200 އަށް އަރައެވެ. ގިނަ ޢަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުން ދާ އިރު، އަނެއް ބަޔަކު ދަނީ ޤައުމު ދޫކޮށް، އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރަމުންނެވެ. ހުރިހާ ހިތާމައެއް، ޚިދުމަތް ހޯދާ ފަރާތްތަކަށެވެ.

ކަން މިހެން އޮތް އިރު، ކުރިއަށް އޮތް ތަނުގައިވެސް ސްރީލަންކާގެ އިންފްލޭޝަން ރޭޓް އަދިވެސް ދާނީ މައްޗަށް ކަމަށް އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ. ސްރީލަންކާއިން މިއަދު ތަޖުރިބާ ކުރަމުންދާ ކާރިޘާއަކީ ފާއިތުވީ 70 އަހަރު ދުވަހުގެ ތެރޭގައިވެސް އެ ޤައުމަށް ކުރިމަތިވި އެންމެ ބޮޑު މާލީ ކާރިޘާއެވެ.

ސްރީލަންކާބޭކާސްސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު