Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މައިންބަފައިންނަށް ލޯބި ދިނުން

މައިންބަފައިންނާމެދު އިހާނެތިކޮށް ނުހިތާށެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ލިބިދާނެއެވެ.

މުސްކުޅިވާދުވަހު މައިންބަފައިންނަށް އިތުރު ލޯތްބާއި އަޅާލުން ބޭނުންވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2021 | ހުކުރު 05:40
އުމުރުން ދުވަސްވީ މީހުންތަކެއް

އުމުރުން ދުވަސްވީ މީހުންތަކެއް

މައިންބަފައިންނަކީ މި ދުނިޔެމަތީގައި މީހަކަށް ލިބޭނެ އެންމެ ބޮޑު ރަހުމަތެވެ. މައިންބަފައިންނަށް އިންތިހާ ދަރަޖައިގެ ލޯބި ދީ އިހްތިރާމް ކުރަންޖެހެއެވެ. އެމީހުން މުސްކުޅިވެ ބަލި ތަންމަތީގައި އޮންނަ ދުވަހު އެކަނިވިޔަ ނުދީ ލޯބި ދޭންޖެހެއެވެ. މިއީ މިއަދުގެ މުޖުތަމައުގެ ތެރެއިން މަދުވަމުންދާ މަންޒަރެކެވެ. ގިނަވަމުންދަނީ މައިންބަފައިންގެ ކަންކަން ބެލުން ދުރުހިލޭ ބަޔަކާ ހަވާލުކުރާ މަންޒަރެވެ.

މިފަދަ ބަޔަކު އުޅުނު ނަމަވެސް، މައިންބަފައިން ތަންމަތީގައި ތިބެންޖެހޭ ދުވަހު އެމީހުންގެ އަމިއްލަ ދަރިން، އެމީހުންގެ އުފާތައް ގުރުބާންކޮށްފައި، މައިންބަފައިންގެ ޚިދުމަތުގައި ދުވަސްތައް ހޭދަކުރާތަންވެސް ފެނެއެވެ. ހޮސްޕިޓަލަކަށް ވަދެލިޔަސް އަދި ބޭރުތެރޭގައި އުޅޭއިރުވެސް ދަރިން އެމީހުންގެ މައިންބަފައިންގެ ޚިދުމަތުގައި ވަގުތު ހޭދަކުރާ މަންޒަރު ފެނެއެވެ.

މިގޮތަށް މިފަހުން ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއެއް ފާހަގަކޮށްލެވެއެވެ. މިއީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގެ ބޭރުގައި ދަރިއަކު އޭނާގެ މަންމަ އުރާލައިގެން ހުރި މަންޒަރު ފެންނަ ފޮޓޯއެކެވެ. މިފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މީހާ ބުނި ގޮތުގައި އޭނާ، އޭނާގެ މަން އުރާލައިގެން އެހުރީ ވީލްޗެއަރއެއް ގެންނަންދެނެވެ.

މިއާއެކު އެތައްހާސް ބަޔަކު ގެންދިޔައީ މިފޮޓޯ ސޯޝަލް މީޑިއާގައި ޝެއަރކޮށް، އެ ވާހަކަ ދައްކަމުންނެވެ. މައިންބަފައިން މުސްކުޅިވާ ދުވަހު ދަރިން ކަންތައްކުރާ ގޮތުން، އެ މައިންބަފައިން ދަރިންނަށް ދިން ތަރުބިއްޔަތު ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. އެހެންކަމުން އެމައިމީހާ އެދަރިއަށް ދީފައިވާ ތަރުބިއްޔަތުގެ ވާހަކަވެސް ގިނަ ބަޔަކު ގެންދިޔައީ ދައްކަމުންނެވެ.

އިސްލާމްދީނުގައި މައިންބަފައިންނަށް ދީފައި އޮންނަ ގަދަރު ވަރަށް މައްޗެވެ. ވަކިން ޚާއްސަކޮށް ބައްޕައަށްވުރެ އެތައް ގުނައެއް މަތީ ދަރަޖައެއް މަންމައަށް ދީފައި އޮވެއެވެ. އެންމެ ފުރަތަމަ މަންމައެވެ. ދެންވެސް މަންމައެވެ. ތިންވަނަ ފަހަރަށްވެސް މަންމައެވެ. ބައްޕަ އަންނަނީ އެއަށްފަހުގައެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައޭ ބުނާ ބުނުމުންވެސް އިސްލާމްދީނުގައި މަންމައަށް ދީފައި އޮންނަ ގަދަރުގެ މަތިވެރިކަން ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ. މަންމައަށް ބަދުބަހެއް ބުނެ، އެ މަންމަގެ ހިތުގައި ޖައްސާ މީހުންނަށް ސުވަރުގެ ނުލިބޭނީ މަންމަގެ ގަދަރު ކިހާ މަތިވީމަ ހެއްޔެވެ؟

މައިންބަފައިންނާމެދު ހެޔޮކޮށް ހިތުމަކީ ބޮޑެތި ފާފަތަކަށް ވާ ކައްފާރާއެކެވެ. މިއިންވެސް ދޭހަވަނީ އިސްލާމްދީނުގައި މައިންބަފައިންނަށް ދީފައި އޮންނަ ދަރަޖައިގެ މަތިވެރިކަމެވެ. ނަމާދުގައި އޭނާގެ މަންމައާއި ބައްޕައަށް ދުއާކޮށްފި މީހާއަށް، އެމީހާގެ ވެރި އިލާހަށް އަދާކުރަންޖެހޭ އެންމެ ހެޔޮ އަޅުކަން އަދާކުރެވުނު ފަދައެވެ. މާތް ﷲ ހެއްދެވި އެންމެހާ ޚަލްގުންގެ ތެރޭގައިވާ، އެންމެ ބޮޑު ހައްގެއް އެމަޚުލޫގަކަށް އަދާކުރުން އޮތް ބަޔަކީވެސް ބައިންބަފައިންނެވެ. އެ މަންމައާއި ބައްޕައަށް ދުއާކުރާ މީހާ ވަނީ، މައިންބަފައިންނަށް ޝުކުރުވެރިވާ މީހެއް ކަމުގައެވެ.

މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުން ބެލުން ބޮޑުކަމަކަށްވެ، އެކަން ދުރުހިލޭ ބަޔަކާ ހަވާލުކުރުމަކީ ހުރިހާ މުޖުތަމައަކުންވެސް ފެންނަ ކަމެކެވެ. ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނަށް މައިންބަފައިން ފޮނުވާލައެވެ. އެ ތަންތަނުން އެމަންމަ ނުވަތަ ބައްޕަޔާމެދު ކަންކުރަނީ ކިހިނަކުންތޯ ބެލުމެއް ނޯވެއެވެ. ބައެއް ފަހަރު އެފަދަ ތަންތަނުންވެސް އުމުރުން ދުވަސްވީ މީހުންނާމެދު އިހާނެތިކޮށް ހިތައެވެ. ތިމާގެ މަންމަޔާމެދު ދުރުހިލޭ މީހެއްގެ ހިތުގައި ކުލުނެއް އޮންނާނެހެއްޔެވެ؟ މިގޮތަށް ދުރުހިލޭ ބަޔަކާ ހަވާލުކުރާއިރު، އެމަންމަ ނުވަތަ ބައްޕަގެ ހިތުގައި ރިހޭނެ ރިހުމާމެދު އެންމެ ފަހަރަކުވެސް ވިސްނާ ނުލެވެނީބާވައެވެ.

ދަރިފުޅު އެންމެ ތުއްތުއިރު ކެތްތެރިކަމާއިއެކު ބަލައި ބޮޑުކުރި މައިންބަފައިން ބަލި ތަންމަތީގައި ތިބެންޖެހޭ ދުވަހު ޒިންމާ އުފުލަންޖެހޭ ބަޔަކީ ދަރިންނެވެ. މައިންބަފައިން މުސްކުޅިވާދުވަހު އެމީހުން ބަލަން އެހެން ބަޔަކާ ހަވާލުކޮށްގެން، ތިމާގެ އަމިއްލަ ދަރިންނަށް ތި ދައްކައިދެވެނީ ވަރަށްވެސް ގޯސް ނަމޫނާއެކެވެ. ތިމާ ބަލި އެނދުގައި އޮންނަ ދުވަހު އެ ދަރިން ތިމާއާމެދުވެސް އަމަލުކުރާނީ ހަމަ އެހެންނެވެ. އެހެންކަމުން މައިންބަފައިންނާމެދު އިހާނެތިކޮށް ކަންތައް ނުކޮށް، ލޯތްބާއި އަޅާލުން ދޭންޖެހެއެވެ. އިހާނެތިކޮށް ކަންތައް ކުރާނަމަ ތިމާއަށް ލިބެން އޮތް ކިތަންމެ ބޮޑު ނިއުމަތަކުން ވެސް ތިމާ މަހުރޫމް ވެދާނެއެވެ.

މައިންބަފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިންނަށް މުހިންމީ މައިންބަފައިންގެ އަގުހުރި ވަގުތު، ފައިސާއެއް ނޫން!

ދަރިންނަށް މުހިންމީ މައިންބަފައިންގެ އަގުހުރި ވަގުތު، ފައިސާއެއް ނޫން!

13 މެއި 2022
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު