Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހިޔާ މަޝްރޫއު

ހިޔާ މަޝްރޫއު: ގެދޮރު ނެތް ނިކަމެތިންނަށް ކުރެވުނު މަލާމާތެއް

ޕޮއިންޓް ދީފައިވާ އުސޫލެއް އެނގޭކަށެއް ނެތް

އަމަން ހަލީމް
އަމަން ހަލީމް | 12 މާރިޗު 2019 | އަންގާރަ 04:18
ހިޔާ މަޝްރޫއުގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރިޔަށް ދަނީ

ހިޔާ މަޝްރޫއުގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރިޔަށް ދަނީ

ދިވެހި ރައްޔިތުންނަށް މި ވަގުތު ހައްލެއް ބޭނުންވެފައިވާ އެންމެ ބޮޑު މަައްސަލައަކީ ގެދޮރުގެ ދަތިކަން ކަމާއި މެދު ސުވާލު އުފައްދާނެ ހަމަ އެކަކު ވެސް ނުހުންނާނެ އެވެ. އާއިލާއާއެކު ގޭގައި ދިރިއުޅެ ބޮޑުވެ، އަމިއްލަ ދެފައި މައްޗަށް ކޮޅަށް ތެދުވެ، އާއިލާއެއް ބިނާކުރަން ވިސްނާ ކޮންމެ ދިވެެއްސަކަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އުޅޭނެ ތަނެއް ނެތުމެވެ. އާއިލާއާއެކު އުޅެން ވަންނާނެ ގެދޮރެއް ނެތުމުގެ މައްސަލައެވެ. މިހެން މިކަން ހުރިއިރު، ހިޔާވަހި ކަމަކަށް އެދިއެދި ތިބި ދިވެހިންނަށް، ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ނޮވެމްބަރު 17 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވި "ހިޔާ މަޝްރޫއު" ވެގެން ދިޔައީ އެތައް ބައެއްގެ އުއްމީދުތައް އާވެގެން ދިޔަ ކަމަކަށެވެ. ކުރަމުން އަދި ދިގު އިންތިޒާރުތަކަށް ނިމުމެއް އައި ފަދައެވެ.

ސަރުކާރުން ހިޔާ މަޝްރޫއު އިއުލާންކޮށް، ފޯމު ދޫކުރަން ހުޅުވާލުމާއި އެކު އެތައް އިރެއް ވަންދެން ކިޔޫގައި ޖެހި ފިތި ބާރުވެގެން ހާހުން މީހުން ތިއްބެވެ. ހިޔާވަހި ކަމެއްގެ ފޮނި އުއްމީދުގައެވެ. ކިތައްމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނަސް ވަރިހަމަ ކަމަށް ނިންމައިގެންނެވެ. އެހެނީ ބިނދެވެން އޮތް މޭވާގެ ފޮނި މީރުކަން، އުފުލަން ޖެހުނު ތަކުލީފަށް ވުރެން މާ ބޮޑު ވީމައެވެ. އެތަނަށް ދިޔަ މީހުންގެ އަދަދުން ކަށަވަރު ވާން އޮތީ ހަމަ އެއްމެ ހަގީގަތެކެވެ. ވަންނާނެ ބޯހިޔާވަހިކަމެއް ބޭނުންވެފައި އޮތް މިންވަރުގެ ބޮޑުކަމެވެ. ވަންނާނެ އަމިއްލަ ގެދޮރެއް ބޭނުންވެފައި ތިބި ދިވެހިންގެ އަދަދު ގިނަކަމެވެ.

ކޮންމެ އަކަސް ރައީސް ޔާމިންގެ ވެރިކަމުގެ ދައުރު ހަމަވާން ކައިރިވެފައި ވަނިކޮށް އަވަސް އަރުވާލައިގެން އެ ފްލެޓްތައް ދޭނެ ފަރާތްތަކުގެ ލިސްޓު ހާމަކުރިއެވެ. އެކަމަކު މިހާތަނަށް ރާއްޖޭގައި ކަންކުރަމުން އައި އުސޫލުތަކާ ހަމަތަކާ މުޅިން ހިލާފަށެވެ. ލިސްޓު އިއުލާން ކުރީ ހަމައެކަނި ފޯމު ނަމްބަރު ހިމަނައިގެންނެވެ. މީހުންގެ ޒާތީ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ކަމަށް ބުނެއެވެ. އެ ހިސާބުން ގިނަ ބަޔެއްގެ ޝަކުވާތައް އޮއްސާލިއެވެ. ގިނައީި ފްލެޓް ބެހުނު ގޮތާއި މެދު ސުވާލު އުފެއްދި މީހުންނެވެ. ޕޮއިންޓް ދީފައިވާ އުސޫލާއިމެދު އުފައްދަން ފެށި ސުވާލުތަކެވެ. ފޯމުގައި އޮތް ދިރިއުޅުމުގެ ހާލަތު ބަޔާން ކުރާ ބަޔަށް މާކްސް ދެވުނު ގޮތާއި މެދު އުފައްދަން ފެށި ސުވާލުތަކެވެ. ހަމަ އަސްލަށް ވެސް އެ ފްލެޓްތައް ދިނީ ހައްގުވެރިންނައްތޯ މީހުން ސުވާލު އުފައްދަން ފެށީވެސް އެހާ ފޮރުވައިގެން ލިސްޓު އާއްމު ކުރި ހިސާބުންނެވެ.

ސުވާލު ނުއުފައްދަން ވީ ސަބަބެއް ވެސް ނެތެއް ނޫން ހެއްޔެވެ. މިވީ ހުރިހާ ދުވަހަކު މި ރާއްޖޭގައި ހިންގުނު ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބުނު މީހުންގެ ނަން އިއުލާން ކުރީ އެ މީހުންގެ މައުލޫމާތު ހިމަނައިގެން، ލިބުނު ޕޮއިންޓްގެ އަދަދު ވެސް އެއްމެންނަށް އެނގެން އޮންނާނެ ފަދައިން ވަރަށް ހާމަކަން ބޮޑު ގޮތަކަށެވެ. އޭރުވެސް މިހާރު ވެސް މިކަމާ ހަވާލު ވެގެން ހުންނެވި މިނިސްޓަރު ދެއްކެވީ އެއް ވާހަކައެކެވެ. ފްލެޓް ދީފައި އޮންނާނީ އޭގެ އެއްމެ ހައްގުވެރި ފަރާތްތަކަށް ކަމާއި މެދު އެއްވެސް ޝައްކެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ކަން ވެގެން ދިޔައީ މިހެން ކަމާއި މެދު މިހާރު ސުވާލު އުފެދެއެވެ. ސަރުކާރު ބަދަލުވުމާއެކު, މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފްލެޓްތަކުގެ މައްސަލަ ބަލަން އުފެއްދެވި ކޮމިޓީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާއްމު ކުރައްވާފައެވެ. މި މައުލޫމާތުތައް އާއްމުކުރުމާއި އެކު، ލިބުނު ޖަވާބަށް ވުރެ ގިނައީ މީހުން އުފައްދަން ފެށި ސުވާލުތަކެވެ. ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅުންނަށާއި އޭރުގެ ވެރިކަން ކުރާ ޕާޓީގެ އެކްޓިވިސްޓުންނަސް ފްލެޓް ލިބުނު ވާހަކައެވެ. ހާލުގައި މުޅި އާއިލާ ގޮވައިގެން އެއް ކޮޓަރިއެއްގެ ތެރޭގައި އުޅޭ މީހުންނަށް ފްލެޓް ނުލިބޭ ވާހަކައެވެ. ތިމަންނާއަށް މިވެނި ވަރަކަށް ޕޮއިންޓް ލިބޭނެ ކަން ކަށަވަރު މީހުންނަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ލިބިފައިވާ ވާހަކައެވެ. ބުނަން މިއުޅެނީކީ މި ލިސްޓުތަކުގައި ހިމެނުނު އެއްމެންނަށް ފްލެޓް ހައްގު ނޫން ވާހަކައެވެ ނޫނެވެ. އެކަމަކު ހަމަގައިމުވެސް މީގައި ހައްގުވެރި ނޫން ފަރާތްތަކަކަށް ވެސް ފްލެޓް ލިބުނު ކަން ކަށަވަރު ވާކަން އެބަ އޮތެވެ.

ލިބޭ ފްލެޓްތަކުގައި ފްލެޓް ލިބުނު މީހާ ދިރިއުޅުން ލާޒިމް ކުރާއިރު، ދެމަފިރިންނަށް ވެސް ފްލެޓް ލިބިފައި އެބަ ހުއްޓެވެ. ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ކުރެން މި ސުވާލު އަހާލީމާ އަންނަނީ ވަރަށް ހެއްވާ ޖަވާބެކެވެ. ފިރިމީހާއަށް ފްލެޓް ލިބުމުން އެ ހިސާބުން އަނބިމީހާއަށް ލިބެން އޮތް ހައްގަކުން މަހުރޫމް ވާން ނުޖެހޭ ވާހަކައެވެ. ސުވާލަކީ، އެ ދެމަފިރިން އެ ހިސާބުން އެ ފްލެޓްތަކުގައި ދިރި އުޅެން ވިސްނަނީ ޒަވާޖީ ހަޔާތް ނިމުމަކަށް ގެނެސްގެން ހެއްޔެވެ؟ އެއް އާއިލާއެއްގެ އެތައް ބަޔަކަށް ފްލެޓް ލިބުނު އިރު މީގައި ފްލެޓް ނުލިބުނު މީހުންގެ މަސްލަހަތު ކޮބައިތޯ؟ އެ ނިކަމެތިންނަށް ދޭން އޮތް ޖަވާބަކީ ކޮބައިތޯ؟ އެ މީހުންގެ ހައްގު ކޮބައިތޯ؟ ނޫނީ ގަބޫލުކޮށްގެން ތިބެންވީ އެ ވެރިންގެ ނަސީބު އެހާވެސް ދެރަކަމަށްތޯ؟ ހަމަ ގައިމުވެސް ކަން ކުރަން އޮތް އުސޫލުން ކަން ކުރި ނަމަ މީގެން އެއްވެސް ސުވާލެއް އުފައްދާނެ ޖާގައެއް ނޯންނާނެއެވެ. ހިޔާ މަޝްރޫއަކީ ގެދޮރު ނެތް ނިކަމެތިންނަށް ކުރެވުނު މަލާމާތެއް ނޫންތޯއެވެ؟

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު