Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއޮޅުވާލައިގެން ފައިސާ ހޯދުން

އޮޅުވާލައިގެން ފައިސާ ހޯދުން، ލަދުގަންނަ ހިސާބަށް: މި ފަހަރު ނިކަމެތިންނަށް ވަޅު ބިނާކުރުމުގެ ނަމުގައި

30 އޮކްޓޯބަރު 2022 | އާދީއްތަ 15:28

އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެއްޖެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 އޮކްޓޯބަރު 2022 | އާދީއްތަ 15:28
މީހަކު ފައިސާގެ މުއާމަލާތުކުރަނީ

މީހަކު ފައިސާގެ މުއާމަލާތުކުރަނީ

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. ހީނުކުރާ ކަހަލަ ޗާލާކީ ގޮތްގޮތަށް ފައިސާ ދަވާލުމުގެ މަސައްކަތް, އެ މަސައްކަތްކުރާ މީހުން އެބަ ކުރެއެވެ. ތަފާތު ސްކީމްތަކުގެ ނަމުގައެވެ. ތަފާތު އެތައް ޕްރޮމޯޝަނެއްގެ ނަމުގައެވެ. މީސްމީޑިއާއާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން ކުރާއިރު، މިހާރު އެކަން ކޮށްފައި ނުކުރާނެ ގޮތެއްވެސް ބުނެދޭން ދައްޗެެވެ. ހީވެސް ނުކުރާހާ އެފަދަ މީހުންގެ ހީލަތްތެރިކަން ބޮޑެވެ.

މި އިހަކަށް ދުވަހު ފޭސްބުކުން ފެނުނު ޕޯސްޓެކެވެ. އެ ޕޯސްޓުން ފެނުނީ ނިކަމެތިންނަށް ވަޅެއް ހަދިޔާ ކުރަން ބޭނުންނަމަ އެ ފުރުސަތު އޮތް ވާހަކަ ބުނުމުން, އެކަމަށް އިޖާބަ ދިން މީހެއްގެ ވާހަކައެވެ. ﷲ އަށްޓަކައި ނަމަވެސް އެފަދަ ފުރުސަތެއް ދޫކޮށްނުލާންވެެގެން އަވަހަށް އިޖާބަދިނީ ރާއްޖެއިން ބޭރުގައި ހާލުގައި އުޅުނު ބަޔަކަށް އެހީވުމުގެ މާތް މަގްސަދުގައެވެ. އެ ޕޯސްޓުގައި ބުނެފައި އޮތީ ވަޅު ބިނާކުރުމަށްފަހު އެ ވަޅުގެ ފޮޓޯވެސް ފޮނުވާނެކަމުގެ ވާހަކައެވެ. އެ ޕޯސްޓް ބަލާބެލުމަށް ޝައްކުކުރެވޭ ކަމެއް ނެތުމުން ވަރަށް އުފަލުން އެހީގެ އަތެއް ދިއްކޮށްލިއެވެ. އެހެންނަމަވެސް މި ޖެހުނީ ކެހިވެރި ދަންތުރައެއްގައިކަން އެނގުނީ މާ ފަހުންނެވެ.

ހެޔޮ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ފައިސާ ދެވުނީ އޮޅުވާލައިގެން ފައިސާ އޮޅުވާލާ ބަޔަކަށްކަން އެނގުނީ ވަޅުގެ މައުލޫމާތު ސާފުނުވެ، އެތައް މަހެއް ފާއިތުވުމުންނެވެ. އަދި އެއީ މިސްކީނުންނަށް އެހީވުމުގެ ނަމުގައި ހިންގާ ބޮޑު އޮޅުވާލުމެއްކަން އެނގުނީ އެހިސާބުންނެވެ. އެކަން އެހެން މީހުންގެ ސަމާލުކަމަށް އޭނާ ކުރި ޕޯސްޓުން އެނގުނީ މިއީ އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ބޭނުންކުރާ އާ އުކުޅެއްކަމެވެ. އެފަދަ ހާދިސާތައް ދިމާވި މީހުން ވަނީ އެކަން ހިއްސާކޮށްފައެވެ. ހިތާމައަކީ މި އަމަލުތައް ހިންގާ މީހުން ދުވަހަކަށްވުރެ ދުވަހެއް ކުރިއަރައި ފަރިތަވަމުން ދާއިރު، އެކަން ހުއްޓުވޭނެ ގޮތެއް ނެތި އާއްމުން މާޔޫސްވާކަމެވެ.

މިހާރު މިފަދަ މީހުންގެ އަމަލުތައް ހީނުކުރާހާ ވިސްނުން ތޫނުކޮށެވެ. އޮންލައިން އެކި ކަހަލަ ހަރަކާތްތަކާއި، ލަކީޑްރޯގެ ނަމުގައި މިހާތަނަށްވެސް އޮޅުވާލައިގެން އެތައް ބަޔަކަށް އޮޅުވާލައިފިއެވެ. މިހާރު ﷲގެ ނަމުގައި ސަދަގާތަކަށް މީހަކަށް އެއްޗެއް ދިނުމުގެ ކުރިން، އެއީ ހަގީގަތުގައިވެސް ސަދަގާތެއްގެ ގޮތުގައި ކުރާ ހޭދައެއްކަން ކަަށަވަރުކުރަން އެބަޖެހެއެވެ. މިފަދަ ކަންކަމަށް ހުޝިޔާރު ނުވެއްޖެނަމަ އޮޅުވާލައިގެން ފައިސާ ހޯދާ މިފަދަ މީހުންގެ ޝިކާރައަކަށް ވުން އޮތީ ވަރަށް ގާތުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް

14 ސެޕްޓެމްބަރު 2017
ސާފު ފައިސާގެ 5000000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ޓެލެތޯނެއް: ކުޑަޓީމެއްގެ ލައްކަ މަސައްކަތް
16 އޯގަސްޓު 2017

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!
16 އޯގަސްޓު 2017

ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!

16 އޯގަސްޓު 2017
ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!
17 ޖުލައި 2017

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!
15 ޖުލައި 2017

އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

15 ޖުލައި 2017
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!
12 ޖުލައި 2017

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!
02 އެޕްރީލު 2017

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
02 ފެބުރުއަރީ 2017

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

02 ފެބުރުއަރީ 2017
ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް