Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަމިއްލަ އެދުމުން ފޯވާއިރު، ނިކަމެތި ރައްޔިތުންނާ މެދު ވިސްނާވެސް ނުލާ

އިންޑިއާ އަށް ދާ ދިވެހިންނަށް އިންޑިއާއިން އުނދަގުލާ ކުރިމަތިވާ ކަމުގެ ޝަކުވާތަކެއް މިހާރު ލިބެމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ޖޫން 2022 | ހުކުރު 12:37
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ދިވެހިން އެތައް ކަމަކަށް އެކި ބޭނުންތަކުގައި ދާ އެއްތަނަކީ އިންޑިއާއެވެ. އިންޑިއާއަށްދާ ކޮންމެ ދިވެއްސަކާއި އިންޑިއާއިން ދިމާވާ މީހުން ވާހަކަ ދައްކަނީ ހިނިތުންވުމާއެކުއެވެ. އަބަދުވެސް ދިވެހި ރައްޔިތުންނަށް އިންޑިއާއިން ކިޔަނީ ހޫނު މަރުހަބާއެކެވެ. ނަމަވެސް ކޮށްލެވޭ ކުޑަކުޑަ ކަމަކުން އެތަކެއް ދިވެހި ރައްޔިތަކަށް އެ އުނދަގުލާއި ދުއްތުރާ ދިމާވާން ފަށާފައިވާކަމުގެ އިހުސާސްތައް މިވަނީ ވާން ފަށާފައެވެ.

އިންޑިއާ އައުޓްގެ ނަމުގައި އަމިއްލަ އެދުމުން ފޯވެފައި ހުރި ވެރިއަކު ފެއްޓެވި އިންޑިއާ އައުޓް ކެމްޕޭނާއެކު މުޅި ގައުމު ހަލަބޮލިކޮށްލާ އެކަމުގެ ދުއްތުރާ އޮތީ ހަމަ ނިކަމެތި ރައްޔިތުންނަށެވެ. އިތުރު އެއްވެސް ބަޔަކަށް ނެތެވެ. މިކަމުގެ ހެކިތައް ވެސް މިހާރު ފެންނަށް އެބަހުއްޓެވެ.

އެގޮތުން އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ހިންގަމުންދާ ހަރަކާތްތަކާ ގުޅިގެން ކޮޗިން އެއަރޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި ތިބި ފަރާތްތަކުން ދިވެހިންނަށް ނިސްބަތްކޮށް، "އިންޑިއާ އައުޓް ޕީޕަލް ކަމިންގ" ފަދަ ބަސްތަކުން މުޚާތަބުކުރިކަމަށާއި، އަދި އިންޑިއާއަށް ކުރި ދަތުރެއްގައި އެރުނު ޓެކްސީއެއްގެ ޑްރައިވަރު، ރާއްޖޭގައި ހިންގާ އިންޑިއާ އައުޓް ހަރަކާތްތަކަށް ނިސްބަތްކޮށް، އިންޑިއާއިން "މޯލްޑިވްސް އައުޓް"ގެ ނަމުގައި ހަރަކާތްތަކެއް ފަށައިފިނަމަ ހަދާނީ ކިހިނެއްތޯ ބުނެ ސުވާލު އުފައްދާފައިވާކަމަށް، އާންމުން ބުނަމުންދެއެވެ.

މިއީ ވިސްނާލަންޖެހޭ ކަމެކެވެ. އެތަކެއް ދިވެހި ރައްޔިތުން ބޭސްފަރުވާއަށާއި އެހެނިހެން ކަންކަމަށް ގޮސްއުޅޭ ގައުމެއްގައި އެ ނިކަމެތި ރައްޔިތުންނަށް ތުރާލާއި އުނދަގުލާއި ކުރިމަތިލާން ޖެހިއްޖެނަމަ ދެންވާނީ ކިހިނެއްތޯ ވެސް ވިސްނާލަންޖެހެއެވެ.

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕޭން ފުޅާވަމުންދާ ވަރަކަށް، އެކަމުން ދިވެހިރާއްޖެއަށް ކުރާ އަސަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދެއެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާ ދިމާކުރަމުންދާކަން ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ ޚަބަރުތަކުން އެނގެއެވެ. މިއީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫނެވެ.

މީގެ އިތުރުން ވެސް، އިންޑިއާ އައުޓް ހަރަކާތްތަކަކީ ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތެއް ކަމަށާއި، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕޭންއަކީ ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދިވެހިރާއްޖެއާ އިންޑިއާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަން ހާމަވެއެވެ.

މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެކެވެ. ނަމަވެސް ފިޔަވަޅު ނޭޅުމަކީ ހިތުހުރިހާ ގޮތަކަށް ކަންކުރަން ލިބޭ ފުރުސަތެއްކަމަށް ބަލައިގެން ނުވާނެއެވެ. މިކަންކަން ކަމާއިބެހޭ ފަރާތްތަކުން ހުއްޓުވަން އެބަޖެހެއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާޚިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއްކަމުގައި ގަބޫލުކުރެވޭކަމެކެވެ. އަދި ވަކިން ޚާއްސަކޮށް ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ރޫޅި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެކެވެ.

މި ހަރަކާތުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި އިންޑިއާ ސަރުކާރުން އެކަންޏެއް ނޫނެނެވެ. ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ އެމްބެސެޑަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެމްބަސީތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްދިނުމަށް އެދިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ އެކިއެކި ކޮންވެންޝަންތަކަށް ބަލާއިރު އެ ކޮންވެންޝަންތަކުގެ ދަށުން އަދާކުރަންޖެހޭ ކަންތައްތަކެއް ހުރެއެވެ. "ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން"ގެ ދަށުން ވަކި ގައުމަކަށް ނުވަތަ ވަކި ގްރޫޕަކަށް، ނުވަތަ ވަކި ނަސްލަކަށް، ނުވަތަ ވަކި ކުލައެއްގެ މީހުންނަށް ނުވަތަ ވަކި ދީނެއްގެ މީހުން ތަފާތުކޮށް އެ މީހުންނާ ދެކޮޅަށް ނަފުރަތު އުފެދޭ ބަސްތައް ބޭނުންކުރުމާއި، ހަރުކަށިކަމަށް މަގުފަހިވާގޮތަށް ކުރެވޭ މަސައްކަތަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

އިންޑިއާ އައުޓް ހަރަކާތާއި، މަސްތުވާތަކެއްޗާއި މާރާމާރީއާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާކަމަށް ރިޕޯޓްތަކާއި ސަލާމަތީ ހިދުމަތްތަކުން ބުނަމުން އަންނަ އިރު، މިއީވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މި ހަރަކާތުގެ މަގުސަދުތަކުގެ ތެރޭގައި އެކަންކަން ހިމެނޭ އިރު، އެކަންކަން ހުއްޓުވުން އަދި ވަކިން ހާއްސަކޮށް ކަނޑުމަތިން އަތުލައިގަންނަ މަސްތުވާތަކެތި އިންޑިއާ އަސްކަރިއްޔާއާއި ގުޅިގެން އަތުލައިގަންނާތީ އިންޑިއާއާ ދެކޮޅަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ އެކިއެކި ކުށްތައް ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންސްތަކަކީ، އެކި ގައުމުތަކާ ގުޅިގެން ކުރިއަށްގެންދެވޭ އޮޕަރޭޝަންތަކަކަށް ވާއިރު، މިފަދަ ހަރަކާތެއް އަވަށްޓެރި ގައުމަކާ ދެކޮޅަށް ހިންގާކަމީ ދޭދޭ ގައުމުތަކުގެ އެއްބައިވަންތަކަމަށާއި، ކުށް މަދުކުރުމަށް ގުޅިގެން ހިންގޭ ހަރަކާތްތަކަށް ބުރޫއަރާނެ  ކަމެއް ކަމަށް އިދާރާތަކުން އަންނަނީ ބުނަމުންނެވެ.

އިދިކޮޅުން ހިންގާ އިންޑިއާ އައުޓު ހަރަކާތް މާލޭގެ މަގުތަކުގައާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގާތާ ދެ އަހަރެއްހާ ދުވަސްވީއެވެ. މާލެއާއި ރަށްރަށުގައި އެއްވުންތައް ބާއްވަމުންދެއެވެ. މި ހަރަކާތް ފެށިގެން އައީ އެހެން ނަމެއްގައި ނަަމަވެސް, މިހާރު ސީދާ އިންޑިއާ ރައްޔިތުންނަށްވެސް އަމާޒުކޮށް މިހަރަކާތް ހިންގަން މިވަނީ ފަށާފައެވެ. ބިރުވެރި ދަރަޖައަކަށް މިހަރަކާތް ކުރިއަންގެންދަން ފަށާފައިވާއިރު، މިއީ އިދިކޮޅުން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިންގެ ގޮތުގައި ދިފާއީ ވަޒީރުވަނީ ސިފަކުރައްވާފައެވެ. އިންޑިއާއަކީ އެންމެ ގިނައިން ދިވެހިން ބޭސްފަރުވާއަށް ދާ ގައުމު ކަމަށް ވާއިރު އަދި ގިނަ ކާބޯތަކެތި އެ ގައުމުން ރާއްޖެއަށް އެތެރެކުރާއިރު, އެ ގައުމާ ދެކޮޅަށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގަވާ މި ހަރަކާތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އާންމު ރައްޔިތުންނަށެވެ.

ރައީސް ޔާމީންގެ ފޮރިން ޕޮލިސީ ވެސް އޮތީ ހަމަ މިކަހަލަ ގޮތަކަށެވެ. ކޮމަންވެލްތުން ވަކިވެ، ރާއްޖެއާ ގަތަރާއި އޮތް ޑިމްޕޮމެޓިކް ގުޅުން ކަނޑާލެއްވިއެވެ. މިއީ އަދި މަދު ކަންތައްތަކެކެވެ. އެމަނިކުފާނުގެ ފޮރިން ޕޮލިސީ މިހެން އޮތުމުން މިހާރު މަސައްކަތް ކުރައްވަނީ މިސަރުކާރުގެ ހަރުދަނާ ފޮރިން ޕޮލިސީއަށް ފިއްތުންތަކެއް ކުރިމަތި ކުރެއްވުމަށެވެ.

އިންޑިއާ އައުޓްކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު