Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްވެރިކަން

މަސްވެރިންގެ ނިކަމެތި ހާލަތުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން – ނާ ހަމަ ތެދެއް؟

ޔާމީންގެ ވެރިކަން ނިމުނު އިރު މިފްކޯގެ ދަރަނި 300 މިލިއަނަށްވުރެ މަތީގައި

ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2020 | ބުރާސްފަތި 17:19
ރާއްޖޭގެ މަސްވެރިން ހީވާގި ކަމާއެކު ދޮށި އަޅަނީ - މަސްވެރިން ސިޔާސީ ކުރަން ބަޔަކު އަންނަނީ މަސައްކަތް ކުރަމުން

ރާއްޖޭގެ މަސްވެރިން ހީވާގި ކަމާއެކު ދޮށި އަޅަނީ - މަސްވެރިން ސިޔާސީ ކުރަން ބަޔަކު އަންނަނީ މަސައްކަތް ކުރަމުން

ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލަތުގެ ފުރިހަމަ ޒިންމާ އެމްޑީޕީން ނަގަން ޖެހޭނެ ކަމަށް ބުނެ ވާހަކަ ދައްކާތީ އެބައަޑުއިވެއެވެ. މަސްވެރިން ހާލުގައި އުޅޭތީ އެވެރިންނަށް ލޮލަށް ހަމަ ނިދި އަންނަ ކަމަކަށްވެސް ނެވެއެވެ. ވެރިކަމުގައި ތިބިނަމަ، މަސްވެރިން އުޅޭނެ އުފަލާ އަރާމުގެ ވާހަކަ ދައްކާ ނަގަނީއެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް މީހުންނަކީ ކަނު އަދި ބީރު މީހުންނޭ ބުނަނީ މިހެން ވެގެން ކަމަށްވެސް ވެދާނެއެވެ. އެހެން ހިތައް ނާރާ ވަރެއްވެސް ނޫނެވެ. ފަސް އަހަރުގެ ވެރިކަމެއް ނިންމާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުގެ ތަޚުތުން ފައިބާވަޑައިގަންނަވަން ޖެހެދެން އަރިހުގައި ތަނަވަހުގައި، އުފަލުގައި ތިއްބެވި ބޭބޭފުޅުންނަށް އޭރު ކަންކަން ހުރި ގޮތް މިހާރު ހަމަ އެއްގޮތަކަށްވެސް ފެންނަ އެއްޗަކަށް ހަނދާން ހުރި އެއްޗަކަށް ނުވިއެވެ. އެކަން ވާނީވެސް އެހެންނެވެ.

އަބްދުﷲ ޔާމީން ގެ ވެރިކަމުގައި މަސްވެރިންނަށް ލިބުނު ގެއްލުމާއި އުފުލަން ޖެހުނު ތަކުލީފްތަކުގެ ވާހަކަ ސިފަކޮށްދެއްވަމުން އޭރުވެސް އަދި މިހާރުވެސް ޕީޕީއެމްގެ ދިފާއުގައި ހުންނެވި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގް، ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގެ މަތިން އަޅުގަނޑު ހަދާން އެބަހުއްޓެވެ.

ޔާމީންގެ ވެރިކަމުގައި ޔާމީންގެ ދިފާއުގައި ހުންނެވި މަހިބަދޫ ދާއިރާގެ މެމްބަރު މަސްވެރިންގެ ކަންބޮޑުވުންތައް އޮތް މިންވަރު ހާމަކުރައްވަމުން ލިޔުއްވި ވާހަކަތަކުގެ ތެރޭގައި "ބެޔަސް، ނުބެޔަސް" ސިޔާސަތު ކާމިޔާބު ވެފައި ނެތްކަން އޮތީ ފާހަގަ ކުރައްވާފައެވެ. ޖުމްލަ ގޮތެއްގައި ތޯރިގް ވިދާޅުވެފައިވަނީ ފިޝަރީޒް މިނިސްޓަރަށް މަސްވެރިންގެ ހައްގުތައް ހޯއްދަވައިދެއްވަން ކަމެއް ނުކޮށްދެއްވުނު ކަމަށާއި މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމުގައެވެ. މެމްބަރު ތޯރިގު އޮތީ ފިޝަރީޒް މިނިސްޓަރާއި ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ ކަރަޕްޓް ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަނެއްކޮޅުން ފިޝަރީޒް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުތަކުގައި ހުރި ބޮޑެތި މައްސަލަތަކުން އެ ވުޒާރާ ހިނގަމުން ދިޔަ ދޯދިޔާކަން އޮތީ ފާހަގަވެފައެވެ. ރަނގަޅު ކުރަން އޮޑިޓަރ ޖެނެރަލް އެންގެވި އެއްކަމެއްވެސް ރަނގަޅު ކުރެވުނު ކަމަކަށްވެސް ނުވިއެވެ.

ފޭސްބުކް ޕޯސްޓެއްގައި ތޯރިގް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ދަތިތައް ހައްލު ނުވެ ދިއުމުގެ ޒިންމާ އޭރު ވަޒީރު ކަމުގައި ހުންނެވި ޝައިނީ ނަންގަވަން ޖެހޭނެ ކަމަށެވެ. އޭނާ ލިޔުއްވި ޕޯސްޓުގައި މަސްވެރިކަމާބެހޭ ވަޒީރުގެ ގޮތުގައި ހުންނެވި ޝައިނީ އަށް މަސްވެރިކަމުގެ ކަންކަން ހައްލު ނުވެސް ކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ. ތޯރިގް ޝައިނީގެ އިސްތިއުފާއަށް ގޮވާލެއްވިއެވެ.

ވެރިކަމުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުވި އިރުވެސް މަސްވެރިންނަށް ކޮށްދޭން ވައުދުވި އެއްކަމެއްވެސް ވީތަނެއް ނުފެނެވެ. ފިޝަރީޒް މިނިސްޓަރ ދަތުރު ކުރެއްވި ކޮންމެ މަސްވެރި ރަށަކުން ބައްދަލުވެފައި އޮތީ ނުރުހިފައިތިބި މަސްވެރިންނާއެވެ.

މަސްވެރިންގެ ފްލީޓް 15،000 އަށް އިތުރުކޮށް، 10،000 ޒުވާން މަސްވެރިން އުފައްދައި، މަސްވެރިއެއްގެ އާމްދަނީ މަހަކު 10،000ރ. އަށް ހަދާނެ ކަމަށް ކެނޑި ފޮނިވެސް އޮތީ އޮތްތާނގައެވެ. ބެޔަސް ނުބެއަސް 10،000ރ ދޭނެ ކަމަށް ބުނެ ވީ ވައުދުވެސް 5 އަހަރު ނިމުނު އިރު ވީ ބިލާހަކަށެވެ.

ވެރިކަމަށް ފަސް އަހަރު ފުރުނު އިރު މިފްކޯ ފުނޑި ހަލާކުވެއްޖެއެވެ. ކުންފުންޏަށް ނުތަކާ ވަރަށް ސިޔާސީ ބޭނުމަށް މުވައްޒަފުން ވައްދާ ތަން އޮތީ ތޮއްޖައްސާފައެވެ. ކުންފުނި އޮތީ މަސްވެރިންނަށް ދަރާ ވިކިފައެވެ. ހިސާބުތަކުން ފެންނަ ގޮތުގައި ޔާމީނުގެ ވެރިކަން ނިމުނު އިރު މިފްކޯ އޮތީ 39 މިލިއަން ރުފިޔާ އިން މަސްވެރިންނަށް ދަރާފައެވެ.

މިފްކޯ ކުރިއަރުވަން އެޅި އެންމެ ފިޔަވަޅެއްވެސް ނެތެވެ. މަސް ގުދަން ކުރުމުގެ ކެޕޭސިޓީ އިތުރު ކުރަން އެއްކަމެއްވެސް ނުކުރެއެވެ. އައްޑޫ ހުޅުމީދޫގައި އެޅި މަސް ފެކްޓަރީ އެޅީ މަސް ނުގަނެވޭ ތަނެއް ގައެވެ. ތަނުން ޚިދުމަތެއް ނުދެވޭނެ ކަން އެނގިތިބެ އެތައް ބަޔަކު ވަޒީފާތަކަށް ނަގާ އިތުރު މާލީ ތަކުލީފްތައް ދައުލަތައް ޖެއްސިއެވެ.

މިފްކޯ ބަނގުރޫޓުވަމުން ވަމުން ގޮސް އެންމެ ފަހުން ކުންފުނީގެ ދަރަނި 300 މިލިއަން ރުފިޔާ އަށް އެރުމުން އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި 2016 ވަނަ އަހަރު ހެދިއެވެ. އޭރު ކުންފުނި ދަރާ ވިކުމުގެ ސަބަބުން ބޭންކަކުން މިފްކޯއަށް ލޯނު ދިނުންވެސް އޮތީ ހުއްޓާލާފައެވެ.

އިއްޔެގެ ހާލަތު އޮތީ މިގޮތަށެވެ. މިއަދު ކޮންމެ އެއްޗެކޭ ކިޔައިގެން މޮޅު ވާހަކަތައް ދެއްކިޔަސް ވެރިކަމުގެ އާރާއި ބާރު އޮތް އިރު މަސްވެރިންނަށް ކޮށްދެވުނު އެއްކަމެވެސް ނުދެއްކުނެވެ. އޭގެ ބަދަލުގައި މަސްވެރިކަމުގެ މުޅި ދާއިރާ ވީ ފުނޑުފުނޑެވެ. ވީ ހަލާކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

11 އެޕްރީލު 2018
ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

12 ފެބުރުއަރީ 2018
ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

05 ފެބުރުއަރީ 2018
ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!

ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!

18 ޖެނުއަރީ 2018
ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު