Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2024

އިންގްލޭންޑް މެޗަށް ރިޝްވަތު ނެގި ރެފްރީއެއް؟

އޭނާ ރިޝްވަތު ނެގިކަން ފަޅާއެރީ 2005 ވަނަ އަހަރު. އެހެން ރެފްރީއަކު ދިން 300 ޔޫރޯ ރިޝްވަތުގެ ގޮތުގައި އޭނާ ބޭނުންކުރިކަން ފަޅާއަރާފައިވެއެވެ.

ރާއްޖެ އެމްވީ | 9 ޖުލައި 2024 | އަންގާރަ 03:13
ރެފްރީ ފެލިކްސް ޒްވާޔާ

ރެފްރީ ފެލިކްސް ޒްވާޔާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލޭންޑާއި ނެދަލޭންޑްސް މާދަމާ ރޭ ކުޅޭ މެޗަށް މީގެ ކުރިން ރިޝްވަރު ނަގާފައިވާކަން ޔަގީންވެފައިވާ ރެފްރީއަކު ޔޫއޭފާއިން އައްޔަންކޮށްފި އެވެ.

މި މެޗަށް ޔޫއޭފާއިން އައްޔަންކޮށްފައިވާ ރެފްރީ އަކީ ޖަރުމަނުގެ ފެލިކްސް ޒްވާޔާ އެވެ. އޭނާ ރިޝްވަތު ނެގިކަން ފަޅާއެރީ 2005 ވަނަ އަހަރު އެވެ. އެހެން ރެފްރީއަކު ދިން 300 ޔޫރޯ ރިޝްވަތުގެ ގޮތުގައި އޭނާ ބޭނުންކުރިކަން ފަޅާއެރުމުން ޖަރުމަނު ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އޭނާ އަށް އަދަބުދީފަ އެވެ.

ނަމަވެސް ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ މުބާރާތުގެ މެޗުތަކަށް ރެފްރީން ކަނޑައަޅަނީ ޕާފޯމަންސަށް ބަލާފައި ކަމަށާއި ޒަވާޔާގެ ޕާފޯމަންސް މި މުބާރާތުގައި ފެނިގެން ގޮސްފައިވަނީ މޮޅަށް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އިނގިރޭސި ޑިފެންޑަރު ލޫކް ޝޯ ބުނީ ރެފްރީއާމެދު މައްސަލައެއް ނެތް ކަމަށެވެ. މެޗުން މޮޅުވާނީ މޮޅަށް ކުޅެ ލަނޑު ޖަހާ ޓީމު ކަމަށާއި އިންގްލޭންޑް ވިސްނާނީ މެޗު ކާމިޔާބު ކުރުމަށް ކަމަށެވެ.

އުމުރުން 45 އަހަރުގެ ރެފްރީ އަކީ 2012 ވަނަ އަހަރުން ފެށިގެން ފީފާގެ ރެފްރީއެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ޔޫރޯ އާއި ވޯލްޑްކަޕުގައި ވެސް ރެފްރީކަން ކޮށްފަ އެވެ. އަދި ޔޫއޭފާ ނޭޝަންސް ލީގުގެ ފައިނަލުގައި 2023 ވަނަ އަހަރު ކްރޮއޭޝިޔާ އާއި ސްޕޭން ކުޅުނު މެޗަށް އިންސާފުކޮށްދިނީ ވެސް އޭނާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު