Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މި މެޗަކީ ސޮބާގެ ކޯޗިން ކެރިއާގައި ޚާއްޞަ މެޗެއް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 01:50
ސޮބާ ރާއްޖެޓީވީ ކުޅިވަރު ފައިލް ޕްރޮގްރާމްގައި، މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން ކަމަށް ބުނި

ސޮބާ ރާއްޖެޓީވީ ކުޅިވަރު ފައިލް ޕްރޮގްރާމްގައި، މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން ކަމަށް ބުނި

ވިކްޓަރީގެ ކޯޗު އަލީ ސުޒޭންއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ވަރަށް އުފާވާކަމެއް ކަމަށާއި ހޮނިހިރު ދުވަހުގެ ރޭ މާލޭ ލީގުގައި ގްރީން ސްޓްރީޓް ކުޅޭ ފުރަތަމަ މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން ކަމަށް އެކްލަބުގެ ކޯޗް މުހައްމަދު ސޮބާޙު (ސޮބާ) ބުނެފިއެވެ.

ގްރީން ސްޓްރީޓަކީ ނިމިގެންދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި މާލޭ ލީގަށް ކޮލިފައިވެފައިވާ ކްލަބެކެވެ. މިދިޔަ އަހަރު އެކްލަބުން ދެވަނަ ޑިވިޝަނުގެ ތަށި އުފުލާލީ ސޮބާގެ އިރުޝާދުގެ ދަށުންނެވެ.

ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ގްރީން ސްޓްރީޓް ގޮވައިގެން ހޮނިދުވަހުގެ ރޭ ވިކްޓަރީއާ ދެކޮޅަށް ސޮބާ ނުކުންނައިރު، ވިކްޓަރީގެ ކޯޗަކީ ސޮބާގެ ފުޓްބޯޅައިގެ ކެރިއަރުގައި ގިނަ ދުވަސްތަކެއްވަންދެން އެކުގައި މަސައްކަތްކޮށް، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މެޗާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސޮބާ ބުނީ ގްރީން ސްޓްރީޓަކީ ޒުވާން މެނޭޖުމަންޓަކާއެކު އޮތް ތަޖުރިބާ މަދު ޓީމެއް ކަމަށެވެ.

ސޮބާ ބުނީ ޓީމުގެ ސައިޒަށް ބަލާފައި ސީޒަނުގައި ތައްޓެއް ހޯދަން ނުވަތަ ކުލަބުގެ ޓަގެޓަކީ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުން ކަމަށް ބުނަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ބޭނުންވަނީ ގްރީން ސްޓްރީޓަކީ ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ނަމަކަށް ހެދުން ކަމަށް ސޮބާ ބުންޏެވެ.

ޓީމުގައި ޓޮޕް ލެވެލް ކުޅެފައިވާ ކުޅުންތެރިން ތިއްބަސް “ޓޮޕް ޕްލޭޔަރެއް” ނެތް ކަމަށާއި ކާމިޔާބު ހާސިލްކުރެވޭނީ މަސައްކަތްކޮށްގެންކަން ޤަބޫލުކުރާ ކަމަށް ސޮބާ ބުންޏެވެ.

ސޮބާ ބުނި ގޮތުގައި ލީގުގައި ވާދަކުރާ ކޯޗުންނާއި ބަލާފައި އޭނާއަކީ އެންމެ ހަގު އަދި އެންމެ އާކޯޗެވެ. އަދި ވިކްޓަރީ އާ ދެކޮޅަށް ނުކުންނަނީ ގްރީން ސްޓްރީޓަކީ އަށްވަނަ ޓީމުގެ ގޮތުގައި ދެކިގެން ކަމަށް ސޮބާ ބުންޏެވެ.

"ޓީމެއް ބިނާ ކުރުމަކީ ފަސޭހަކަމެއް ނޫން، އެއީ ދެވަނަ ޑިވިޝަންގައި އޮތް އެއްޗެއް ގޮވައިގެން މި ނިކުތީ ވަރުގަދަ ލެވެލްގައި ފައިޓް ކުރަން، ވަރަށް ބޮޑު ޒިންމާއެއް މީތި ފަސްޓުގައި ބާއްވަން އެބަޖެހޭ ވިސްނަން” ސޮބާ ބުންޏެވެ.

ސޮބާ އިތުރަށް ބުނި ގޮތުގައި މުބާރާތަށް ތައްޔާރުވުމަށް ލިބުނު ލިބުނު ބަޖެޓުން ގެނެވެން ތިބި އެންމެ ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނެސްފައިވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު