Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗްގެ ސަސްޕެންޝަން

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

އިބްރަހިމޮވިޗްއަށް މުހިތްމު މެޗުތަކެއް ގެއްލޭނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 7 މާރިޗު 2017 | އަންގާރަ 23:16
ހޮނިހިރު ދުވަހުގެ ރޭގެމެޗުގެ ތެރެއިން، އެފްއޭ އިން ފިޔަވަޅު އެޅީ މިމައްސަލަ ބެލުމަށްފަހު

ހޮނިހިރު ދުވަހުގެ ރޭގެމެޗުގެ ތެރެއިން، އެފްއޭ އިން ފިޔަވަޅު އެޅީ މިމައްސަލަ ބެލުމަށްފަހު

މެންޗަސްޓަރ ޔުނައިޓެޑްގެ ސްޓްރައިކަރ ޒަލަޓަން އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑް ކުރުމަށް އިނގިރޭސި އެފްއޭ އިން ނިންމައިފިއެވެ.

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑް ކުރުމަށް ނިންމީ އިނގިރޭސި އެފްއޭ އިން އޭނާއާ ދެކޮޅަށް އުފުލާފައިވާ ކުޅިވަރުގެ ރޫހާ ޚިލާފް އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުތަކަށް އެއްބަސް ވުމުންނެވެ.

އިނގިރޭސި އެފްއޭއިން އިބްރަހިމޮވިޗްއާ ދެކޮޅަށް ބަލަމުންދިޔަ މައްސަލައަކީ ހޮނިހިރު ދުވަހު މެންޗެސްޓަރގެ ދަނޑުގައި ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ޓައިރޮން މިންގް އަށް އޮޅުބޮށިން ހަމަލާދިނުމެވެ.

އިބްރަހިމޮވިޗްގެ ދެކޮޅަށް ބަލަމުންދިޔަ މައްސަލައާ ގުޅިގެން ފުރަތަމަ އޭނާ ބުނެފައިވަނީ، ގަސްތުގައި އެފަދަ ކަމެއްނުކުރާ ކަށާއި ޓައިރޮން އަމިއްލައަށް އޭނާގެ އުޅަބޮށީގައި ޖެހިގަތީގަ ކަމަށެވެ.

މި ސަސްޕެންޝަންގެ ސަބަބުން އަންނަ ހޯމަ ދުވަހު ޗެލްސީއާ ދެކޮޅަށް ޔުނައިޓުން ކުޅޭ އެފްއޭކަޕް ކުއާޓަރ ފައިނަލާއި ޕްރެމިއަލީގުގައި މިޑްލްސްބަރާ އަދި ވެސްޓްބްރޮވިޗްއާ ދެކޮޅަށް ކުޅޭ މެޗުގައި އިބްރަހިމޮވިޗްއަކަށް ނުކުޅެވޭނެއެވެ.

އިނގިރޭސިވިލާތުގެ ލީގާއި އެފްއޭކަޕްގައި ނުކުޅެވުނަސް ޔޫރޮޕާ ލީގުގައި އެފްސީ ރޮސްޓޯވްއާ ދެކޮޅަށް ޔުނައިޓުން ކުޅޭ މެޗުގައި އިބްރަހިމޮވިޗްއަށް ކުޅެވޭނެއެވެ.

އިބްރަހިމޮވިޗްއާ އެކު ބޯންމައުތުގެ މިންގްސް ވެސް އެފްއޭ އިން ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އެމައްސަލަ އެޕީލިން ކޮމިޓީއަށް ހުށަހަޅާފައެވެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު