Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ސްކޮޑު އެކުލަވާލުން

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

ސްކޮޑުގައި ޓީސީގެ ހަތަރު ކުޅުންތެރިން ވަނީ ހިމަނާފަ

ލީވާން އަލީ
ލީވާން އަލީ | 17 މާރިޗު 2017 | ހުކުރު 02:57
އިބްރާހިމް މަހުދީ (އިއްބެ) (ކ) އަދި ރިހާމް އަބްދުލް ގަނީ (ބޮބީ) (ވ)

އިބްރާހިމް މަހުދީ (އިއްބެ) (ކ) އަދި ރިހާމް އަބްދުލް ގަނީ (ބޮބީ) (ވ)

ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މަހުދީ (އިއްބެ) އަދި ކްލަބް އީގަލްސްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) ހިމަނައިގެން އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ ގައުމީ ޒުވާން ސްކޮޑު އެކުލަވާލައިފި އެވެ.

ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާ ކްލަބްތަކަށް ފޮނުވާފައިވާއިރު، ސްކޮޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނުވަ ކުޅުންތެރިން، ޓީސީ ސްޕޯޓްސް ކްލަބްގެ ހަތަރު ކުޅުންތެރިން، ކްލަބް ވެލެންސިއާގެ ތިން ކުޅުންތެރިން، ކްލަބް އީގަލްސްގެ ތިން ކުޅުންތެރިން، ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ދެ ކުޅުންތެރިން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ހަތަރު ކުޅުންތެރިން އަދި ކްލަބް ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިން ވަނީ ހިމަނާފައެވެ.

މިފަހަރު ސްކޮޑަށް ގައުމީ ސީނިއާ ޓީމަށް އަލަށް ކުޅޭ ގިނަ ކުޅުންތެރިން ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޓީސީން ނެގި އިއްބެ އަދި އީގަލްސްއިން ނެގި ބޮބީ އެވެ. ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕްގައި އިއްބެ މޮޅު ކުޅުމެއް ދައްކާ ލަނޑެއްވެސް ވަނީ ކާމިޔާބުކޮށްފައެވެ. ގައުމީ ސްކޮޑު ފުރަތަމަ 26 ކުޅުންތެރިންނާއެކު އެކުލަވާލިއިރު، އިއްބެ ގައުމީ ސްކޮޑުގައި ހިމަނަން ނިންމީ އެންމެ ފަހު ވަގުތުގައެވެ. އެގޮތުން މިހާރު ސްކޮޑުގައި 27 ކުޅުންތެރިން ތިބޭނެއެވެ.

އީގަލްސް އިން ނެގި ބޮބީ މި ސީޒަނުގައި ކުޅެފައިވަނީ ލީގުގައި އެންމެ ތިން މެޗެވެ. އެ ތިން މެޗުގެ ތެރެއިން އެއް މެޗުގައި އޭނާ 90 މިނެޓު ހަމައެއް ނުކުރެއެވެ. އެހެންނަމަވެސް އޭނާ ވަނީ ތިން މެޗުގަވެސް ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ބޮބީ ވަނީ ގައުމީ ޒުވާން ޓީމަށް ކުޅެފައެވެ.

ސްކޮޑަށް ނެގި ކުޅުންތެރިން ތެރޭގައި ޓީސީގެ ފިޓްނަސް ރަނގަޅު އަދި ޝައިހްކަމާލް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ބައެއް ކުޅުންތެރިން ނުހިމަނައެވެ. އަބްދުﷲ ހަނީފް (ބެންޖޯ) އަދި ފައްރާހް ހިމެނެއެވެ. މި ދެ ކުޅުންތެރިން ވަނީ އެ މުބާރާތުގައި ޓީސީ ކުޅުނު ހުރިހާ މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނި މޮޅު ކުޅުމެއް ދައްކާފައެވެ.

ގައުމީ ސްކޮޑަށް ބަދަލުތަކެއް އަދި އަންނާނެ ކަމަށް ބެލެވެއެވެ. ފަލަސްތީން އަދި ރާއްޖެ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 28 ވަނަ ދުވަހުއެވެ. އެ މެޗުގެ ކުރިން ގައުމީ ޓީމު އަންނަނީ ރަހްމަތްތެރިކަމުގެ މެޗެއް ރާއްޖޭގައި ކުޅުމަށް މަސައްކަތްކުރަމުންނެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު