Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ފަރިތަކުރުން ފަށ

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

ރާއްޖެ އާއި ފަލަސްތީން މެޗު ކުޅޭނީ މި މަހު 28 ގައި

ލީވާން އަލީ
ލީވާން އަލީ | 17 މާރިޗު 2017 | ހުކުރު 18:42
އެފްއޭއެމްގެ އިމާރާތް

އެފްއޭއެމްގެ އިމާރާތް

އޭޝިއަންކަޕް ޕްލޭއޮފްގެ ގްރޫޕް ސްޓޭޖުގައި ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް އަންނަ އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމް އިން ބުނީ ގައުމީ ޓީމުން އެކުލަވާލި އާ ސްކޮޑާއެކު ފަރިތަކުރުންތައް އާދީއްތަ ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ އެޗްވަންއެންވަން ވައިރަސްއާ ގުޅިގެން މާލޭ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ކުރިން ލީގު މެދު ކަނޑާލަން ނިންމާފައި ވަނީ 20 ވަނަ ދުވަހު އެވެ.

މި މަހު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، އެ މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ވެސް އެފްއޭއެމް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާ، މިޔަންމާ އަދި އަފްޣާނިސްތާނުން ކުރެ ޓީމަކާ ދެކޮޅަށް ރާއްޖޭގައި މެޗެއް ކުޅުމަށް އެފްއޭއެމް އިން މަސައްކަތްކުރާއިރު، އެ ތިން ގައުމުންކުރެ އެއް ގައުމު ވެސް ރާއްޖޭގައި މެޗެއް ކުޅުމަށް އަދި އެއްބަހެއް ނުވެއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ލައްވާލާފައި ވަނީ އޮމާނާއި ފަލަސްތީނާއި ބޫޓާނާ އެކު ނިސްބަތުން ފަސޭހަ ގްރޫޕެއްގައެވެ. މި ގްރޫޕްގެ ދެވަނަ ހޯދައިގެން ވެސް ރާއްޖެ އަށް މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު