Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމުގެ ފަރިތަކުރުން

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

ރާއްޖެއާއެކު ރަހްމަތްތެރިކަމުގެ މެޗު ކުޅެން ތިން ގައުމަކުން ބޭނުންވޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 15 މާރިޗު 2017 | ބުދަ 12:51
ރާއްޖޭ ގައުމީ ޓީމު

ރާއްޖޭ ގައުމީ ޓީމު

އޭޝިއަންކަޕް ޕްލޭއޮފްގެ ގްރޫޕް ސްޓޭޖުގައި ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް އަންނަ އަންގާރަ ދުވަހު ފަރިތަކުރަން ފަށާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމް ގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، ގައުމީ ޓީމުގެ ފަރިތަކުރުންތައް އަންނަ އަންގާރަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށާއި، އެހެން ނަމަވެސް ދުވަހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ އެޗް1އެން1 ވައިރަސްއާ ގުޅިގެން މާލޭ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ކުރިން ލީގު މެދު ކަނޑާލަން ނިންމާފައިވަނީ 20 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ލީގުގެ ކުޅުން އަލުން ފަށާނެ ދުވަހެއް ވެސް އަދި ނޭގެއެވެ.

ޖަވާ ވިދާޅުވީ، ލީގުގެ ކުޅުން ދެން ފަށާނީ ހެލްތު މިނިސްޓްރީގެ ލަފައާ އެކުގައި ކަމަށާއި، ގައުމީ ޓީމުގެ ފަރިތަކުރުންތައް 21 ވަނަ ދުވަހު ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓްގެ އިރުޝާދާއެކު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަހު 28 ވަނަ ދުވަހު ފަލަސްތީނާ ދެކޮޅަށް ރާއްޖެ ނިކުންނައިރު، އެ މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ވެސް އެފްއޭއެމް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާ، މިޔަންމާ އަދި އަފްޣާނިސްތާނުން ކުރެ ޓީމަކާ ދެކޮޅަށް ރާއްޖޭގައި މެޗެއް ކުޅުމަށް އެފްއޭއެމް އިން މަސައްކަތްކުރާއިރު، އެ ތިން ގައުމުންކުރެ އެއް ގައުމު ވެސް ރާއްޖޭގައި މެޗެއް ކުޅުމަށް އަދި އެއްބަހެއް ނުވެއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ލައްވާލާފައި ވަނީ އޮމާނާއި ފަލަސްތީނާއި ބޫޓާނާ އެކު ނިސްބަތުން ފަސޭހަ ގްރޫޕެއްގައެވެ. މި ގްރޫޕްގެ ދެވަނަ ހޯދައިގެން ވެސް ރާއްޖެ އަށް މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު