Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއިލް ހަނގުރާމަ

"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"

އެންމެ ވަރުގަދަ ހަނގުރާމަތަކުގައިވެސް ހޮސްޕިޓަލުތަކަށް ހަމަލާ ދިނުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމުގައި ކަނޑައަޅާ، ބައިނަލްއަޤުވާމީ މުޖުތަމަޢުން އިއްތިފާޤުވެފައި އޮތް ކަމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2024 | ހޮނިހިރު 05:05
އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ގަތުލުއާންމު ފެށުމާ ހިސާބަށް، އަލް-ޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެއް

އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ގަތުލުއާންމު ފެށުމާ ހިސާބަށް، އަލް-ޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެއް

ދުވަހަކީ އޭޕްރިލް މަހުން 2 ވަނަ ދުވަހެވެ. މިދިޔަ އަންގާރަ ދުވަހެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުން ދުވަހެކެވެ. ނިރުބަވެރި އިޒްރޭލުން ހިންގަމުން ގެންދާ ނިމުން ފެންނަން ނެތް ގަތުލުއާންމުގެ ޝިކާރައަކަށް ވެފައިވާ ފަލަސްޠީނުގެ ޣައްޒާގެ ރަށްވެހިން އަވަދިނެތި އުޅެމުން ދިޔައީ، އަލް-ޝިފާ ހޮސްޕިޓަލު ސަރަޙައްދުގައި ވާ އެ މީހުންގެ ޢާއިލީ މެންބަރުންގެ ފުރާނަ ނެތް މަސްގަނޑުތައް އެއްތަން ކުރެވޭތޯއެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ދުނިޔެއިން ފޮހެލަން ވަޢުދުވާ ކަމަށް ބުނެ، ޔަހޫދީ އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ހުއްޓުމެއް ނެތި ދެމުން ގެންދާ ޙަމަލާތައް އެންމެ ފަހުން ވަރުގަދަ ކުރި އެއް ތަނަކީ އަލް-ޝިފާ ހޮސްޕިޓަލެވެ. އެންމެ ވަރުގަދަ ހަނގުރާމަތަކުގައިވެސް ހޮސްޕިޓަލުތަކަށް ހަމަލާ ދިނުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމުގައި ކަނޑައަޅާ، ބައިނަލްއަޤުވާމީ މުޖުތަމަޢުން އިއްތިފާޤުވެފައި އޮތް ކަމެކެވެ.

ދުނިޔޭގެ އެންމެ ޑިމޮކްރަޓިކް ޤައުމު ކަމަށް ވަކާލާތު ކުރާ އެމެރިކާގެ ޚުދުމުޚުތާރީ މިނިވަންކަމުގެ ނިވާފަތްގަނޑުގައި އޮވެގެން އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާންމުގައި، އޭޕްރިލް 1 ވަނަ ދުވަހު އަލް-ޝިފާ ހޮސްޕިޓަލުގައި ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ. އޭރުވެސް އެ ބުނާ އޮޕަރޭޝަނެއް ކުރިއަށް ގެންދާތާ 2 ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. އެ ދުވަހު އޮޕަރޭޝަން ނިންމާލިއިރު އަލް-ޝިފާ ހޮސްޕިޓަލު ހުރި ސަރަހައްދު ހަފުސްކޮށް ނިންމައިފިއެވެ. ފުނިފުންޏަށް ހުރި ގައުކުނޑިތަކުގެ ތެރޭގައި އިންސާނުންގެ ހަށިތައް ފެންނަން ހުރީވެސް މަދެއްކޮށެއް ނޫނެވެ. އިޒްރޭލުން ވަނީ އެ ހޮސްޕިޓަލުގައި މަރުކަޒު ވެގެން ތިބި ހަމާސްގެ އެތައް ސަތޭކަ ހަނގުރާމަވެރިންނެއް މަރާލާފައި ވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ޙަމާސް ޖަމާޢަތުންވެސް ވަނީ، ހޮސްޕިޓަލުގައި ހަނގުރާމަވެރިން ތިބޭ ކަމަށް އިޒްރޭލުން ކުރާ ތުހުމަތަށް އިންކާރުކޮށް، ދޮގުކޮށްފައެވެ.

ޢަބްދުﷲ އަބޫ އީލާފްއަކީ އޭނާގެ ދައްތައާއި އެ ދައްތަގެ ދަރިންކޮޅުގެ ހަށިގަނޑު ފެނޭތޯ އަތްފުނާ އަޅަމުންދާ އެކަކެވެ. އެ މީހުން ވަނީ އަލް-ޝިފާ ހޮސްޕިޓަލުގެ ގޯތި ތެރެއަށް ވާ ގޮތަށް އޮތް ސަރަޙައްދުގައި 'ވަޅުލެވިފަ'އެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ގަތުލުއާންމު ފެށުމާ ހިސާބަށް، އަލް-ޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ. ގަތުލުއާންމު ފެށިފަހުން ހޮސްޕިޓަލަށް ޢަމާޒުކޮށް ސިލްސިލާ އެތައް ޙަމަލާއެއް ދިނުމުގެ ސަބަބުން، ހޮސްޕިޓަލުން ދެމުންދިޔަ ޚިދުމަތްތައް ބޮޑުތަނުން މަދުވިއެވެ. ނަމަވެސް އެއީ އެންމެ ފަހުގެ ރެއިޑާ ޖެހެން ދެކަށް، އުތުރުގެ ސަރަޙައްދުގައި ޞިއްޙީ ޚިދުމަތް ދެމުންދިޔަ މަދު ތަންތަނުގެ ތެރެއިން އެއް ތަން ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ އަންގާރަ ދުވަހު ސިފަ ކުރި ގޮތުގައި، ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު، 2 ހަފުތާގެ ރެއިޑެއްގައި ސުންނާފަތިކޮށް ހަފުސްކޮށްލުމަކީ، ޣައްޒާގެ ޞިއްޙީ ނިޒާމުގެ ހިތް، މައި ނާރުން ވަކިކޮށްލުން ފަދަ ކަމެކެވެ. ފަލަސްޠީނުގެ އޮފިޝަލުންވެސް ވަނީ، އެތައް ބަލި މީހުންނަކަށް ފަރުވާ ދެމުން ދިޔަ އަލް-ޝިފާ ހޮސްޕިޓަލަށް ޢަމާޒުކޮށްގެން އިޒްރޭލުން ޙަމަލާތަކަކީ، ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ކަން މިހެން އޮތް އިރު، އިޒްރޭލުން ދަނީ އެ ނިރުބަވެރި ޢަމަލު ދިފާޢު ކުރަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ، ޣައްޒާގެ އެންމެ ނާޒުކު މީހުންގެ ތެރޭގައި ޙަމާސްގެ ހަނގުރާމަވެރިން ހަރަކާތްތެރި ވާ ކަމަށެވެ. ނަމަވެސް، އެ ތުހުމަތުތަކަށްވެސް ޙަމާސްއިން އިންކާރު ކުރެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޝިފާހޮސްޕިޓަލްހަމާސްޑަބްލިޔުއެޗްއޯދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު