Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު

ޣައްޒާ ގައި އެވްރެޖްކޮށް މަހަކު 500 ށް ވުރެ ގިނަ ކުޑަކުދިން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވާ ކަމަށް އދ އިން ބުނެފި

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް 62،000 އަށްވުރެ ގިނަ ފަލަސްޠީނުން ޝަހީދުވެ، އޭގެތެރޭގައި 18،885 ކުޑަކުދިން ހިމެނޭއިރު، އދ. އިން ބުނަނީ ޣައްޒާގައި ކުޑަކުދިންނަށް ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމަށެވެ.

ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 02:11
އިސްރާއީލުގެ ބްލޮކޭޑް އާއި ޣައްޒާ ސްޓްރިޕްގައި ކުރިއަށްދާ ހަމަލާތަކުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ކުޑަކުދިން ދީރު އަލްބަލާހް ގެ ނުސީރާތު ރެފިއުޖީ ކޭމްޕްގައި ޗެރިޓީ އޮގަނައިޒޭޝަން އިން ބަހާ ކާއެއްޗެހި ހޯދަން ކިއޫގައި

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވާ ގޮތުގައި، ޣައްޒާ ގައި އިސްރާއީން ފަށާފައިވާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ގާތްގަނޑަކަށް ފާއިތުވި ދެ އަހަރު ގެ ތެރޭގައި ޝަހީދުވި 62،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުންގެ ތެރޭގައި މަދުވެގެން 18،885 ކުޑަކުދިން ހިމެނެއެވެ.

މި ބިރުވެރި އަދި ހިތާމަވެރި އަދަދު ހާމަކުރި، އދ. ގެ ފަލަސްތީނުގެ ރެފިއުޖީންގެ އޭޖެންސީ، އަންރުވާ އިން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި ޣައްޒާ ގައި ކުޑަކުދިންނަށް ރައްކާތެރި އެއްވެސް ތަނެއް ނެތްކަމަށެވެ.

އޭގެ އިތުރުން އިސްރާއީލުން އެހީ އާއި ބޭސްފަރުވާގެ ތަކެތި ހުއްޓުވުމުގެ ސަބަބުން ޣައްޒާ ގައި އިސްރާއީލުން މެދުވެރިކޮށްފައިވާ ބަނޑުހައިހޫނުކަން ފެތުރިފައިވެއެވެ.

އަންރުވާ އިން ބުނެފައިވާ ގޮތުގައި، ޣައްޒާ ގައި އިސްރާއީލުން ހަމަލާދީ އެތައް ހާސް ބައެއްގެ ގެދޮރު ބިމާ ހަމަކޮށްފައިވާތީ، އދ. އިން ހިންގާ ސްކޫލުތައް ވެފައި ވަނީ "ސަތޭކަ ހާސް މީހުންނަށް" ހިޔާވަހިކަަން ދޭ ތަންތަނަށެވެ.

އަންރުވާ އިން ބުނެފައިވާ ގޮތުގައި ފަލަސްޠީނު މީހުން ވަނީ "އދ. ގެ ދިދައިގެ ދަށުން ރައްކާތެރިކަން ހޯދާފައެވެ." ނަމަވެސް މި ވަގުތީ ހިޔާވަހި ތަކަށް ވެސް އަމާޒުކޮށް ހަމަލާދެވި، އެތަންތަން ވެސް ވެފައި ވަނީ މަރުގެ ދަންތުރަ ތަކަކަށެވެ. މިތަންތާގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން އުޅެއެވެ. ޣައްޒާ ގައި ކުޑަކުދިންނަށް އެއްވެސް ރައްކާތެރި ތަނެއް ނެތެވެ. "މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން،" އެ އޭޖެންސީން ބުނެފައިވެއެވެ.

އދ. ގެ ކުޑަކުދިންގެ ފަންޑު، ޔުނިސެފް އާ ހަވާލާ ދެމުން، އަންރުވާ އިން ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުން އަމިއްލަ އަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް އަލުން ހަމަލާތައް ފެށި ފަހުން ވޭތުވެދިޔަ ފަސް މަހުގައި، "ރިޕޯޓުތަކުގައިވާ ގޮތުން މަހަކު އެވްރެޖްކޮށް 540 އަށް ވުރެ ގިނަ ކުދިންގެ ފުރާނަ ގެއްލިފައި ވެއެވެ."

އދ. ގެ މި އިންޒާރުތައް އަންނަމުން ދާއިރު އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީގެ ހަމަލާތަކުގައި މަދުވެގެން 51 ފަލަސްތީނު މީހުން ޝަހީދު ވެފައިވެއެވެ. މީގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ޖީއެޗްއެފް އިން އެހީ ބަހާ ސަރަހައްދުތަކާ ކައިރީގައި އިސްރާއީލުގެ ބާރުތަކުން ބަޑިޖަހައި ޝަހީދުކޮށްލި މަދުވެގެން އަށް މީހުން ހިމެނެއެވެ. މޭ މަހުގެ ފަހުކޮޅުން ފެށިގެން މި ގޮތަށް ޝަހީދުވެފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް 2،000 ށް އަރާފައި ވާއިރު، ކޮންމެ ދުވަހަކު ފަލަސްތީނު މީހުން ކުރިމަތިލާން ޖެހޭ މަރުގެ ބިރުވެރި ކަމަކަށް މިކަންތައް ވަނީ ވެފައެވެ.

ޣައްޒާ ގެ ހޮސްޕިޓަލްތަކުން ބުނެފައިވާ ގޮތުގައި ޚާން ޔޫނިސް ގައި ފަލަސްތީނު މީހުން ހިޔާވަހިކަން ހޯދާފައިވާ ޓެންޓު ތަކަށް ދެވުނު ހަމަލާ ތަކުގައި މަދުވެގެން އަށް މީހުން ވަނީ ޝަހީދު ވެފައެވެ. އަދި ޣައްޒާ ގެ މެދުތެރޭ ސަރަހައްދުގައިވާ ދީރު އަލް-ބަލާޙްގައި ޓެންޓަކަށް ދެވުނު ހަމަލާއެއްގައި އިތުރު ހަތަރު މީހުން ޝަހީދުވެފައި ވެއެވެ.

ދުނިޔޭގެ އެކި ފަރާތްތަކުން އިސްރާއީލަށް ޣައްޒާ ސިޓީގައި އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ފުޅާ ނުކުރުމަށް އިންޒާރު ދެމުންދާއިރު ވެސް، އިސްރާއީލުގެ ބާރުތަކުން ވަނީ ޣައްޒާ ސިޓީ އަށް ދެވޭ ހަމަލާތައް އިތުރުކޮށްފައެވެ. ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދުގައި ދެވުނު ވައިގެ ހަމަލާއެއްގައި މަދުވެގެން ހަތަރު މީހުން ޝަހީދުވެ، އިތުރު ބަޔަކަށް އަނިިޔާވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފައިވެއެވެ.

ޣައްޒާ ސިޓީގެ ދެކުނުގައި އިސްރާއީލުގެ ބާރުތަކުން ގެތައް ގޮއްވާލަމުން ދާއިރު، އިރުމަތީ ޣައްޒާ ސިޓީގެ ތުއްފާޙް ސަރަހައްދުގައި ގަދަ ހަނގުރާމައެއް ހިނގަމުންދާ ކަމަށް ރިޕޯޓު ކުރެވެއެވެ.

އަނެއްކޮޅުން ހަނގުރާމަ ހުއްޓުވުމަށް މުހިންމު ދައުރެއް އަދާކުރާ ޤަތަރުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ހަމާސް އިން ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އިޖާބަދީފައި ވަނީ އެދެވޭ ގޮތެއްގައެވެ. މީގެ ތެރޭގައި 60 ދުވަހުގެ ހަނގުރާމަ މެނދުކަނޑާލުމާއި، ރަހީނުން ބަދަލުކުރުން ހިމެނެއެވެ.

އަންގާރަ ދުވަހު އިސްރާއީލުގެ ދެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އިސްރާއިލުން މިހާރު ދަނީ ހަމާސްގެ ޖަވާބު ދިރާސާ ކުރަމުންނެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހައްދުފަހަނަ އެޅި ކަނާތުފިޔައިގެ ސަރުކާރުން ބޭނުންވަނީ ޣައްޒާގައި ހިފަހައްޓާފައިވާ އިސްރާއީލުގެ ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުން އެއްފަހަރާ އަނބުރާ ގެނައުމަށެވެ.

އިސްރާއީލް-ޣައްޒާހަމާސްއަންރުވާޔުނިސެފްފަލަސްތީނުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު