Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް ގުޓަރޭސް ގޮވާލައްވައިފި

ޣައްޒާ ސިޓީގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް އިސްރާއީލް އިން ފަށަން ނިންމާފައިވާ އޮޕްރޭޝަން ހުއްޓާލުމަށާއި، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވެސް ގުޓަރޭސް ގޮވާލެއްވި އެވެ. އަދި ވަގުތުން ޣައްޒާ ހަނގުރާމަ ހުއްޓާލުމަކީ މިހާރު ކުރަން ޖެހޭ އެންމެ މުހިންމު ކަންތައް ކަމަށް ގުޓަރޭސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް ގައްޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 08:21
ޖަޕާނުގައި ކުރިއަށް ދިޔަ ޓޯކިއޯ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އެފްރިކަން ޑިވެލޮޕްމަންޓުގައި ގުޓަރޭސް ވާހަކަ ދައްކަވަނީ

ޖަޕާނުގައި ކުރިއަށް ދިޔަ ޓޯކިއޯ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އެފްރިކަން ޑިވެލޮޕްމަންޓުގައި ގުޓަރޭސް ވާހަކަ ދައްކަވަނީ

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް، އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފި އެވެ.

ގުޓަރޭސް މިފަދައިން ގޮވާލައްވާފައި ވަނީ ބުރާސްފަތި ދުވަހު ޖަޕާނުގައި ކުރިއަށް ދިޔަ ޓޯކިއޯ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އެފްރިކަން ޑިވެލޮޕްމަންޓުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޣައްޒާ ސިޓީގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް އިސްރާއީލް އިން ފަށަން ނިންމާފައިވާ އޮޕްރޭޝަން ހުއްޓާލުމަށާއި، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވެސް ގުޓަރޭސް ގޮވާލެއްވި އެވެ. އަދި ވަގުތުން ޣައްޒާ ހަނގުރާމަ ހުއްޓާލުމަކީ މިހާރު ކުރަން ޖެހޭ އެންމެ މުހިންމު ކަންތައް ކަމަށް ގުޓަރޭސް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން ގުޓަރޭސް ވިދާޅުވީ ޣައްޒާގައި ކުރިއަށް ގެންދަމުން އަންނަ ހަނގުރާމައިގެ އޮޕަރޭޝަންގެ ސަބަބުން އެތަކެއް މަރުތަކެއް ކުރިމަތި ވަމުން އަންނަ ކަމަށާއި، ޣައްޒާ ހަލާކުވުން ހުއްޓުވުމަށްޓަކައި ވެސް ހަނގުރާމަ ނިންމަން ޖެހޭ ކަމަށެވެ.

އިސްރާއީލް އިން މިހާރު ނިންމާފައި ވަނީ އެތައް ހާސް ރިޒާވިސްޓު ސިފައިން ބޭނުން ކޮށްގެން، ޣައްޒާގެ އެންމެ ބޮޑު އާބާދީ އޮތް ސަރަހައްދު ހިފުމުގެ ޕްލޭން ކުރިއަށް ގެންދަން ނިންމައިފަ އެވެ. އަދި އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ވަނީ، ބުދަ ދުވަހު އެ ޕްލޭން އަށް ރުހުން ވެސް ދީފަ އެވެ.

އިސްރާއީލްގެ މި ނިންމުމަކީ ފަލަސްޠީނުގެ އިތުރު ރައްޔިތުންތަކެއްގެ ގެދޮރު ގެއްލޭނެ ނިންމުމެއް ކަމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި އެކަން ކުރިއަށް ނުގެން ދިޔުމަށް ވެސް ގިނަ ބަޔަކު އަންނަނީ އިސްރާއީލަށް ގޮވާލަމުންނެވެ. މިހާރު އިސްރާއީލް އިން ވަނީ ޣައްޒާގެ 75 އިންސައްތަ ސަރަހައްދު ހިފައިފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކުގެ ސަބަބުން، އިސްރާއީލް އިން ޣައްޒާގައި ކުރިއަށް ގެންދަން ފެށި ހަނގުރާމައިގައި މިހާތަނަށް ޣައްޒާ އިން ވަނީ 62،000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފަ އެވެ.

މީގެ އިތުރުން ގުޓަރޭސް ވަނީ، ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން ވެސް ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. އަދި އޭގެ އިތުރުން، ވެސްޓް ބޭންކުގައި އިތުރު "ޚިލާފު ޤާއިމުވުން" ހުއްޓުވުމަށް ވެސް ގުޓަރޭސް ވަނީ އިސްރާއީލް އަށް ގޮވާލައްވައިފަ އެވެ.

އިޒްރޭލް-ފަލަސްޠީންއެންޓޯނިއޯ ގުޓެރެސްޣައްޒާހަމާސްވެސްޓް ބޭންކުޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު