Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ ހަޑި ފޮރުވައި، ހެކި ނައްތާލައިފި

22 އޯގަސްޓު 2024 | ބުރާސްފަތި 10:49

މިކަން ކުރީ ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއަކާ އެފްއޭއެމް ހަވާލުކުރުމަށް ނިންމާފައިވަނިކޮށެވެ.

ރާއްޖެ އެމްވީ | 22 އޯގަސްޓު 2024 | ބުރާސްފަތި 10:49
އެފްއޭއެމް އިމާރާތުގައި ކުލަލުމަށް މީހަކު މަސައްކަތް ކުރަނީ، އަދި މަސައްކަތް ނިންމާފައި

އެފްއޭއެމް އިމާރާތުގައި ކުލަލުމަށް މީހަކު މަސައްކަތް ކުރަނީ، އަދި މަސައްކަތް ނިންމާފައި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގޮނޑުވެ، ބޮލަށްވެއްޓިފައި އޮތުމުން ބަޔަކު ލައްވައި އެ ހަޑި ފޮރުވައި ހެކި ނައްތާލައިފި އެވެ.

މިކަން ކުރީ ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއަކާ އެފްއޭއެމް ހަވާލުކުރުމަށް ނިންމާފައިވަނިކޮށެވެ. ނޯމަލައިޒޭޝަން ކޮމިޓީ އައްޔަން ކުރުމާ ހަމައަށް އެފްއޭއެމުގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ އަކަށް ހުންނެވި މުހައްމަދު ޖައުޝަން ޝަރީފް ވެސް މިކަން ޔަގީންކޮށްދެއްވި އެވެ. މިހެން ކަމުން އައު މެނޭޖްމަންޓަށް އެފްއޭއެމްގެ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އޮތް ހާލަތާއި ތަން ގޮނޑުވެފައި އޮތް މިންވަރާއި އެ މަންޒަރުތަކެއް ދެން ނުފެންނާނެ އެވެ.

ޖައުޝަން ޔަގީންކޮށްދެއްވި ގޮތުގައި އެފްއޭއެމް ސާފުކޮށް، އެތަނުގައި ކުލަލައި ހެދީ އަހުމަދު ޝަރީފް (މާޑޭ) އިސްވެ ހުރެގެންނެވެ. އޭނާގެ މި މަސައްކަރް ކޮށްދިނީ ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވެ، ނޯމަލައިޒް ކުރަން ފީފާއިން ނިންމާފައިވަނިކޮށް، އެފްއޭއެމުގެ އެދުމުގެ މަތިން މިދިޔަ މަހު އެވެ.

މި ނޫހަށް ވާހަކަ ދެއްކި، އަދި މައުލޫމާތު ފޯރުކޮށްދެއްވި ކުރިން އެފްއޭއެމުގެ އިސް މަގާމެއް ފުރުއްވި ބޭފުޅަކު ވިދާޅުވީ މިއީ އިރާދީ ގޮތުންނާއި މާލީ ގޮތުން ބޮއްސުން ލައިފައި އޮތް އިދާރާގެ ހަގީގީ މަންޒަރު ފޮރުވާލައި ކަމުގެ ހަގީގަތް އޮއްބާލުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ނިމިދިޔަ އެފްއޭއެމުގެ މެނޭޖްމަންޓުގެ ދައުރުގައި ވެއްޓިފައި އޮތް ދަށް ހާލަތު ފޮރުވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ރާއްޖެ.އެމްވީގައި އަންގާރަ ދުވަހު "ޓޮމްގެ ފޮޓޯތަކުން އެފްއޭއެމް: ބޮލަށްވެއްޓި، ސުންނާފަތިވެއްޖެ!" މި ސުރުހީގެ ދަށުން އެފްއޭއެމް ހާލަތު ދައްކުވައިދޭ ފޮޓޯތަކާއެކު ޚަބަރު ޝާއިއު ކުރުމުން ބައެއް ފަރާތްތަކުން މި ނޫހަށް ގުޅި އެވެ. އެބޭފުޅުން ވިދާޅުވީ "މިހާރު އެފްއޭއެފް އޮންނާނީ ތިހެނެއް (ބޮލަށްވެއްޓިފައިއެއް) ނޫން،" ކަމަށެވެ. އަދި ބޭނުންނަމަ އެފްއޭއެމް ތާހިރުކޮށްފައި އޮތް ގޮތް ދައްކާލަން ޓުއާއެއް ވެސް ދެވިދާނެ ކަމަށެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާ ނޯމަލައިޒް ކުރަން ފީފާއިން ނިންމީ އިދާރީ އެތައް މައްސަލަތަކަކާއި އެހާމެ ގިނަ ފައިސާގެ މައްސަލަތަކާހުރެ އެވެ. ނޯމަލައިޒް ކުރުމުގެ ކުރިން މިދިޔަ ޖޫން މަހު ރައީސް ކަމުން ބައްސާމް އަދީލް ޖަލީލް ވަނީ 9 މަސް ދުވަހަށް ސަސްޕެންޑްކުރީ ވެސް ފީފާއިންނެވެ. އެއީ ކޮވިޑްތެރޭގައި އެފްއޭއެމަށް ފީފާއިން ދިން 1 މިލިއަން ޑޮލަރުގެ ލޯނުގެ ފައިސާގެ ގެއްލުނު މައްސަލާގަ އެވެ. މިނޫން ވެސް މާލީ އެތައް މައްސަލައެއް ފީފާއިން އަންނަނީ ތަހުގީގުކުރަމުންނެވެ. އޭގެ ތެރޭގައި ފައިސާ އާއި މުދަލާއި ދައުލަތުން އެފްއޭއެމަށް ދީފައިވާ ބިންތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި މުވައްޒަފުންނަށް މުސާރަ ނުދިނުން ފަދަ ކަންކަން ހިމެނެ އެވެ.

އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ފީފާއިން ހަމަޖައްސާފައިވަނީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރެވެ. އޭގެ އިތުރުން ފަސް މެމްބަރުންގެ ކޮމިޓީގައި ދެން ތިބީ ފަރީހާ ޝަރީފް އާއި އިސްމާއީލް ސިމާން އާއި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު އާއި އަހްމަދު އަލީ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2018

ފާރިސްއާ ދެކޮޅަށް ހެކިބަސް ދޭން ސިއްރު ހެއްކަށް މަޖުބޫރުކުރި ފަރާތް ޖަލަށް ލާންޖެހޭ: މާރިޔާ

13 މާރިޗު 2018
ފާރިސްއާ ދެކޮޅަށް ހެކިބަސް ދޭން ސިއްރު ހެއްކަށް މަޖުބޫރުކުރި ފަރާތް ޖަލަށް ލާންޖެހޭ: މާރިޔާ
12 ސެޕްޓެމްބަރު 2017

ބާސާއަތުން ބަލިވި މެޗުގެ ހަދާންތަށް ނައްތާލައިފިން: ސިލްވާ

12 ސެޕްޓެމްބަރު 2017
ބާސާއަތުން ބަލިވި މެޗުގެ ހަދާންތަށް ނައްތާލައިފިން: ސިލްވާ
23 ޖުލައި 2017

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

23 ޖުލައި 2017
އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް