Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން އެއީ އެމެރިކާ އިސްކަންދޭ ކަމެއް ނޫން: ސަފީރު ހަކަބީ

ޓްރަމްޕް ސަރުކާރުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްކަމެއް ނުދޭކަމަށް އެމެރިކާގެ ސަފީރު ހަކަބީ ހާމަކުރެއްވުން މިއީ އެމެރިކާގެ ގިނަ އަހަރުތަކެއްވީ "ދެ ދައުލަތުގެ ހައްލު" ގެ ސިޔާސަތަށް އައި ބޮޑު ބަދަލެއްކަން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 02:14
މައިކް ހަކަބީ - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު ކަމަށް ވަނީ ނޮމިނޭޓް ކުރައްވާފައި

މައިކް ހަކަބީ - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު ކަމަށް ވަނީ ނޮމިނޭޓް ކުރައްވާފައި

ފަލަސްތީނު ގެ މިނިވަން ދައުލަތެއް އުފެއްދުމަކީ ޓްރަމްޕް ސަރުކާރުން އިސްކަންދޭ ކަމެއް ނޫން ކަމަށް އިސްރާއީލަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ އަލް އަރަބިއްޔާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.

މިއީ އާންމުކޮށް ދެ ދައުލަތުގެ ހައްލަކަށް ތާއީދު ކުރަމުން އައި އެމެރިކާގެ ގިނަ އަހަރުތަކެއްވީ ސިޔާސަތަށް އައި ބޮޑު ބަދަލެއްކަން ފާހަގަ ކުރެވެއެވެ.

ހަކަބީ ވިދާޅުވީ، "މިއީ އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށް ރައީސް ވިދާޅުވަނިކޮށް އަޅުގަނޑު ހަމަގައިމުވެސް އަޑުއަހާފައެއް ނެތް" ކަމަށެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަރަޙައްދުގައި ސުލްޙައަށް ތާއީދު ކުރެއްވި ނަމަވެސް، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކީ އޭނާގެ މިހާރުގެ އެޖެންޑާގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ފަލަސްތީނު ދައުލަތެއް ގަބޫލު ކުރުމަށް ޔޫރަޕްގެ ގިނަ ގައުމު ތަކުން ނިންމި ނިންމުން ކުށްވެރި ކުރަމުން، ހަކަބީ ވަނީ ޕެލަސްޓައިން އޮތޯރިޓީ އާއި ޔޫރަޕުގެ ސަރުކާރުތަކުން ސުލްޙައިގެ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް ޢަމަލުކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

"އެމެރިކާ އިން ކޮންމެ ފަހަރަކު ސުލްހަ އާ ދިމާ އަށް މަސައްކަތްކޮށް، އެކަމާ ގާތްވަމުން އަންނަ ކަމަށް ހީވާއިރަށް، ޔޫރަޕުގެ ނުވަތަ ޕެލަސްޓައިން އޮތޯރިޓީގެ ފަރާތުން އެކަން މުޅިން ހަލާކުކޮށްލާ ފަދަ ޢަމަލުތުތަކެއް ކުރާތަން ފެންނަމުންދާ" ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ޕެލަސްޓައިން އޮތޯރިޓީ އިން އަމިއްލަ އަށް ފަލަސްތީން "ދައުލަތެއް ގަބޫލު ކުރުމަށް ގޮވާލުމާއި" އަދި ހަނގުރާމަ ކުރާ އާއިލާތަކަށް އެލެލަވަންސް ދިނުންފަދަ ސިިޔާސަތުތައް ކުރިއަށް ގެންދިއުމަކީ "ނޭދެވޭ ނަތީޖާ ނެރޭ" ކަންކަން ކަމަށް ވިދާޅުވެއެވެ.

މީގެ އިތުރުން ސަފީރު ޔޫރަޕުގެ ލީޑަރުންނަށް ގޮވާލާފައި ވަނީ ފަލަސްތީނު ދައުލަތެއް ގަބޫލު ކުރުމާ ގުޅޭ ގޮތުން އެފަރާތްތަކުން އަޅާ ފިޔަވަޅުތަކާ މެދު "އަލުން ވިސްނުމަށާއި" އިސްރާއީލުގެ މައްޗަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި ހަމާސް އަށް އިތުރަށް ފިޔަވަޅު އެޅުމަށެވެ.

"އިސްރާއީލުން އަމިއްލަ ދިފާޢުގައި ކުރާ ކަންތައްތަކަށް އެހާ ބޮޑަށް ޕްރެޝަރ ކުރުން ހުއްޓާލުމަށް ފަހު، ޔަހޫދީން މެރުމަށް ގަސްތުގައި ހަމާސް އިން ހިންގާ ހަނގުރާމަވެރި ޢަމަލުތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް" ހަކަބީ ގޮވާލެއްވިއެވެ.

މި އިންޓަވިއުގައި ހަކަބީ ދެއްކެވި ވާހަކަތަކުން ދޭހަ ވަނީ، އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ދެ ދައުލަތުގެ ހައްލަށް ތާއީދު ކުރުމުގެ ސިޔާސަތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމެވެ. އޭނާގެ ބަސްތަކުން ކުން ހާމަވަނީ ޓްރަމްޕް އިދާރާ އިން ފަލަސްޠީނު ދައުލަތެއް އުފެއްދުމަށް އިސްކަމެއް ނުދޭކަމެވެ.

އިޒްރޭލް-ފަލަސްޠީންމައިކް ހަކަބީޑޮނަލްޑް ޓްރަމްޕްހަމާސްއެމެރިކާ-އިޒްރާއީލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު