ޢާއިޝާ ރީމާ ވަޙީދު

1,121

Articles

 

16,049,987

Article Views

 

Follow

ޢާއިޝާ ރީމާ ވަޙީދު (ރީމާ) ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނީ 2007 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ ދައުލަތުގެ މީޑިއާގެ އިތުރުން އަމިއްލަ އެކި ސްޓޭޝަންތަކާއި ކަރަންޓް އެފެއާޒް ޕްލެޓްފޯމްތަކުގައި ރީމާ ވަނީ ބްރޯޑްކާސްޓްގެ އިތުރުން ޕްރިންޓް އަދި އޮންލައިންކޮށްވެސް މަސައްކަތް ކޮށްފައެވެ. ސީއެންއެން ފަދަ ބައިނަލްއަގުވާމީ މީޑިއާތަކަށްވެސް ކޮންޓެންޓް ހަދައިދީފައިވެއެވެ. ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ފުރިހަމަ ކޮށްފައިވާ ރީމާ ހާއްސަ ވަނީ ބައިނަލްއަގުވާމީ މަސްރަހުގެ ހަބަރުތަކާއި ހާރިޖީ ހަބަރުތަކަށެވެ. އޭގެ އިތުރުން ތިމާވެއްޓާއި ވިޔަފާރި އަދި ލައިފްސްޓައިލް ދާއިރާއިންވެސް ހަބަރާއި މައުލޫމާތު ކަވަރު ކުރެއެވެ. ދިވެހި ވެއްޓަށް ފެތޭނެހެން ބޭރު ދުނިޔޭގެ ހަބަރާއި މައުލޫމާތު ދިވެހި ބަހަށް ތަރުޖަމާ ކުރުމަކީ ރީމާގެ މަސައްކަތުގެ އަސާސެވެ.