Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފ.އަތޮޅު ވޮލީ މުބާރާތް

ފ.އަތޮޅު ވޮލީ މުބާރާތް: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދަރަނބޫދޫ އަށް

ދަރަނބޫދޫ އިން މަގޫދޫގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2024 | ބުރާސްފަތި 06:23
ދަރަނބޫދޫ އިން ޗެމްޕިއަން ތައްޓާއެކު

ދަރަނބޫދޫ އިން ޗެމްޕިއަން ތައްޓާއެކު

ފ.އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދަރަނބޫދޫ އިން ހޯދައިފި އެވެ.

މުބާރާާތުގެ ފައިނަލްގައި ބުދަ ދުވަހުގެ ރޭ ދަރަނބޫދޫ ނިކުތީ މަގޫދޫއާ ދެކޮޅަށެވެ. އެ މެޗު ދަރަނބޫދޫ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ވެސް ދެ ޓީމުގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިފަ އެވެ. މަގޫދޫ އިން މި ސެޓުގައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދަރަނބޫދޫ އިން ސެޓު ކާމިޔާބު ކުރީ 26-24 އިންނެވެ. ދެ ވަނަ ސެޓު ވަރު ގަދަކޮށް ފަށައި، ދަރަނބޫދޫ އިން މި ސެޓު ކާމިޔާބު ކުރީ ރަނގަޅު ލީޑެއްގައި އޮވެ އެވެ. ދެ ވަނަ ސެޓު ދަރަނބޫދޫ އިން ކާމިޔާބު ކުރީ 25-14 އިންނެވެ. ޖެހިގެން ކުޅުނު ތިން ވަނަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-9 އިންނެވެ.

މި ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، މަގޫދޫގެ ޒުނާާހާ އަޙުމަދު، އާމިނަތު ވަސާމާ، އައިޝަތު ޒުނީތާ، ދަރަނބޫދޫގެ ފާތިމަތު ޠަހޫރާ، ފަޒްލާ އާދަމް އަދި ފީއަލީގެ ލީމް ޢަބްދުލް ލަތީފް އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަރަނބޫދޫގެ ޠަހޫރާ އެވެ. މުބާރާތުގެ އުންމީދީ ކުޅުންތެރިޔަކަށް ފީއަލީގެ ލީމް ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ އަކީ ނިލަންދޫގެ އަރީމާ ޙަސަން އެވެ. އަންހެން ޑިވިޝަންގެ ކޯޗަކީ ދަރަނބޫދޫގެ ކޯޗު ޔޫސުފް މޫސާ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު