Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމާސް

ޣައްޒާ ސިޓީއަށް އިސްރާއީލުގެ ހަމަލާތައް ގަދަވެ، 11 ފަލަސްތީނުން ޝަހީދުވެއްޖެ

ޣައްޒާއަށް ދޭ ހަމަލާތައް އިތުރުކޮށް، އެހީ ފޯރުކޮށްދޭ ސަރަހައްދުތަކަށްވެސް ހަމަލާދެމުންދެއެވެ. މިހާތަނަށް 61,000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 155,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ކާބޯތަކެތި ހޯދުމަށް ގޮސްގެން އުޅެނިކޮށް ބަޑިޖަހާ މަރާލި މީހުންގެ އަދަދު ވެސް 2000 ން މައްޗަށް ގޮސްފައި ވެއެވެ.

އިސްރާއީލުން ޣައްޒާ ސިޓީއަށް ދޭ ހަމަލާތައް އިތުރުކޮށް، ފަތިހު ދިން ހަމަލާތަކުގައި 11 ފަލަސްތީނު ރައްޔިތުން ޝަހީދުވި

ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 09:01
އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދު ފަލަސްތީނު މީހެއްގެ ބޭބެ އޭނާގެ ހަށިގަނޑު އުފުލަނީ

އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދު ފަލަސްތީނު މީހެއްގެ ބޭބެ އޭނާގެ ހަށިގަނޑު އުފުލަނީ

އިސްރާއީލުން ޣައްޒާ ސިޓީ ހިފުމުގެ ކުރިން އެ ސަރަހައްދަށް ދޭ ހަމަލާތައް އިތުރުކޮށް އަދި ވަރުަގަދަ ކޮށްފިއެވެ. މިގޮތުން ހޯމަ ދުވަހު ފަތިހުން ފެށިގެން ދިން ހަމަލާތަކުގައި މަދުވެގެން 11 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް) އިން ބުނާ ގޮތުގައި އެހީ ފޯރުކޮށްދޭ ސަރަހައްދުތަކަށް އިސްރާއީލުން ދޭ ހަމަލާތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

"މިހާރު ދުވަހަކަށްވުރެ ދުވަހެއް މަރުވާ މީހުންގެ އަދަދު އިތުރުވަމުންދަނީ. އަދި ހަމަލާތައްވެސް ހުއްޓުމެއްނެތި ކުރިއަށްދަނީ،" އެމްއެސްއެފްގެ ނޫރު އަލްސައްޤާ ހާމަ ކޮށްފަައި ވެއެވެ.

ރަފާހްގައި ހުންނަ އެމްއެސްއެފްގެ މަރުކަޒަށް އެހީ ބަހާ ސަރަހައްދުތަކުން ޒަޚަމްވެގެން އަންނަ ކުޑަކުދިންނާއި ބޮޑެތި މީހުން އިތުރުވަމުންދާކަމަށް އޭނާ ފާހަގަ ކުރިއެވެ.

"މީހުން ކާންބޯނެ އެއްޗެއް ހޯދަން ދާއިރު ވަޒަން އަރާ އަދި އެހެނިހެން ގޮތްގޮތުން ޒަޚަމްވެގެން އަންނަނީ. އެމީހުން ފުރާނައަށް ނުރައްކާވާނެކަން އެނގިހުރެވެސް މަޖުބޫރުވެގެން އެހީ ހޯދަން ދާންޖެހެނީ."

އިސްރާއީލުން ޣައްޒާ ސިޓީ ހިފުމަށް ރާވާ ރޭވުންތަކާއި، އެސަރަހައްދުގެ އާބާދީ ގަަދަކަމުން ނެރެ ބަދަލުކުރުމުގެ ވާހަކަތަކަށް ހަމާސް ވަނީ ދެކޮޅު ހަދާ ފާޑު ކިޔާފައެވެ. އަދި އިސްރާއީލުން އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނާ ބުނުމަކީ "ސީދާ މަކަރެއް" ކަމަށް ބުނެފައިވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނާ ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމުގެ ސިޔާސަތެއް ގެންގުޅެމުންދާ ކަމަށާއި، ފަލަސްތީނުގެ އިޖްތިމާއީ ފޭރާން ނައްތާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާ ގައި ހިންގާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 61,827 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 155,275 މީހުން ވަނީ ޒަޚަމްވެފައެވެ. މޭ މަހުގެ ފަހުން އެހީ ބަހާ ސަރަހައްދުތަކުން އެކަނި ވެސް 2,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައި ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
09 ޖުލައި 2017

މޫސަލް މިނިވަންވުމުން ބޮޑުވަޒީރު އަބާދީ އެ ސިޓީއަށް ވަޑައިގެންފި

09 ޖުލައި 2017
މޫސަލް މިނިވަންވުމުން ބޮޑުވަޒީރު އަބާދީ އެ ސިޓީއަށް ވަޑައިގެންފި
01 ޖުލައި 2017

ސަރަހައްދީ އިމުގައި ޗައިނާ އިން ހަދަން އުޅޭ މަގެއްގެ މައްސަލައިގައި އިންޑިއާމ ބޫޓާން ރުޅި ގަދަވެއްޖެ

01 ޖުލައި 2017
ސަރަހައްދީ އިމުގައި ޗައިނާ އިން ހަދަން އުޅޭ މަގެއްގެ މައްސަލައިގައި އިންޑިއާމ ބޫޓާން ރުޅި ގަދަވެއްޖެ
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު