Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފިލިޕީންސްގައި ހޫނު ގަދަވުން

ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

ފިލިޕީންސްގައި އިހްސާސްކުރެވޭ ހޫނުމިންވަރު އިއްޔެ ވަނީ 42 ޑިގްރީ ސެލިސިއަސްއަށް އަރައިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2024 | ބުދަ 08:56
ފިލިޕީންސްގައި ހޫނު ގަދަވެގެން ސްކޫލްތަކުގައި ކިޔަވައިދިނުން ވަނީ ހުއްޓައިލައިފައި

ފިލިޕީންސްގައި ހޫނު ގަދަވެގެން ސްކޫލްތަކުގައި ކިޔަވައިދިނުން ވަނީ ހުއްޓައިލައިފައި

ޕިލިޕީންސްގައި އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ވެރިރަށް މެނީލާގެ 10 ވަރަކަށް ސްކޫލް ހިމެނޭހެން އެތައް ސަތޭކަ ސްކޫލެއްގައި ކިޔަވައިދިނުން މެދުކަނޑާލައިފިއެވެ.

ހޫނު ގަދަވެގެން ބަންދުކޮށްފައި ވަނީ މެނީލާގެ އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާ ކުއެންޒޯންގެ ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލްތަކެވެ. އެހެން ސަރަހައްދުތަކުގެ ސްކޫލްތަކަށް ރިޕޯޓު ލާނިންއަށް ބަދަލުކުރުމުގެ އިހްތިޔާރު ދީފައިވާ ކަމަށް އޮފިޝަލުން ހާމަކުރެއެވެ. މެނީލާގެ ބައެއް ސްކޫލްތަކުން ވަނީ ސްކޫލްގައި ކުދިން ހޭދަކުރާ ވަގުތު މަދުކޮށްފައެވެ.

ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނައޯގެ ބައެއް ސަރަހައްދުތަކުގެ ސްކޫލްތައްވެސް ވަނީ ސްކޫލްގައި ކިޔަވައިދޭ ގަޑިތައް ކުރުކޮށްފައެވެ.

ފިލިޕީންސްގައި އިހްސާސްކުރެވޭ ހޫނުމިންވަރު އިއްޔެ ވަނީ 42 ޑިގްރީ ސެލިސިއަސްއަށް އަރައިފައެވެ. އެ މިންވަރު މިއަދު 43 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންގާރަ ދުވަހު އަސްލު ރެކޯޑުކޮށްފައިވާ ހޫނު މިނަކީ 32 ޑިގްރީ ސެލްސިއަސްއެވެ.

ސާޅީސް ދެ ޑިގްރީ ސެލްސިއަސް އާއި 51 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައި ހޫނުމިން މަތިވާނަމަ، ބޮލުގައި ރިއްސުމާއި ވަރުބަލިވުން ފަދަ ކަންކަން މެދުވެރިވެ ހޫނުވުމުގެ ސަބަބުން ސްޓްރޯކެއް ޖެހުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.

ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ހީޓް އިންޑެކްސް 41 ޑިގްރީ ސެލްސިއަސް (106 ޑިގްރީ ފެރަންހައިޓްސް) އަށް ވުރެ މައްޗަށް ދިއުމާ ގުޅިގެން މެނީލާ އިން ވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހާ ހަމައަށް ސަރުކާރު އަދި ޕްރައިވެޓް ސްކޫލްތައް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައެވެ.

ކްލާސް ސަސްޕެންޝަންތައް ތަންފީޒު ކުރުމުގައި ޕަމްޕަންގާ، ބުލަކަން އަދި ކެވިޓް ފަދަ އެހެން ސަރަޙައްދުތައް ވެސް އެގޮތަށް އަމަލުކުރިއެވެ.

ހޫނުގަދަވުމުގެ ސަބަބުން ކަރަންޓް ގްރިޑްތައް ހަލާކުވެ، ފެނުގެ ދަތިކަން ކުރިމަތިވެ، ހީޓް ސްޓްރޯކް ފަދަ ސިއްހީ ނުރައްކާތައް ވަނީ ބޮޑުވެފައެވެ.

މި މޫސުމަކީ ޓްރޮޕިކަލް އާކިޕެލަގޯ ގައުމަށް އާދަޔާ ހިލާފު މޫސުމެއް ނަމަވެސް ތަޖުރިބާކާރުން ބުނަނީ މި އަހަރުގެ ހޫނު ގަދަވުމަކީ ފާއިތުވި 60 އަހަރުގެ ތެރޭގައި ހޫނު އެންމެ ގަދަވި ފަހަރު ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފިލިޕީންސާއި ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ދަނީ އިތުރުވަމުންނެވެ.

ފިލިޕީންސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ

ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ

03 ޑިސެމްބަރު 2023
ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ

ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ

26 ސެޕްޓެމްބަރު 2022
ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ

ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ

31 ޖުލައި 2022
ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

27 ޖުލައި 2022
ފިލިޕީންސްގެ ޔުނިވަރސިޓީއެއްގައި ބަޑިޖަހައި 3 މީހުން މަރާލައިފި

ފިލިޕީންސްގެ ޔުނިވަރސިޓީއެއްގައި ބަޑިޖަހައި 3 މީހުން މަރާލައިފި

24 ޖުލައި 2022

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު