Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސް ހުޅުވާލުމަށް ކުރަމުންދާ މަސައްކަތް

ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ފެބްރުއަރީ މަހު ފިލިޕީންސް ހުޅުވާލަނީ

ވިސާއާ ނުލާ އެގައުމަށް އެތެރެވުމުގެ ހުއްދަލިބިފައިވާ 150 ގައުމެއްގެ ރައްޔިތުންނަށް އެގައުމު ހުޅުވާލާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޖެނުއަރީ 2022 | ހޮނިހިރު 02:49
ފިލިޕީންސް އަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއް

ފިލިޕީންސް އަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއް

ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ފިލިޕީންސް ހުޅުވާލުމަށް އެގައުމުން ނިންމައިފިއެވެ.

ކޮވިޑްގެ ޕެންޑަމިކްގެ ސަބަބުން އިނދަޖެހިފައިވާ އެގައުމުގެ ފަތުރުވެރިކަން ނަގާ ކޮޅަށް ޖެހުމަށް ފިލިޕީންސް ހުޅުވާލުމަށް އެންމެ ފުރަތަމަ މަސައްކަތްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. ނަމަވެސް އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން އެޕްލޭނަށް އަމަލުކުރުން ވަނީ ފަސްކޮށްފައެވެ.

ފިލިޕީންސް ސަރުކާރުން ބުނާގޮތުގައި ވިސާއާ ނުލާ އެގައުމަށް އެތެރެވުމުގެ ހުއްދަ ލިބިފައިވާ 150 ގައުމެއްގެ ރައްޔިތުންނަށް އެގައުމު ހުޅުވާލާނެއެވެ.

މީގެ އިތުރުން ފިލިޕީންސް ސަރުކާރުން ބުނާގޮތުގައި އެގައުމަށް އަންނަން ބޭނުންވާ އެގައުމުގެ ރައްޔިތުންނަށް ފެބްރުއަރީ 1ން ފެށިގެން ކަރަންޓީނުވުމަކާ ނުލާ އެގައުމަށް އެތެރެވެވޭނެއެވެ. އަދި ފެބްރުއަރީ 10ން ފެށިގެން އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެގައުމަށް އެތެރެވެވޭއިރު އެމީހުން ވާންޖެހޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ކޮވިޑް-19ގެ ނެގެޓިވް ޓެސްޓެއް ހިފައިގެން އަންނަ ބަޔަކަށެވެ.

ފިލިޕީންސް އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޖަޕާން، ދެކުނު ކޮރެއާ އަދި ޗައިނާއެވެ. އެގައުމަށް ފަތުރުވެރިން އައި ނިސްބަތް މިދިޔަ އަހަރު ވަނީ 83 އިންސައްތަ ދަށްވެފައެވެ.

ފިލިޕީންސް

އިތުރަށް ކިޔާލަން

03 އެޕްރީލު 2024

ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

03 އެޕްރީލު 2024
ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި
03 ޑިސެމްބަރު 2023

ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ

03 ޑިސެމްބަރު 2023
ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ
26 ސެޕްޓެމްބަރު 2022

ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ

26 ސެޕްޓެމްބަރު 2022
ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ
31 ޖުލައި 2022

ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ

31 ޖުލައި 2022
ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ
27 ޖުލައި 2022

ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

27 ޖުލައި 2022
ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު