Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިސްތަށިން ކުރެހުން އުފެއްދުން

ބޮލުގެ އިސްތަށި ބޭނުންކުރަނީ ކުރެހުން އުފައްދަން

ސެލޫނެއްގެ ބެލެހެއްޓުމުގެ އިތުރުން 8 މަސް އޭނާ ހޭދަކުރަނީ ކްރޫޒް ބޯޓެއްގައި ސީމަނެއްގެ ގޮތުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 މާރިޗު 2022 | ހުކުރު 12:10
ފިލިޕީންސްގެ ސެލޫނެއްގެ ވެރިޔާ އޭނާގެ ބޮލުގެ އިސްތަށި ބޭނުން ކުރަނީ ޕޯޓްރެއިޓް ހަދަން

ފިލިޕީންސްގެ ސެލޫނެއްގެ ވެރިޔާ އޭނާގެ ބޮލުގެ އިސްތަށި ބޭނުން ކުރަނީ ޕޯޓްރެއިޓް ހަދަން

ޖެސްޓޮނީ ގާރސިއާ އޭނާގެ ޓްރިމަރު ނަގައިގެން މަހަކު އެއްފަހަރު އެކި ގޮތްގޮތަށް އަމިއްލައަށް ބޯ ކޮށަނީ، އިސްތަށިގަނޑު ދިގުވެގެނެއް ނޫނެނެވެ. އޭނާ އެއްކުރަމުންދަނީ އޭނާގެ ޝައުގުވެރިކަން އެކަމަށް ހުސްވެފަައިވާ އާރޓްގެ މަސައްކަތަށް ސާމާނު އެއްކުރުމަށެވެ.

ހިމަ ބުރުހަކާއި، ރެސިން ބޭނުން ކޮށްގެން، ފިލިޕީންސްގެ ވެރިރަށް މެނީލާގައި ހުންނަ ސްޕްރިންކްސް ސެލޫންގެ ވެރިޔާ ޖެސްޓޮނީ އިސްތަށި ބޭނުންކޮށްގެން ހުދު ކެންވަސްއެއްގައި އޭނާގެ މަސައްކަތް ފަށައެވެ. އޭނާގެ މަސައްކަތަށް ދެގަޑި އިރާއި ފަސް ގަޑި އިރު ހޭދަވެއެވެ. މުޅި ކުރެހުން އެއްކޮށް ނިންމާލާއިރު ކޮންމެވެސް ލަވަކިޔުންތެރިއެއް ނުވަތަ އެކްޓަރެއްގެ ކުރެހުން އިސްތަށިން އޭނާ ހަދާލައެވެ.

އުމުރުން 32 އަހަރުގެ ޖެސްޓޮނީ އަކީ ސީމަނެކެވެ. އަހަރަކު 8 މަސް އޭނާ ހޭދަކުރަނީ ކަނޑުމަތީގައި ކްރޫޒް ބޯޓެއްގައެވެ. ކަނޑުމަތީގައި އުޅޭއިރު، އޭނާގެ މަސައްކަތަށް ބޭނުންވާ ކުލައާއި ކަރުދާސް ލިބުމަކީ އުނދަގޫ ކަމެކެވެ. ތަކެތި ލިބުމުގެ ދަތިކަމާއެކު އެންމެ ފަހުން 2021 ވަނަ އަހަރު އޭނާ ފެށީ އަމިއްލަ އިސްތަށި ބޭނުންކޮށްގެން މަންޒަރު ކުރެހުމަށެވެ. އެގޮތުން އޭނާގެ އަމިއްލަ ޕޯޓްރެއިޓް ހެދުމަށްފަހު ދެން އޭނާ ފެށީ ސެލެބްރިޓީންގެ ކުރެހުންތައް ހެދުމަށެވެ.

ސެލޫންގައި ހޭދަކުރާ ވަގުތަށްވުރެ ކަނޑުމަތީގައި ހޭދަކުރާ ވަގުތު ދިގުވުމާއެކު އޭނާގެ އަމިއްލަ އިސްތަށި ބޭނުން ކުރުން ނޫން ގޮތެއް ނޯވެއެވެ. އެކަމަށް އޭނާ ބޮލުގެ ދެފަރާތުން އިސްތަށި ކޮށުމަށްފަހު އެ ބޭނުން ކުރެއެވެ.

ޖެސްޓޮނީ ބުނީ އާރޓުގެ މަސައްކަތުގެ ތެރޭގައި އުޅެން ޖެހުމުން އޭނާގެ ސްޓްރެސް ކުޑަވާ ކަމަށާއި، އެކަމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވާ ކަމަށެވެ. އޭނާ ބުނީ ޑިޕްރެޝަނަށް ފަރުވާ ހޯދޭނެ ތަނެއް ނެތް ކަމަށާއި، އޭނާއަށް ފަރުވާއަކީ އާރޓުގެ މަސައްކަތް ކުރުން ކަމަށެވެ. އަދި އޭނާގެ މަސައްކަތް ވިއްކަން ބޭނުންވާ ކަމަށް ވެސް ޖެސްޓޮނީ ބުނެއެވެ.

ޖެސްޓޮނީ ގަރސިއާފިލިޕީންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

03 އެޕްރީލު 2024
ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ

ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ

03 ޑިސެމްބަރު 2023
ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ

ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ

26 ސެޕްޓެމްބަރު 2022
ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ

ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ

31 ޖުލައި 2022
ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

27 ޖުލައި 2022

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު