Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސް އަށް އެރި ތޫފާނު

ފިލިޕީންސް އަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 123ހަށް

މަރުވި މީހުންގެ ތެރެއިން 80އަށް ވުރެ ގިނަ މީހުންނަކީ ލޭޓޭ ޕްރޮވިންސްގެ ބޭބޭ ސަރަހައްދުގައި ދިރިއުޅެމުން އައި މީހުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 14 އެޕްރީލު 2022 | ބުރާސްފަތި 14:09
 ފިލިޕީންސްއަށް މެގީ އަރާފައި ވަނީ ގަޑިއަކު 65 ކިލޯމީޓަރުގެ ގަދަ ވަޔާ އެކު މިދިޔަ އާދީއްތަ ދުވަހު

ފިލިޕީންސްއަށް މެގީ އަރާފައި ވަނީ ގަޑިއަކު 65 ކިލޯމީޓަރުގެ ގަދަ ވަޔާ އެކު މިދިޔަ އާދީއްތަ ދުވަހު

ފިލިޕީންސް އަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 123ށް އަރާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ތޫފާނުގެ ސަބަބުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ފިލިޕީންސްގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ވައުދުވެފައިކަމަށް ރޮއިޓަރސް އިންވަނީ ރިޕޯޓުކޮށްފައެވެ. އަދި އެގައުމުގެ އަސްކަރިއްޔާގެ މަސައްކަތުން ހޯދި ހޯދުންތަކުން މި ކާރިސާގައި މަރުވި މީހުންގެ އަދަދު 123ށް އަރާފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މީގެ ތެރެއިން 80އަށް ވުރެ ގިނަ މީހުންނަކީ ބޭބޭ ސަރަހައްދުގައި ދިރިއުޅެމުން އައި މީހުން ކަމަށް އެގައުމުގެ ސަރުކާރާ ހަވާލީ ވަނީ ރިޕޯޓުކޮށްފައެވެ.

ފިލިޕީންސްއަށް އެރި ތޫފާން މެގީ އަކީ މިއަހަރު އެގައުމަށް އެރި ފުރަތަމަ ތޫފާނެވެ. މި ތޫފާނުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑާއިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވާއިރު، އެގައުމުގެ ސަރުކާރުގެ އެންމެ ފަހުގެ އަދަދުތައް ދައްކާގޮތުން 230ށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ގަޑިއަކު 65 ކިލޯމީޓަރުގެ ގަދަ ވަޔާ އެކު ފިލިޕީންސްއަށް މެގީ އަރާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިތޫފާނުގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް 162،000ށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އިވެކުއޭޝަން ސެންޓަރުތަކަށް ވަނީ ބަދަލުކުރެވިފައެވެ. މީގެ އިތުރުންވެސް އެހެން ތަންތަނަށް ދިރިއުޅުން ބަދަލުކުރި މީހުންގެ އަދަދު 41،000ށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލިޕީންސް

އިތުރަށް ކިޔާލަން

03 އެޕްރީލު 2024

ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި

03 އެޕްރީލު 2024
ހޫނުގެ ނުރައްކާ ބޮޑުވެ ފިލިޕީންސްގެ އެތައް ސަތޭކަ ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި
03 ޑިސެމްބަރު 2023

ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ

03 ޑިސެމްބަރު 2023
ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ
26 ސެޕްޓެމްބަރު 2022

ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ

26 ސެޕްޓެމްބަރު 2022
ފިލިޕީންސްއަށް އެރި ނޯރޫ ތޫފާނުގެ ސަބަބުން 5 މީހުން މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ
31 ޖުލައި 2022

ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ

31 ޖުލައި 2022
ފިލިޕީންސްގެ ކުރީގެ ރައީސް ފިޑޭލް ރާމޯސް އަވަހާރަވެއްޖެ
27 ޖުލައި 2022

ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

27 ޖުލައި 2022
ފިލީޕީންސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު