Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިިލިޕީންސަށް ބިންހެލުމެއް އައުން

ފިިލިޕީންސަށް އައި ބިންހެލުމެއްގައި އެކަކު މަރުވެ 4 މީހަކަށް އަނިޔާވެއްޖެ

3 ޑިސެމްބަރު 2023 | އާދީއްތަ 12:35

ފިިލިޕީންސަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނުނަމަވެސް ފަހުން ވަނީ ބާތިލުކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 3 ޑިސެމްބަރު 2023 | އާދީއްތަ 12:35
ފިލިޕީންސަށް ބިންހެލުން އައުމުން އާންމުން ގެތަކުން ނިކުމެ

ފިލިޕީންސަށް ބިންހެލުން އައުމުން އާންމުން ގެތަކުން ނިކުމެ

ފިލިޕީންސްގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ މިންޑަނާއޯއަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން މާބަނޑު އަންހެނަކު މަރުވެ، އިތުރު ބަޔަކަށް އަނިޔާ ލިބި، އަދި 9 މީހުން ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ.

ބިންހެލުމާ ގުޅިގެން ޑިފެންސް ސެކްރެޓަރީ ގިލްބަރޓް ޓިއޮޑޯރޯ ވިދާޅުވީ ބިންހެލުމުގެ ސަބަބުން 529 އާއިލާއަށް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ދައްކާގޮތުގައި ހޮނިހިރު ދުވަހުގެރޭ 10:37ގައި އައި މި ބިންހެލުން އައިސްފައި ވަނީ 7.6ގެ ބާރުމިނުގައެވެ. ބިންހެލުމަށްފަހު ހަޔަކަށްވުރެ ބާރުގަދަކޮށް އާފްޓަރ ޝޮކްތަކެއްވެސް އައިސްފައި ވެއެވެ.

ފިލިޕީންސަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރުވެސް ނެރެފައި ވެއެވެ. ނަމަވެސް ފަހުން ވަނީ އިންޒާރު ބާތިލުކޮށްފައެވެ.

އަލިފާން ފަރުބަދައާއި ބިންހެލުންފަދަ ކަންކަމާބެހޭ ފިލިޕީންސްގެ އިދާރާއިން ބުނެފައިވާގޮތުގައި، ބިންހެލުމުގެ ބާރު މިނަކީ 7.4 އެވެ. އަދި މަދުވެގެން 600އެއްހާ އާފްޓަރ ޝޮކް އައިސްފައި ވެއެވެ.

ފުރަތަމަ ބިންހެލުން އައުމާ ގުޅިގެން، އައްސޭރިފަށުގައި ދިރިއުޅޭ ފަރާތްތައް އުސް ހިސާބުތަކަށް ބަދަލުކޮށްފައި ވެއެވެ. ބިންހެލުން އައުމާއެކު ގިނަބަޔަކު ގެތަކުން ނިކުމެ، ހުސް ތަންތަނަށް ވަނީ ޖަމާވެފައެވެ. އަދި ހޮސްޕިޓަލްތަކުން ބަލިމީހުންވެސް ނެރެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެހެން ހިސާބެއްގައި ޑިޒާސްޓަރ ސެންޓަރަކަށް އެންމެން ޖަމާވެފައި ވެއެވެ.

ޑިޒާސްޓަރ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދީފައިވާގޮތުގައި ބިންހެލުމުގެ ސަބަބުން ތަންތަނަށް ގެއްލުން ލިބުނު ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ގެއްލުމެއް ލިބިފައިވޭތޯ އޮފިޝަލުން އަވަށްތައް ޗެކް ކުރަމުންދާކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.

މިންޑަނާއޯއަށް މީގެ ދެހަފުތާ ކުރިންވެސް 6.7ގެ ބާރު މިނުގައި ބިންހެލުމެއް އައިސް 9 މީހުން މަރުވެފައި ވެއެވެ. އަދި ޝޮޕިންގ މޯލެއްގެ ފަންގިފިލާ ވެއްޓިފައިވެއެވެ.  

ބިން ހެލުންފިލިޕީންސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
10 އޮކްޓޯބަރު 2025

ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި

10 އޮކްޓޯބަރު 2025
ފިލިޕީންސް އަށް 7.6 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
17 ޑިސެމްބަރު 2024

ވަނުއާޓޫ އަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ

17 ޑިސެމްބަރު 2024
ވަނުއާޓޫ އަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ
08 އެޕްރީލު 2024

ޖަޕާނަށް 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް، އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ!

08 އެޕްރީލު 2024
ޖަޕާނަށް 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް، އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ!
06 އެޕްރީލު 2024

ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ

06 އެޕްރީލު 2024
ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ
05 އެޕްރީލު 2024

ބިންހެލުމުގައި ގެއްލުން ލިބުނު ޓައިވާނަށް ޖަޕާނުން އެއް މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި

05 އެޕްރީލު 2024
ބިންހެލުމުގައި ގެއްލުން ލިބުނު ޓައިވާނަށް ޖަޕާނުން އެއް މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި
04 އެޕްރީލު 2024

ޓައިވާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9 އަށް އަރައިފި

04 އެޕްރީލު 2024
ޓައިވާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް