Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ކެންސޭލޯގެ ނުރުހުން ސިޓީ އަށް!

ކަންސޭލޯ ބުނީ، އޭނާއާ ގުޅުވައި ސިޓީގައި ދައްކަމުން އަންނަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2024 | ހޯމަ 00:39
ބާސެލޯނާ އަށް ކުޅެމުން އަންނަ ކަންސޭލޯ

ބާސެލޯނާ އަށް ކުޅެމުން އަންނަ ކަންސޭލޯ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޔާއޯ ކަންސޭލޯގެ ނުރުހުން، މެންޗެސްޓަރ ސިޓީ އަށް އަމާޒު ކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ކުޅެމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ އަހަރު އޭނާ ބާސެލޯނާ އަށް ބަދަލުވީ، އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، ބާސެލޯނާ އިން ބޭނުން ވަނީ އޭނާ އެ ކުލަބުގައި ބަހައްޓަން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ސިޓީގައި ހުރުމަށްފަހު ބާސެލޯނާ އަށް ބަދަލުވި ކަންސޭލޯއާ ގުޅޭ ގޮތުން އެކި ވާހަކަތައް ވަނީ ފެތުރިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަންސޭލޯ ބުނީ، އޭނާއާ ގުޅުވައި ސިޓީގައި ދައްކަމުން އަންނަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ އަކީ ސިޓީގެ އެހެން ކުޅުންތެރިންނަށް ގޯސް މީހެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ކަންސޭލޯ ބުނީ، އޭނާގެ ގެއިން ވައްކަން ކުރި ދުވަސް ނޫން، ޖެހިގެން އައި ދުވަހު ވެސް އޭނާ ދިޔައީ ސިޓީ އާއެކު އާސެނަލާ ދެކޮޅަށް ކުޅެން ކަމަށެވެ. އެ ބިރުވެރި ޙާލަތުގައި ވެސް އޭނާގެ އަންހެނުންނާއި ދަރިފުޅު ދޫކޮށް، ސިޓީއާއެކު ދާނީ ކިހާވަރެއްވީމަތޯ ކަންސޭލޯ ވަނީ ސުވާލު އުފައްދައިފަ އެވެ. ކަންސޭލޯ ފާހަގަ ކުރި ގޮތުގައި އެ ކަންކަަމަކީ ހަނދާނުން ވެސް ފޮހެލަން އުނދަގޫ ކަންތައްތަކެވެ.

މީގެ އިތުރުން އޭނާ ބުނީ، ސިޓީގައި އޭނާއާ ދެކޮޅަށް ވާހަކަތައް ދައްކަމުން އަންނަ ކަމަށާއި، އޭނާއާމެދު ޝުކުރުވެރިވުމެއް ނެތް ކަމަށެވެ. އެކަން ފާހަގަކޮށް ކަންސޭލޯ ބުނީ އޭނާ އަކީ ސިޓީ އަށް މުހިންމު ކުޅުންތެރިޔަކަށްވި ކަމަށާއި، އޭނާގެ ފަރާތުން ސިޓީ އަށް ގިނަ ޚިދުމަތްތަކެއް ވެސް ކޮށްދެވުނު ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކަންސޭލޯ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 32 މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އިސްކަން ދެމުން އަންނަ ކުޅުންތެރިޔެކެވެ. އަނެއްކޮޅުން ބާސެލޯނާގެ އިސްވެރިން ވެސް ބޭނުން ވަނީ އޭނާ އެ ކުލަބުގައި ބަހައްޓާށެވެ.

މެންޗެސްޓަރ ސިޓީބާސެލޯނާކަންސޭލޯ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު