Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދވެހި ފިރިހެނެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 މާރިޗު 2024 | ހުކުރު 19:14
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި

ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދވެހި ފިރިހެނެކެވެ. މި މައްސަލައަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުކުރެވޭ މައްސަލައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ މީހާގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ. އަދި 24 އަހަރުގެ މީހާގެ ބަންދަށް ދީފައިވަނީ 5 ދުވަހެވެ. އެ ދެމީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމާއި، ތަހުގީގު ބަޔާނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްސަލަ ހަވާލުކުރާ ލިޔުުން ހުށަހަޅާފައިވާ ކަމަށެވެ.

އަދި އޭނާ ބަންދުކުރުން ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނޫގެ ދަށުން މުޖްތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށާއި، ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ހިމެނޭ ކަންކަން ފުރިހަމަވާ ކަމަށް ބެލެވޭކަމަށް އަމުރުގައި ބުނެފައިވެއެވެ.

ހައްޔަރުކޮށްފައިވާ 2 މީހުންނަކީ ވެސް ހައްޔަރު ބަންދުގެ ރެކޯޑެއް ނެތް މީހުންނެވެ. ނަމަވެސް 27 އަހަރުގެ މީހާގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ އިރު، މަސްތުވާތަކެތި ހުރި ޕެކޭޖާއި ލޮޖިސްޓިކް ޕްރޯއާއި ގުޅުމެއް އޮތްކަމަށް ބެލެވޭ އިރު، ލޮޖެކްޓިކް ޕްރޯ އާއި އޭނާއާއި ގުޅުމެއް އޮތްކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ. އަދި އެ ޕެކޭޖަކީ އޭނާގެ އެއްޗެއް ކަމަށް މި މައްސަލައިގައި ހިމެނޭ 24 އަހަރުގެ މީހާ ބުނެފައިވެއެވެ.

އަދި 24 އަހަރުގެ މީހާ އެހެން ބުނެފައިވީނަމަވެސް، ޕެކޭޖާއި ހަވާލުވުމުގެ ކަންކަން ކޮށްފައިވަނީ އޭނާކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި ހުޓުވުނު އިރު ޕެކޭޖް އޮތީ އޭނާގެ އަތުގައި ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ ވަކީލުންނާ ބައްދަލުކުރެވޭ ގޮތް ވެފައި ނުވާތީ ކުރުމުއްދަތެއް ދިނުމަށް ވަކީލު އެދިފައިވެއެވެ. އަދި 5 ދުވަސް 24 އަހަރުގެ މީހާއަށް ދީފައިވަނީ އެހެންވެއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

27 ޑިސެމްބަރު 2025
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

26 ޑިސެމްބަރު 2025
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ރާއްޖެ އެތެރެކުރި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު