Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް ވިޔަފާރި

މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

ފުލުހުން ބުނެފައިވަނީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 30 އެކްޓިވް ތަނެއް ހުރި ކަމަށާއި، ޖެނުއަރީ މަހުން މިމަހުގެ 20 ނިޔަލަށް 11 ތަނެއް ބަންދުކޮށް، 997 މީހުން ހައްޔަރުކޮށްފައިވާ ކަމަށް. މީގެތެރެއިން 137 ބިދޭސީން ޑިޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށް، 301 މީހަކު އެންޑީއޭގެ ރިމާންޑަށް ފޮނުވާފައިވޭ. މި މުއްދަތުގައި 498.99 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވާއިރު، އޭގެ މަގުމަތީ އަގު 975 މިލިއަން ރުފިޔާ އަށްވުރެ ބޮޑު.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 09:01
314 ކިލޯގެ މަސްތުވާތަކެތި ނައްތާލަނީ- ފައިލް ފޮޓޯ

314 ކިލޯގެ މަސްތުވާތަކެތި ނައްތާލަނީ- ފައިލް ފޮޓޯ

ވިޔަފާރި އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 11 ތަނެއް ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ބުދަ ދުވަހު ފުލުުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސްމަންޓުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖުމްލަ 50 ތަނެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، މާލޭގައި  އެފަދަ ވިޔަފާރިކުރާ އެކްޓިވް 30 ތަނެއް އެބަހުރި ކަމަށެވެ. އަދި 1 ޖެނުއަރީ 2025 އިން މިމަހުގެ 20ގެ ނިޔަލަށް ކެފޭގެ ގޮތުގައި މަސްތުވާތަކެތި ވިއްކާ 11 ތަނެއް ބަންދު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މަސްތުވާތަކެއްޗާއި ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ފާތިހު ވިދާޅުވީ މިމަހުގެ 20 ގެ ނިޔަލަށް 997 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ހިމެނޭ 137 ބިދޭސީން ޑިޕޯޓު ކުރުމަށް އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުުން އެކި އޮޕަރޭޝަންތަކުގައި 498.99 ކިލޯގެ މަސްތުވާތަކެއްޗާއި 6،860 ފުޅި ނުވަތަ ދަޅުގެ ބަނގުރާ އަތުލައިގަނެވިފައިވާ ކަމަށް ފާތިހު ވިދާޅުވި އެވެ. މީގެ މަގުމަތީ އަގު 975 މިލިއަން ދިވެހި ރުފިޔާ އަށްވުރެ ގިނަ ކަމަށް ފާތިހު ވިދާޅުވި އެވެ. 

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ޓްރެފިކިންގެ މިންގަނޑުގެ ތެރެއަށް ފެތޭ މީހުންނަށް އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން ހިމެނޭހެން އަޅުގަނޑުމެން ހިންގާފައި ހުރި އިންސްޓްރަކްޝަންތައް. އޭގެތެރޭގައި 16024 މީހަކާއި އަޅުގަނޑުމެން އެންގޭޖްވެ އޭގެ ތެރެއިން 997 މީހަކު ވާނީ 2025 ވަނަ އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވިފައި. 188 ޑްރަގް އޮފަރޭޝަނެއް ކުރިއަށް ގެންދެވިފައިވާނެ. އޭގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ ބޭރުގެ ފަރާތްތައް ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް އޭގެ އިތުރުން ގަވާއިދުގެ ތެރޭގައި ތިއްބަސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވޭ ފަރާތެއް ވެއްޖެއްޔާގެ އޭގެތެރެއިން 137 މީހަކު ވާނީ  އިމިގްރޭޝަން އާ ހަވާލުކޮށްފައި.
ޑްރަގް އެންފޯސްމަންޓުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު

ފާތިހު ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 20 ނިޔަލަށް  ޑްރަގް ކޯޓު މެދުވެރިކޮށް 301 މީހަކު އެންޑީއޭގެ ރިމާންޑަށް ފޮނުވާފައިވާ ކަމަށެވެ. 

މީގެއިތުރުން ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ވެސް ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްދިވެހި ފުލުހުންމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

20 ޑިސެމްބަރު 2025
މަނާކުރި ފަހުން މިހާތަނަށް 73000 އަށް ވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި

މަނާކުރި ފަހުން މިހާތަނަށް 73000 އަށް ވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި

19 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

18 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު