Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ވިޔަފާރިވެރިން ހޯދުން

ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރަނީ

ބޭރު ގައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 3 ދިވެހިން ގެނައުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު، ބައެއް މީހުން ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ހުއްޓުވާފައިވޭ. ރެޑް ނޯޓިސް ނެރުމަށްފަހު މީހުން ގެނައުމަކީ ބޮޑު މަސައްކަތެއް ކަމަށާއި، ތައިލޭންޑާއި މެލޭޝިޔާގައި އެފަދަ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރާކަން ފާހަގަކުރެވިފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޑިސެމްބަރު 2025 | ބުދަ 10:10
ބުދަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުދަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

 ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރަމުންދާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފި އެވެ. 

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޗީފް ސުޕްރިންޓެންޑެންޓު އަހުމަދު ނާއިފް ވިދާޅުވީ ބޭރު ގައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތިން ދިވެއްސަކު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ބަޔަކު ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.

ނަމަވެސް މިއަހަރުގެ މިހާތަނަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރިގެން އެއްވެސް މީހަކު ގެނެސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާއިފް ވިދާޅުވީ ރެޑް ނޯޓިސް ނެރުމަށްފަހު މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ރާއްޖެ ގެނައުމަކީ ބޮޑު މަސައްކަތެއް ކަމަށާއި، ކޯޓު މަރުހަލާ ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެންނަށް މިވަގުތު ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ 3 ދިވެއްސެއް ކަންކަން އަޅުގަނޑުމެން ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާ ކުރެވިގެން އެ މަސައްކަތް ކުރެވެމުން ދަނީ. ޚާއްސަކޮށް ތިބޭފުޅުންނަށް ވެސް ފެނިލައްވާނެ ބައެއް ފަރާތްތަކުން ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅެގެން  އެކަންކަން ވެސް އަޅުގަނޑުމެން ވާނީ މިމުއްދަތުގެ ތެރޭގައި ހުއްޓުވާފައި. ހަމައެއާއެކު ރާއްޖެއިން ބޭރުގެ ގައުމުތަކަށް ގެރެންޓާއިން ގޮތުގައި މީހުން ދިއުމާއި އެފަރާތްތައް ރަހީނު ކުރުމާއި މިހެން ހިނގާފައި ހުރި ކަންތައްތައް ވެސް އަޅުގަނޑުމެން އަވައްޓެރި ގައުމުތަކުގެ  އެހީތެރިކަމާ އެއްބާރުލުން ހޯދައިގެން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ  އެހީ ހޯދައިގެން އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން މިދަނީ
ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޗީފް ސުޕްރިންޓެންޑެންޓު އަހުމަދު ނާއިފް

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމާއި، މިފަދަ މައްސަލާގައި ހިމެނޭ މީހުން ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ލިބޭކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވީ ތައިލޭންޑާއި މެލޭޝިޔާގައި އެފަދަ މީހުން ތިބެ މި ވިޔަފާރި ފުޅާކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މަސްތުވާތަކެތިޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްދިވެހި ފުލުހުން

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2025

މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ

24 ޑިސެމްބަރު 2025
މާލޭގައި މަސްތުވާތަކެތި ވިއްކާ 11 ކެފޭ ބަންދުކޮށް، އޮޕަރޭޝަން އިތުރަށް ފުޅާ ކުރަނީ
21 ޑިސެމްބަރު 2025

މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި

21 ޑިސެމްބަރު 2025
މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
20 ޑިސެމްބަރު 2025

ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި

20 ޑިސެމްބަރު 2025
ދޮޅުލައްކަ ރުފިޔާ ގެ އިންޖީނެއް ވަގަށް ނަގައިގެން 1000 ރުފިޔާ އަށް ވިއްކާލާފައި ވަނިކޮށް ހޯދައިފި
19 ޑިސެމްބަރު 2025

މަނާކުރި ފަހުން މިހާތަނަށް 73000 އަށް ވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި

19 ޑިސެމްބަރު 2025
މަނާކުރި ފަހުން މިހާތަނަށް 73000 އަށް ވުރެ ގިނަ ވޭޕް ގެ ސާމާނު ހިފަހައްޓައިފި
18 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި

18 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ އަމުރަށް، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަން ފަށައިފި
16 ޑިސެމްބަރު 2025

ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި

16 ޑިސެމްބަރު 2025
ގަވާއިދާ ޚިލާފަށް މާލޭގައި ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ހުއްޓުވައި، 1 ތަނަކަށް ނޯޓިސް ދީފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
02 ޑިސެމްބަރު 2025

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު