Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެނދިކުޅުދޫ ކައުންސިލުގެ ބަޔާން

ކައުންސިލުގެ ބަޔާނަށް ދެއްވާނެ ރައްދެއް އޮތްތޯ ރައީސް އަރިހުގައި ދެންނެވިން، ރައީސް ވިދާޅުވީ އެފަދަ ކަމެއް ނުކުރައްވަމޭ: އެލްޖީއޭ

ދިދައަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭހެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ހުރުމަތްތެރިކޮށް ހިތަންޖެހޭނެކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 މާރިޗު 2024 | ހޯމަ 09:58
އެލްޖީއޭ

އެލްޖީއޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ރަށްތަކަށް ވަޑައިގެން، ސިޔާސީ ކެމްޕޭނު ކުރެއްވުން ކުށްވެރިކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ނުކުރި ނަމަވެސް އަޅާނެ އިތުރު ފިޔަވަޅެއް ނެތްކަމަށް އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޑރ. މަރްޔަމް ޒުލްފާ ވިދާޅުވެއްޖެއެވެ.

ޒުލްފާ ވިދާޅުވީ، އެކަމާ ގުޅިގެން އެ އިދާރާއިން އިތުރަށް އަޅާނެ ފިޔަވަޅެއް ނެތް ކަމަށެވެ. އެގޮތުން ކައުންސިލަކުން ބަޔާނެއް ނެރޭ ކޮންމެ ފަހަރަކު އެ ބަޔާނަކާ ގުޅިގެން އެލްޖީއޭއިން ވަގުތުތަކެއް ހުސް ނުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއީ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފާށް ނެރެފައިވާ ބަޔާނެއް ނަމަ، އެކަމަކާއި ގުޅިގެން ކައުންސިލުތަކަށް އެލްޖީއޭއިން ނަސޭޙަތްތެރިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒުލްފާ އިތުރަށް ވިދާޅުވީ، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން އަމާޒުވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ދިވެހި ހުރިހާ ރައްޔިތުންގެ ވޯޓުގެ އަޣުލަބިއްޔަތުން ހޮވިވަޑައިގަންނަވާ ބޭފުޅެއްކަން ފާހަގަ ކުރައްވައި ޒުލްފާ އިތުރަށް ވިދާޅުވީ، ދިދައަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭހެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށެވެ.

އެހެންކަމުން އެ ބަޔާން ރައްދުވާ ފަރާތުން އެލްޖީއޭއިން މައުލޫމާތު ސާފުކޮށްފައިވާނެކަމަށާއި، އެއީ ކައުންސިލުން ބުނެފައިވާ ގޮތަށް ހިނގާފައިވާ ކަމެއް ނޫންކަން ރައީސްގެ ފަރާތްފުޅުން ޔަޤީންކަން ދެއްވާފައިވާކަމަށް ޒުލްފާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ރަށްތަކަށް ވަޑައިގެން، ސިޔާސީ ކެމްޕޭނު ކުރެއްވުން ކުށްވެރިކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނުބަޔާނުންއަރައިގަތީ ރައީސްގެ ކަރާމާތަށް ކަމަށާއި، އެ ބަޔާން ބާތިލްކުރުމަށް އެލްޖީއޭ އިން އެ ކައުންސިލަށް ވަނީ އަންގާފައެވެ.

އެހެންނަމަވެސް ކައުންސިލުން ހޯމަ ދުވަހު ވަނީ އެ ބަޔާން ބާތިލު ކުރެވެން ނެތްކަމަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2017

މައުމޫނު ވަރުގަދަ ރައްދެއް އީސީ އަށް، ތިޔަ ބާއްވަން އުޅޭ ބައި އިލެކްޝަނެއް ނުބޭއްވޭނެ

09 ސެޕްޓެމްބަރު 2017
މައުމޫނު ވަރުގަދަ ރައްދެއް އީސީ އަށް، ތިޔަ ބާއްވަން އުޅޭ ބައި އިލެކްޝަނެއް ނުބޭއްވޭނެ
09 ޖުލައި 2017

މި މަހުގެ 24 ގެ ކުރިން މަސީހު އިސްތިއުފާ ދެއްވާނެ: އިބްރާހިމް ހަސަން

09 ޖުލައި 2017
މި މަހުގެ 24 ގެ ކުރިން މަސީހު އިސްތިއުފާ ދެއްވާނެ: އިބްރާހިމް ހަސަން
09 ޖުލައި 2017

ޔޫއެންގެ ސެކިއުރިޓީ ކައުންސިލުގެ މެމްބަރަކަށްވުމަށް ތާއިދު ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވައިފި

09 ޖުލައި 2017
ޔޫއެންގެ ސެކިއުރިޓީ ކައުންސިލުގެ މެމްބަރަކަށްވުމަށް ތާއިދު ދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވައިފި
14 މެއި 2017

ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި

14 މެއި 2017
ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި
13 މެއި 2017

އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް

13 މެއި 2017
އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް
05 މެއި 2017

ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

05 މެއި 2017
ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
01 އެޕްރީލު 2017

"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި

01 އެޕްރީލު 2017
"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު