Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ޓޮމް ގޮވާލެއްވީ އިހުމާލަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް

ފޮޓޯތަކުން ފެންނަނީ އެފްއޭއެމްގެ ހާލަތު އޮތް ގޮތްކަން ފާހަގަ ކުރައްވައި ޓޮމް ވިދާޅުވީ، ދެރައީ އަދި ވެސް އިންތިޚާބަކަށް އިއުލާން ކުރުމާއެކު ވާދަ ކުރަނީ އެ ޙާލަތަށް އެފްއޭއެމް ވައްޓާލި ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ ހިންގާ ކޮމެޓީގައި ތިބި ފަރާތްތައް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އޯގަސްޓު 2024 | ބުދަ 09:03
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް، އަޙުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ކުރައްވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ޓޮމް އެހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓާ އެކު ޓޮމް ވަނީ މިހާރު އެފްއޭއެމް އޮތް ޙާލަތު ފެންނަ މަންޒަރުތަކުގެ ފޮޓޯތައް ވެސް ޙިއްސާ ކުރައްވައިފަ އެވެ.

އެ ޕޯސްޓުގައި ޓޮމް ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ނޯމައިޒިން ކޮމެޓީގެ އެންމެހާ މެމްބަރުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި އެފްއޭއެމް ހިންގަން ތިބި ވެރިން ވެފައިވާ އިހުމާލުތައް ބަލާ ފިޔަވަޅު އެޅެންވާނެ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ އެފްއޭއެމްގެ ހާލަތު އޮތް ގޮތްކަން ފާހަގަ ކުރައްވައި ޓޮމް ވިދާޅުވީ، ދެރައީ އަދި ވެސް އިންތިޚާބަކަށް އިއުލާން ކުރުމާއެކު ވާދަ ކުރަނީ އެ ޙާލަތަށް އެފްއޭއެމް ވައްޓާލި ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ ހިންގާ ކޮމެޓީގައި ތިބި ފަރާތްތައް ކަމަށެވެ. އެކަމުގައި ހިތާމައިގެ ކޮޅެއް ނެތް ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެފްއޭއެމްގެ އިންތިޚާބު ބާއްވަން މަސައްކަތް ކުރި އެވެ. ދެ ފަހަރު ވެސް އިންތިޚާބުގައި ވާދަކުރައްވަން ޓޮމް ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. ދެ ވަނަ ފަހަރަށް އިއުލާން ކުރި އިންތިޚާބުގައި ޓޮމްގެ އިތުރުން ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ ބައްސާމް އެވެ. ނަމަވެސް ފީފާގެ އެންގުމަށް ވަނީ އެ އިންތިޚާބު މަޑު ޖައްސާލައިފަ އެވެ.

އެފަހުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖެ ނޯމަލައިޒް ކުރަން ނިންމައި، ފަސް މެމްބަރުންގެ ނޯމަލައިޒިން ކޮމެޓީއެއް ވެސް ނަގައިފަ އެވެ. އެ ކޮމެޓީގެ ޗެއާމަނަކަށް ހަމަޖެއްސީ ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު ޒުހޫރު އެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2020

ޖޯކު ޖެހި ވީޑިއޯއާ ގުޅިގެން އަލީއަށް ފިޔަވަޅު އަޅަން ނިންމައިފި

27 ފެބުރުއަރީ 2020
ޖޯކު ޖެހި ވީޑިއޯއާ ގުޅިގެން އަލީއަށް ފިޔަވަޅު އަޅަން ނިންމައިފި
09 ޑިސެމްބަރު 2019

ޑޯޕިންގ މައްސަލައިގައި ވާޑާއިން ރަޝިއާއަށް ފިޔަވަޅު އަޅައިފި، ބޮޑެތި މުބާރާތްތައް ނުކުޅެވޭނެ

09 ޑިސެމްބަރު 2019
ޑޯޕިންގ މައްސަލައިގައި ވާޑާއިން ރަޝިއާއަށް ފިޔަވަޅު އަޅައިފި، ބޮޑެތި މުބާރާތްތައް ނުކުޅެވޭނެ
16 އޮކްޓޯބަރު 2018

ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!

16 އޮކްޓޯބަރު 2018
ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!
28 އެޕްރީލު 2018

އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި

28 އެޕްރީލު 2018
އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި
12 އެޕްރީލު 2018

ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ

12 އެޕްރީލު 2018
ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު