Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސްގެ ޚަރަދުކުޑަކުރުމުގެ ސިޔާސަތު

ރައީސް ޑރ މުއިއްޒުގެ 'ޚަރަދު ކުޑަކުރުމުގެ ފޯމިއުލާ' މަތިން ހަނދުމަފުޅު ނެތުނީބާ؟

ރައީސްގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ސިޔާސަތުގެ މަތިން ސަރުކާރުން ހަނދާން ހުރި ކަމަކަށް ނުފެނެއެވެ. ތާކުންތާކު ނުޖެހޭ އެތައް ކަމެއްގައި ރަސްމިއްޔާތު ބާއްވާ، ފޮޓޯ ނަގާ އެ މަންޒަރުތައް ޕްރޮމޯޓް ކުރަމުން ދާއިރު ބޭކާރު ޚަރަދުތައް ސަރުކާރުން ކުރަމުންދާ މަންޒަރު ކޮންމެ ދުވަހަކު ދަނީ ފެންނަމުންނެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2024 | ބުދަ 01:25
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަދި ޚާއްސަކޮށް ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައި އެކަން ހާމަކުރެއްވީ 27 ޖޫން 2024 ގައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގމުތައް މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށެވެ.

އެގޮތުން ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، މިނިވަން ދުވަސް ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބާއްވައި ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އަދި މީގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުއްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސްގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމަކަށް ނިމުމެއް ނާދެއެވެ. ބޮޑެތި މުސާރަތަކަށް އަދިވެސް ދަނީ ސިޔާސީ ބޭފުޅުން އައްޔަން ކުރައްވަމުންނެވެ. އިގްތިސާދީ ހާލަތު ވަރަށް ނުރައްކާތެރި ފައްތަރެއްގައި އޮތް ކަމަށް މިސަރުކާރުގެ ބޭފުޅުން ވިދާޅުވި ނަމަވެސް ކޮންމެހެން ބޭނުންނުވާ މަގާމުތައް އުފައްދައިގެން އެމަގާމުތަކަށް ވެސް ބޭފުޅުން ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން 55،000 ރުފިޔާ އާއި 50،000 ރުފިޔާ މުސާރަ ލިބޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިންގ ޑިރެކްޓަރުން، އެކިއެކި މުއައްސަސާތަކަށް 40،000 ރުފިޔާއަށް ވުރެ މަތިން ސެކްރެޓަރީ ޖެނެރަލް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އާދައިގެ ވަަޒީފާތަކުން މުވައްޒަފުން ދަނީ ވަކިކުރަމުންނެވެ. އޮގަސްޓް މަހުގެ 15 ގެ ނިޔަލަށް ފެނަކަ ކޯޕްރޭޝަނުން އެކަނި ވެސް 700ށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. މިއީ ރައީސް މުއިއްޒުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތަށް ވެދާނެއެވެ.

މީގެ އިތުރުން ހަރަދު ކުޑަ ކުރުމަށް ހަފްލާތައް ނުބާއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ހަފްލާގައި އެކަނި ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް 1 ގަޑީއިރާ 15 މިނެޓް ހޭދަ ކުރެއްވިއެވެ.

ފާއިތުވާ ކޮންމެ ދުވަހަކީ އެތައް ރަސްމިއްޔާތުތަކެއްގެ މަންޒަރުތައް ފެންނަ ދުވަހެކެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިވެންޓްތަކެވެ. ފަސްޓްލޭޑީގެ އިވެންޓްތަކެވެ. ވަޒީރު ބޭފުޅުންނާ އެމްޑީންގެ އިވެންޓްތަކެވެ. ދިވެހި ރާއްޖެ މި ފަހުގެ ތާރީޚް ގައި ނުދެކޭފަދަ އިވެންޓްފުލް ސަރުކާރެކެވެ. ތާކުންތާކު ނުޖެހޭ ކަންކަމުގައި މިހާ ގިނަ ރަސްމިއްޔާތު ބާއްވާ ސަރުކާރެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮންނާނެ ކަމަކަށް ނުފެނެއެވެ. ކޯޓު ފަޓުލޫނު ކޮޅުގައި ދިދަޖެހި ކާރުކޮޅުގައި ވަޑައިގަންނަވާ މަންޒަރުތައް ދައްކާލައްވަން އެއް ވަޒީރަކަށް ވުރެ ކުރީގައި އަނެއް ވަޒީރަކު އުޅުއްވާހެންވެސް ބައެއް ފަހަރު ހީވެއެވެ. ޚަރަދުގެ މައްޗަށް ޚަރަދެވެ.

ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ އެކިއެކި ބޭފުޅުން ރާއްޖޭން ބޭރަށް ކުރައްވަމުންދާ ދަތުރުފުޅުތައް ވެސް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ވީ އިތުރެވެ. ވަޒީރަކު ދެ ވަޒީރަކު ނުވަތަ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ބޮޑެތި ވަފުދުތައް ރާއްޖޭން ބޭރުގައި ނެތް ހަފްތާއެއް ފާއިތުވެގެން ގޮސްފައެއް ނުވެއެވެ.

މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހުސްކޮށްލެއްވުމަށް ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް 24 ޖުލައި 2024 ގައި ފުރާވަޑައިގެންނެވިއެވެ. ރާއްޖެއަށް ވަޑައިގެންނެވީ 28 ޖުލައި 2024 ގައެވެ. އަދި "ރައްކާ" ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ހަފުލާގައި ބައިވެރިވެވަޑައިގެންނެވުމަށް ވެސް ނައިބު ރައީސްގެ އިތުރުން ސަރުކާރުގެ ވައުފެއް ވަޑައިގެންނެވިއެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ ފުލް ސްޕޮންސަރ ތަޖުރިބާ ދަތުރުތައް ކެންސަލް ކޮށް، މިހެން ގިނަ ބާއްވާ ގިނަ ރަސްމިއްޔާތުތަކާއި ހަފްލާތަކަށް ސިޔާސީ ބޭފުޅުން ވަޑައިގަންނަވާއިރު، މިއީ ރައީސް މުއިއްޒުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތަށް ހަމަ ވެދާނެއެވެ.

މިހިސާބުން ނިމުނީއެއް ނޫނެއެވެ. ސަރުކާރު ޕްރޮމޯޓް ކުރުމަށް ސަރުކާރުގެ މުއައްސަސާތަކުން ދަނީ އެކިއެކި މައުރަޒުތަކާ ހަފްލާތައް ބާއްވަމުންނެވެ. އަދި އަދި ބައެއް ސެންޓަރުތަކުގެ ނަން ބޯޑު ބަދަލުކޮށްލުމަށް ވެސް ހަފްލާތައް ދަނީ ބާއްވަމުންނެވެ. "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް ބަދަލުކޮށް އެކަން ވެސް ވަނީ ފާހަގަކޮށްފައެވެ. މިކަހަލަ އޮއްޓަރެއް ނެތް ގިނަ ކަންކަމަށް ސަރުކާރުން ހެސްކިޔާފައި ޚަރަދު ކުރަމުން، ރައްޔިތުން ގާތުގައި މި ބުނަނީ ގަރުދިޔަ އާއި ބަތާ ކައިގެން ޚަރަދު ތައް ކުޑަކުރާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު