Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ޓޮމްގެ ފޮޓޯތަކުން އެފްއޭއެމް: ބޮލަށްވެއްޓި، ސުންނާފަތިވެއްޖެ!

އެއް ފޮޓޯއިން ފެނުނީ އެފްއޭއެމުގެ މައި ޑިޕާޓްމަންޓް ކަމަށްވާ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ސީލިން ބޮލަށް ވެއްޓިފައިވާ ތަނެވެ. އެތެރޭގައި އެއްވެސް ފަރުނީޗަރެއް ނެތެވެ. އެއާ ކަންޑިޝަން އޮތީ ބިންމަތީގަ އެވެ. މުޅީ ތަނުގައި އޮތީ ކުންޏެވެ.

ރާއްޖެ އެމްވީ | 20 އޯގަސްޓު 2024 | އަންގާރަ 20:33
އެފްއޭއެމް ގޮނޑުވެ ބޮލަށް ވެއްޓިފައި

އެފްއޭއެމް ގޮނޑުވެ ބޮލަށް ވެއްޓިފައި

ފޭސްބުކް ހާވަނިކޮށް މިރޭ ކުއްލި ގޮތަކަށް އަޅައިގަތީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ދޫކޮށްލި ފުޓްބޯޅަ އެސޯސިއޭޝަންގެ ފޮޓޯތަކެކެވެ. އަށް އަހަރަށް ފަހު ރައީސް ކަމުން ވަކިވި، ބައްސާމް އަދީލް ޖަލީލާއި އޭނާގެ ޓީމުން ދިވެހި ފުޓްބޯޅަގެ މައި އިދާރާ ދޫކޮށްފައި ދިޔައިރު އެތަން އޮތް ނިކަމެތި ހާލަތު އެ ފޮޓޯތަކުން ވަރަށް ސާފުކޮށް ފެނުނެވެ.

އެއް ފޮޓޯއިން ފެނުނީ އެފްއޭއެމުގެ މައި ޑިޕާޓްމަންޓް ކަމަށްވާ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ސީލިން ބޮލަށް ވެއްޓިފައިވާ ތަނެވެ. އެތެރޭގައި އެއްވެސް ފަރުނީޗަރެއް ނެތެވެ. އެއާ ކަންޑިޝަން އޮތީ ބިންމަތީގަ އެވެ. މުޅި ތަނުގައި އޮތީ ކުންޏެވެ.

އަނެއް ފޮޓޯއިން ފެނުނީ އެފްއޭއެމުގެ ޓެކްނިކަލް ޑިޕާޓްމަންޓެވެ. އެތަނުގެ އޮތީ ހުސް ކުންޏެވެ. ފަނުރީޗަރުތަކާއި ގޮނޑިތައް ހަލާކުކޮށްފައި ހުރިއިރު ކޮމްޕިއުޓަރުތައް ހުރީ ރޫޅައި ހުސްތޮއްޓެވެ. ކަރަންޓް ކޭބަލްތައް ބުރިކޮށް މުޅި ތަނުގައި އޮތީ ބުރިބުރިކޮށްފައިވާ ވައިރުތަކުން ހުސް ކުންޏެވެ.

ތިން ވަނަ ފޮޓޯއިން ފެންނަނީ ދެ ވަނަ ފަންގިފިލާގައިވާ އެފްްއޭއެމްގެ ރައީސްގެ ކޮޓަރިކޮޅެވެ. އެތަނުގެ މޭޒުމަތީގައި ހުރީ ސިނގިރޭޓް ފިލްޓަރާއި ސިނގިރޭޓް ފޮށިތަކެކެވެ. އަޅިކަނޑައި މުޅި މޭޒު ހަޑިކޮށްފައިވާއިރު އަހްލާގީ މިންގަނޑާ ހިލާފު ކަންކަންކޮށްފައިވާ ކަމުގެ ނިޝާންތައް ވެސް ފޮޓޯއިން ފެނުނެވެ.

ހަތަރު ވަނަ ފޮޓޯއިން ފެންނަނީ އެފްއޭއެމުގެ ފައިނޭންސް ޑިޕާޓްމަންޓެވެ. އެތަނުގެ ހުރިހާ ފަރުނީޗަރުތައް ހަލާކުކޮށްފައިވާއިރު ކަރަންޓް ދިނުމަށް ބޭނުންކުރާ ޑީ ބޯޑުތައް ވެސް ހުރީ ލުހެފަ އެވެ. މުޅި ތަނުގައި އޮތީ ގައުމީ ޓީމުތަކުގެ ޖާޒީ އާއި ސޯޓާއި ހުސް ފޮށި ފަދަ ތަކެއްޗެވެ. މިތަނުގެ އެތެރޭގައިވާ އެއް ކަބަޑުގައި ކޮންމެވެސް ވަރަކަށް ބޮކްސް ފައިލްތަކެއް ހުއްޓެވެ. ބޮޑަށް ބެލެވެނީ އެއީ އެފްއޭއެމުގެ ބައެއް ލިޔެކިއުންތައް ކަމެވެ.

ފަސް ވަނަ ފޮޓޯއިން ފެންނަނީ ދެ ވަނަ ފަންގިފިލާގައި އެފްއޭއެމުގެ ޖިމް ހިންގި ބައެވެ. ފަހުން މިތަން ބޭނުންކޮށްފައިވަނީ ޖާޒީ އާއި އެނޫން ވެސް މުދާ ރައްކާކުރުމަށެވެ. އެކަމަކު ފޮޓޯއިން ފެންނަނީ ޖާޒީތަކާއި ސޯޓްތައް ވެސް ބިންމައްޗަށް އުކާލާފައިވާތަނެވެ. ގައުމީ ޓީމުގެ ކިޓް ތައްޔާރުކޮށްދޭ ސްޕޭނުގެ ޖޯމާގެ ލޭބަލްޖެހި ނުކަނޑާ ހުރި ފޮށިތަކެއް ވެސް ހުއްޓެވެ. ބޮޑަށް ބެލެވެނީ އެއީ ވެސް ޖާޒީ އަޅައި ބަންދުކޮށްފައިވާ ފޮށިތަކެއް ކަމެވެ.

ހަ ވަނަ ފޮޓޯއިން ފެނުނީ އެފްއޭއެމުގެ ބައެއް މުބާރާތްތަކުގެ މެޑަލްތައް ދައްކުވައިދޭ ފޮޓޯ ފްރޭމެކެވެ. އެ ފްރޭމް ހަލާކުކޮށް މެޑަލްތައް ނަގާފައިވާއިރު ފެންނަން އޮތީ ހުސްތޮއްޓެވެ. އޭގައި ޖަހާފައި އޮތް ލޭބަލްގައިވާ ގޮތުން އެއީ 2017 ވަނަ އަހަރު އެފްއޭއެމުން ބޭއްވި އަދި އެސްޓީއޯއިން ސްޕޮންސާކޮށްފައިވާ މުބާރާތްތަކުގައި ދިން މެޑަލްތައް ދައްކުވައިދޭ ފްރޭމެކެވެ.

ހަތް ވަނަ އަދި އެންމެ ފަހު ފޮޓޯއިން ފެންނަނީ އެފްއޭއެމުގެ ބޭރެވެ. އެތެރެއަށް ވަނުމަށް ބޭނުންކުރާ ހަނި ގޯޅި އެވެ. އެތަން ވެސް އޮތީ ކުނި އަޅައި ފުރާފަ އެވެ. ފެންނަން ހުރީ އެފްއޭއެމުގައި ހަރުކޮށްފައިވާ އޭސީ އާއި އަގުބޮޑު މުދާތައް ހަލާކޮށް އޭގެ ބައެއް ބައިތަކެވެ.

ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ އިދާރާގެ ހާލަތު މި ހިސާބަށް ދިޔައިރު ސަރުކާރުންނާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ ވެސް ތިބީ ނުފެންނަ ކަމަށް ހަދައިގެންނެވެ. ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާއިން ރާއްޖޭގެ އެފްއޭއެމުގެ ރައީސް ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑްކުރީ ފައިސާ އަށް ހިޔާނާތްވުމުގެ ތުހުމަތުގަ އެވެ. އަދި އެފްއޭއެމް އެއް އަހަރު ދުވަހަށް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން ނިންމީ އިދާރީ ގޮތުންނާއި ފައިސާގެ އެތައް މައްސަލަތަކެއް ފެންމަތިވުމުންނެވެ. މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ފައިސާ އަށް މަކަރު ހެދުމާއި މަނީ ލޯންޑަރިންގެ މައްސަލަތައް އެފްއޭއެމްގެ ވެރިންގެ މައްޗަށް ވަނީ އުފުލާފަ އެވެ.

އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާގޮތުގައި ވަގުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ހާއްޔަކަށް އެފްއެއެމް އިމާރާތް ވެފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެތަނުގެ މުދާ ވަގަށް ނަގައި، މުޅިތަން ސުންނާފަތިވެގެންދިޔައިރު ކިރިޔާ ވެސް ބަލަހައްޓާފައި އޮތީ ބައްސާމް އިންނަ ކޮޓަރިކޮޅު އެކަންޏެވެ. ކަރަންޓާއި ފެން ލިބެނީ ވެސް އެތަނަށް އެކަންޏެވެ. މި ފަހަރުން އެފްއޭއެމުގެ އިމާރާތުގައި މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ގޮތެއް ނެތެވެ. މިހެންވެ މުވައްޒަފުން ތިބީ ގަލޮޅު ބޯޅަދަނޑުގަ އެވެ. ބައްސާމްގެ ދައުރު ޖުލައި 2ގައި ހަމަވި ފަހުން އިމާރާތް އެއްކޮށް ހުރީ ފަޅަށެވެ.

ބައްސާމާ ވާދަކުރަން ނުކުމެ އެފްއޭއެމުގެ މައްސަލަތައް ފީފާއާ ހަމައަށް ގެންދިޔަ އެ އިދާރާގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް ބުނެފައިވަނީ މިހެންނެވެ.

ޓޮމް ނުބުންޏަސް މިއޮތީ ފެންނާށެވެ. މިއީ އިހުމާލުގެ ލާމަސީލު މިސާލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

08 މާރިޗު 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު