Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވެލިން ޓެކްސް ނެގުން

މޫދުން ނަގާ ވެއްޔަށް ސަރުކާރުން ފީ ނަގަނީ

ސަރުކާރުގެ ވިސްނުމަކީ މޫދުން ނަގާ ކޮންމެ ކޮޑި މީޓަރުގެ ވެއްޔަށް 1 ޑޮލަރާ 5 ޑޮލަރާ ދެމެދުގެ ފީ އެއް ނެގުން ކަމަށް މަޝްވަރާ ތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.

ވިސްނުމަކީ މޫދުން ނަގާ ކޮންމެ ކޮޑި މީޓަރުގެ ވެއްޔަށް 1 ޑޮލަރާ 5 ޑޮލަރާ ދެމެދުގެ ފީ އެއް ނެގުން

ރާއްޖެ އެމްވީ | 21 އޯގަސްޓު 2024 | ބުދަ 18:56
ރާއްޖޭގެ ރަށެއްގެ ފަޅު ތެރެއިން ހައިމާކަކުން ވެލި ނަގަނީ - ސަރުކާރުން ވިސްނަނީ މޫދުން ނަގާ ވެއްޔަށް ފީ އެއް ތައާރުފް ކުރުމަށް

ރާއްޖޭގެ ރަށެއްގެ ފަޅު ތެރެއިން ހައިމާކަކުން ވެލި ނަގަނީ - ސަރުކާރުން ވިސްނަނީ މޫދުން ނަގާ ވެއްޔަށް ފީ އެއް ތައާރުފް ކުރުމަށް

މޫދުން ނަގާ ވެއްޔަށް ސަރުކާރުން ފީ ނެގުމަށް މަޝްވަރާތައް ފަށައިފިއެވެ.

މަޝްވަރާ ތަކާ ބެހޭ ގޮތުން މި ނޫހަށް މައުލޫމާތު ދިން އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތު ކޮށް ބުނީ، އެކި ދާއިރާ ތަކާ އެކު މިހާރުވެސް މި ކަމުގައި މަޝްވަރާ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ މޫދުން ނަގާ ކޮންމެ ކޮޑި މީޓަރުގެ ވެއްޔަށް 1 ޑޮލަރާ 5 ޑޮލަރާ ދެމެދުގެ ފީ އެއް ނެގުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވެލި ނެގުމަކީ ހުއްދަ ނަގައިގެން ކަނޑައަޅާ ސަރަހައްދު ތަކަކަުން ސަރުކާރަށް ފީ އެއް ދައްކަން ނުޖެހި ރަށްރަށުގައި ދިރިއުޅެން ކުރާ މަސައްކަތެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ކުރެވިފައިވާ މަޝްވަރާ ތަކުން އަމިއްލަ ކޮންޓްރެކްޓަރުންގެ ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބިންހިއްކުމާއި ގޮނޑު ދޮށް ހިމާޔަތް ކުރުމާއި އިމާރާތް ކުރުމުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަން އެ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ މަޝްރޫއުތަކަށް މި ފީ ހިނގާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މިހާރުވެސް އެ ސުވާލު ޕްރައިވެޓް ކޮންޓްރެކްޓަރުން ކުރާ ކަމަށާއި އެކަމުގައި ވަކި ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ރަނގަޅު ކޮށް ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުގެ ވެރިންގެ ފެންވަރުގައި ދައްކަވާފައިވާ ތަފާތު ވާހަކަތައް މިހާތަނަށް ވަނީ އާންމުކޮށްފައެވެ. އެގޮތުން މޫދު ލޮނުން ފުއް ލޮނު އުފެއްދުމާއި އާއި އިމާރާތްތައް ސާފު ކުރުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި ވެމްކޯ އިން ފަށާ ވާހަކަ އާއި ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުގެ ވާހަކަ ތައް ވެސް ވަނީ ދެކެވިފައެވެ. އާމްދަނީ ހޯދަން ރާއްޖޭގައި މަނާ ކޮށްފައި އޮތް ލޭނު އެޅުމާއި މިޔަރުގެ ވިޔަފާރި އަށް ހުއްދަ ދޭ ވާހަކަ ވެސް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. ސަރުކާރުން ގެންދަނީ އެކި ބާވަތުގެ ފީ އާ ޖުރިމަނާ ފައިސާ ނުދައްކާ ފަރާތްތަކަށް ވެސް އެ ފައިސާ ދެއްކުމަށް ޕްރެޝަރ ކުރަމުންނެވެ. އެހެން ނަމަވެސް އަމިއްލަ ވިޔަފާރިތަކުން ބުނަމުން އަންނަނީ ސަރުކާރުން އަމިއްލަ ފަރާތްތަކުގެ ބިލްތަކަށް ދޭން ޖެހޭ ފައިސާ އެތައް މަސްތަކެއް ފާއިތުވެގެން ދާއިރުވެސް ނުލިބޭ ކަމުގައެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2019

ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު

27 މާރިޗު 2019
ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު
19 ފެބުރުއަރީ 2019

އެމްޕީއެލުން ނަގާ ފީތަކުގެ ލިސްޓްު އާންމު ކޮށްފި

19 ފެބުރުއަރީ 2019
އެމްޕީއެލުން ނަގާ ފީތަކުގެ ލިސްޓްު އާންމު ކޮށްފި
20 ޑިސެމްބަރު 2018

ތާޖް މަހަލްއިން ނަގާ ފީ ބޮޑުކޮށްފި

20 ޑިސެމްބަރު 2018
ތާޖް މަހަލްއިން ނަގާ ފީ ބޮޑުކޮށްފި
06 ޑިސެމްބަރު 2018

ދިރާގުން ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ޕްރީ އޯޑަރު ނަގަނީ

06 ޑިސެމްބަރު 2018
ދިރާގުން ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ޕްރީ އޯޑަރު ނަގަނީ
23 ޖޫން 2018

ތެޔޮ ނަގާ މިންވަރު އިތުރުކުރަން އޯޕެކުން ނިންމިނަމަވެސް ތެލުގެ އަގު މައްޗަށް!

23 ޖޫން 2018
ތެޔޮ ނަގާ މިންވަރު އިތުރުކުރަން އޯޕެކުން ނިންމިނަމަވެސް ތެލުގެ އަގު މައްޗަށް!
31 ޑިސެމްބަރު 2017

ރާއްޖެ އާއި ލަންކާއިން އެކްސްޕޯޓްކުރާ ހުރިހާ މުދަލަކަށް އެމެރިކާއިން ޑިއުޓީ ނަގަނީ

31 ޑިސެމްބަރު 2017
ރާއްޖެ އާއި ލަންކާއިން އެކްސްޕޯޓްކުރާ ހުރިހާ މުދަލަކަށް އެމެރިކާއިން ޑިއުޓީ ނަގަނީ
29 ޑިސެމްބަރު 2017

ބިދޭސީން ގެންނަ އެޖެންސީތަކުގެ ހައްގު ސަރުކާރުން ހިމަޔާތްކޮށްދޭން ޖެހޭ: އެމްއޭއީއޭ

29 ޑިސެމްބަރު 2017
ބިދޭސީން ގެންނަ އެޖެންސީތަކުގެ ހައްގު ސަރުކާރުން ހިމަޔާތްކޮށްދޭން ޖެހޭ: އެމްއޭއީއޭ
25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
14 ޖެނުއަރީ 2017

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

14 ޖެނުއަރީ 2017
ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް