Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒު ސަރުކާރު

މިއީ ގާނޫނީ ހީލަތް ހަދަމުންދާ ސަރުކާރެއް، ގާނޫނަށް ބަދަލުތައް ގެންނަމުންދަނީ ވެސް ހީލަތުން ސަލާމަތްވުމަށް: ވަކީލު ނިޝާން

މި ފަސް އަހަރު ނިމުމުން މިސަރުކާރުގެ ބޭފުޅުންގެ ބާރުވެރިކަން ނެތިދާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 07:12
ފަލަސުރުހީ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވާހަކަދައްކަވަނީ

މިއީ ގާނޫނީ ހީލަތް ހަދަމުންދާ ސަރުކާރެއް ކަމަށާއި، ގާނޫނަށް ބަދަލުތައް ގެންނަމުންދަނީ ވެސް ފަހަށް އޮތްތަނުގައި ހީލަތުން ސަލާމަތްވުމަށް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަކީލް ނިޝާން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކަންކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު، މިސަރުކާރުގެ ފަސް އަހަރު ނިމުމުން މި ބޭފުޅުންގެ ބާރުވެރިކަން ނެތިދާނެކަން އެބޭފުޅުންނަށް އެނގޭ ކަމަށާއި، ގާނޫނު އަރާހަމަކޮށް ޖަވާބުދާރީވާންޖެހޭ ދުވަސް އަންނާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ގާނޫނު އަސާސީ މެދުވެރިކޮށް ސަލާމަތްވާނެ ގޮތްތައް އެބޭފުޅުން ހޯދާ ކަމަށާއި، މިހާރު މިގެންދަނީ ގާނޫނީ ހީލަތް ހެދުމުގެ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލާމަތްވެވޭ ގޮތަށް ބައިވަރު ގާނޫނުތައް ގެންނާނެކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމާއި، އިލެކްޝަން ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްއާއި، ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނުން ބާރު ދީފައިވަނީ އެ އުސޫލުގެ ދަށުން ކަމަށް ނިޝާން ވިދާޅުވިއެވެ.

މި ސަރުކާރުގައި މިވީ ދެ އަހަރު ދުވަސްވެގެން ދިޔައިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެކި ގޮތްގޮތަށް ގާނޫނު ގެނެސްގެން މިބޭފުޅުންގެ އަމާޒު ހިފާފައިމިހުރީ މިބޭފުޅުންގެ ވެރިކަމުގައި ނުވަތަ މިބޭފުޅުންގެ ޒައާމަތުގައި މިބޭފުޅުންނަށް ދިގު މުއްދަތަކަށް ނުތިބެވޭނެކަން އެނގޭތޯ. ރައްޔިތުން ކޮންމެވެސް ހަމައަކުން ނިންމާ ގާނޫނީ ގޮތުން އިހުތިޔާރު ލިބޭ ހިސާބެއް އެބައާދޭ. އެހެންވީމަ އެހިސާބުން ނިންމީމަ އެބޭފުޅުން ގާނޫނީ ގޮތުން ބެލިކަމުގައި ވިޔަސް 5 އަހަރު އިންނާނީ ޖުމްލަ އަހަރަކަށް. ބާކީ ތިން އަހަރު. އެހެންވީމަ މިބޭފުޅުންނަށް އެބަ ޔަގީންވޭ އެބޭފުޅުންގެ ކަންތައްތައް ހުރި ގޮތުން ކުރިއަށް އޮތްތާގައި މިބޭފުޅުން ވެރިކަމުގައި ނުތިބޭނެކަން މިބާރުތައް ނިމިގެންދާނެކަން. އެހެންވީމަ މިބޭފުޅުން ކަންތައްތައް ކުރަމުން މިގެންދަނީ ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ގާނޫނީ އިމުގެ ތެރެއިން ފިޓުކޮށްފައި އަޅުގަނޑުމެން މިއަށް ކިޔައީ ގާނޫނީ އިމުގެ ތެރެއިން ހީލަތް ހެދުން. ގާނޫނީ ހީލަތް ބަހަކީ. އެހެންވީމަ ގާނޫނީ ހީލަތްތައް ބޭނުންކޮށްގެން މިބޭފުޅުން ސަލާމަތްވާ ގޮތަށް ގާނޫނު މަތިކުރީމަ ކުރީއޭ. މާދަމާ ޖަވާބުދާރީވާންޖެހުނީމަ މިސާލަކަށް އެބޭފުޅުން ބާރު ކެނޑުނީމަ މިބޭފުޅުން ގެންނާނެ ޖަވާބުދާރީވާން ޖެހޭ ތަންތަނަށް ގެންނާނެ''
މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް

ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތަކެއް ހިމަނައި، ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ފަރުމާކޮށް މިމަހުގެ 19ވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އިޝާރާތް ކުރައްވައި ނިޝާން ވިދާޅުވީ އެއީ ބާރުތައް ހަނިކޮށް، ރައްޔިތުންގެ އަގަމަތީގައި ޓޭޕް އެޅުވުމުގެ މަގުސަދުގައި ސަރުކާރުން ކުރާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީން ނޫން ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު މިފަދަ ކަންކަން ގައުމުގައި ސަރުކާރުގެ ބޭފުޅުން ކުރާނެ ކަމަށެވެ.

މީގެ ކުރީގައި ވެސް އެއްކަމެއް މިއަންނަނީ. މީގެ ކުރީގައި އެމްޑީޕީ ނޫން ސަރުކާރުތަކުގައި އޮތްއިރުގައި ބަންނަން ފަށާފައި އޮތް ދޯންޏެއް މިއީ. އެދޯނި މައްޗަށް މަޑޫ ޖަހަމުން މިދަނީ. އެހެންވީމަ ދޯނީގެ ކިއްސަރަކަށް ބަދަލެއް ނާންނާނެ މަޑޫ ޖެހިއަސް. އެ ކިއްސަރު އިންނާނީ އިންގޮތަށް. އޭތިފުޅާ ވާނީ އެނގޭތޯ.އެހެންވީމަ މަޑޫ ޖަހަމުން މިގެންދަނީ.
މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ ރާއްޖޭގެ ހާލަތު ރައްޔިތުންނަށް އެނގޭ ކަމަށާއި، ސަރުކާރުގެ ތެރޭގައި ހިނގާ ގޯސްކަންތައްތަކާއިި، ޖަރީމާތައް އެނގޭ ކަމަށެވެ. ސިއްރުން ރައީސްގެ މޭޒުމަތީގައި ބާއްވާ ކަރުދާސްކޮޅު ލީކުވާއިރު، މިފަދަ ބިލަކުން އަދި ރައްޔިތުންނަށް ކަންކަން އޮޅުވާނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަނިޔާވެރި އަމަލުތަކުގެ ވާހަކަ ދައްކާ ލިޔާނެ ބަޔަކު ގައުމުގައި ތިބޭނެ ކަމަށާއި، އެކަން ނުހުއްޓުވޭނެ ކަމަށެވެ.

މުހައްމަދު ނިޝާން އިބްރާހިމްސުޕްރީމް ކޯޓުޤާނޫނީ ހީލަތްޑރ. މުހައްމަދު މުއިއްޒުމަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު