Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުހައްމަދު މުއިއްޒު

ރައްޔިތުން އެއްބާރުލުންދީ މަގުތަކަށް ނުނުކުމެއްޖެނަމަ ރާއްޖެ ދުވަހަކު ވެސް ނުދެކޭހާ ފަހަތަށް ސޮއްސާލައިގެންދާނެ - މީކާއިލް

މީޑިއާ ބިލުން އިސްލާމިކް މިނިސްޓަރުގެ ދަރިކަލުން އެތެރެކުރި ވޭޕުގެ ވާހަކަ ކުރިއަށް އޮތްތަނުގައި ނުދެއްކޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޯގަސްޓު 2025 | އަންގާރަ 07:10
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުން އެއްބާރުލުންދީ މަގުތަކަށް ނުނުކުމެއްޖެނަމަ ރާއްޖެ ދުވަހަކު ވެސް ނުދެކޭހާ ފަހަތަށް ސޮއްސާލައިގެންދާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މީކާއިލް ވިދާޅުވީ މިހާރު ހުށަހެޅިގެން އުޅޭ މީޑިއާ ބިލުން ނުދެއްކޭނެ ކިތަންމެ ވާހަކައެއް އެބައޮތް ކަމަށެވެ. އެގޮތުން ދާދި ފަހުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން މާހިލް އެތެރެކުރި ވޭޕުގެ ވާހަކަ ކުރިއަށް އޮތްތަނުގައި ނުދެއްކޭނެ ކަމަށެވެ. އަދި ޔޫތް އެޑްވައިޒަރީ ބޯޑުގައި ތިއްބަވާ ޒުވާނުން ހިންގާ ޖަރީމާތަކުގެ ވާހަކަ މީޑިއާތަކުގައި ނުދެއްކޭނެކަމަށް މީކާއިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކިތައްމެ ވަރަކަށް އިތުރުފުޅު ހެއްދެވިޔަސް އެމަނިކުފާނަކީ 'ކައްޒާބު' ގެ ގޮތުގައި މީޑިއާގައި ދެން ސިފަ ނުކުރެއްވޭނެ ކަމަށާއި، މިދެވެނީ ފަހަތަށް ކަމަށެވެ. މީކާއިލް ވިދާޅުވީ ރައްޔިތުން އެއްބާރުލުންދީ މަގުތަކަށް ނުނުކުމެއްޖެނަމަ ގަބޫލުކުރައްވަނީ ރާއްޖެ ދުވަހަކު ވެސް ނުދެކޭހާ ފަހަތަށް ސޮއްސާލައިގެން ދާނެ ކަމަށެވެ.

އަޅުގަނޑު އިލްތިމާސްކުރަން އެމްޑީޕީއާއެކު ހުރިހާ ބޭފުޅުންވެސް މި ސަރުކާރު ޖަވާބުދާރީ ކުރުމަށް އަދި މި ސަރުކާރު ހަމަމަގަށް އެޅުވުމަށް އެއްބާރުލުން ދެއްވުމަށް.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއިލް ވިދާޅުވީ މަޖިލިސް ފެށިގެން ދިޔައީ މަޖިލީހުގެ އިމްތިޔާޒަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޙަލީލު އަރައިގަނެފައިވާތީ މަޖިލީހުގެ ތަޅުމަށް މައްސަލައެއް ހުށަހަޅައިގެން ކަމަށެވެ. ނަމަވެސް ޕީއެންސީގެ ސުޕަރ މެޖޯރިޓީގެ ބާރު ބޭނުންކޮށްގެން ކަނޑައެޅިގެން ސާފުކޮށް ފެންނަން އޮތްކަމެއްގައި އިތުރުފުޅު ހެއްދެވުމުން ވެސް އެއީ ނުވާކަމެއްގެ ގޮތުގައި ހަދާފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ހަފްތާއަކު 3 ދުވަހު ޖަލްސާ ބާއްވަން ލާޒިމް ކަމަށާއި، ނަމަވެސް ހަފްތާގެ 3 ދުވަހު ޖަލްސާ ނުބާއްވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައި ބުނަނަނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 14 ދުވަސް ތެރޭގައި ވަޒީރުން މަޖިލީހަށް ޖަވާބުދާރީވުމަށް ހާޒިރުވާންޖެހޭނެ ކަމަށެވެ. ނަމަވެސް އެ އޮންނަ މުއްދަތުގައި ހާޒިރުވެވަޑައި ނުގަންނަވާ ކަމަށާއި، ހާޒިރުވާ ފަހަރުގައިވެސް މެންބަރުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ބޮޑު ރިޔާސީ ބަޔާނެއް އިއްވާފައި ވަޒީރުން ވަޑައިގަންނަވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އަހުމަދު ނަސީމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީޑރ. މުހައްމަދު މުއިއްޒުމީޑިއާ ބިލު ގަލޮޅު ދެކުނު ދާއިރާމަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް

09 ޑިސެމްބަރު 2025
އެމްޑީޕީގެ ދާއިމީ ޗެއާޕަރސަން ހޮވުން ކައުންސިލް އިންތިޚާބުގެ ފަހަށް
07 ޑިސެމްބަރު 2025

އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!

07 ޑިސެމްބަރު 2025
އެމްޑީޕީ ގެ ގައުމީ މަޖިލިސް ހޯމަ ދުވަހު ރޭ: ވަގުތީ ޗެއާޕާސަން ހޮވުން އޮންނާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު