Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސެރެބްރަލް ޕަލްސީ

ހަނގުރާމައެއްގެ މެދުގައި، ނުކުޅެދޭ ޙާލުގައިވެސް މިސާލެއް!

އިވާންއަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބޭސް ޔޫއޭއިން އެހީ ފޯރުކޮށްދެމުންދާ ކުދިންގެ ތެރެއިން އެކަކު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2024 | ބުރާސްފަތި 09:27
އިވާން ނިސްބަތް ވަނީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ފުރަތަމަ އަހަރުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް އަވަށް ކަމަށް ވާ ތެތިއަނިވްކާ އަށް

އިވާން ނިސްބަތް ވަނީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ފުރަތަމަ އަހަރުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް އަވަށް ކަމަށް ވާ ތެތިއަނިވްކާ އަށް

ޢުމުރުން 16 އަހަރުގެ އިވާން އަކީ އެ ޢުމުރުން ގިނަ ކުދިންނާ ތަފާތި ކަމެއް ހުރި ކުއްޖެކެވެ. އިވާންއަކީ ސެރެބްރަލް ޕަލްސީ (ސީޕީ) ބަލި ތަހައްމަލު ކުރަމުން އަންނަ ކުއްޖެކެވެ. އޭނާއަށް ކުރިމަތިލާން ޖެހިފައިވާ ތަކުލީފުތައް އެ ވަރުން އަދި ނިމުނީއެއް ނޫނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކުގެ ތެރޭގައި ގުނާލެވޭ ރަޝިއާއިން އަސްކަރީ އޮޕަރޭޝަން ހިންގަމުން ދާ ޔޫކްރައިންގެ އިރުމަތީ ސަރަޙައްދަށް އުފަން އިވާންއަށް މިއަދު ވަނީ އެތައް ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އޭނާގެ ގެއާ އެންމެ 30 އަކަށް ކިލޯމީޓަރު ދުރުގައި މިހާރުވެސް ހަނގުރާމަ ދަނީ ކުރިއަށެވެ. އެހެންނަމަވެސް، އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ދިރިއުޅުމައިގެން ދަނީ ކުރިއަށެވެ.

އިވާން ނިސްބަތް ވަނީ ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ފުރަތަމަ އަހަރުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް އަވަށް ކަމަށް ވާ ތެތިއަނިވްކާއަށެވެ. އެ އަވަށުގެ ކޮންމެ ގެއެއްގައިހެން، ހަނގުރާމައިގެ އަސަރުތައް ފެންނަން އެބަ ހުއްޓެވެ. ހަތިޔާރުތައް އަރާފައި ހުރި ނިޝާންތައް ނެތް ގެއެއް ނެތެވެ. އެ އަވަށުގެ މީހުން ބުނާ ގޮތުގައި، 750 އަކަށް މީހުންގެ ތެރެއިން، މިހާރު އެ އަވަށުގައި ތިބި މީހުންގެ ޢަދަދު، 200 އަށް ވުރެ މަދެވެ.

އިވާންއަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބޭސް ޔޫއޭއިން އެހީ ފޯރުކޮށްދެމުންދާ ކުދިންގެ ތެރެއިން އެކަކެވެ. ބޭސް ޔޫއޭގެ މަޤްޞަދަކީ އިރުމަތީ ޔޫކްރައިންގެ ޑޮނެޓްސްކް ސަރަޙައްދުގެ ކުޑަކުދިންގެ ކިބާގައި ފަންނުވެރިކަމާއި މުޢާމަލާތު ކުރުމުގެ ހުނަރުވެރިކަން އަށަގަންނަވާ، ދެމެހެއްޓުމެވެ. އޭގެ ތެރޭގައި ނުކުޅެދޭ ކުދިންވެސް ހިމެނޭ ގޮތަށެވެ.

މިދިޔަ 8 ވަރަކަށް މަސް ދުވަހަށް ބަލާއިރު، ވޮލަންޓިއަރުން ލިބުނު މިންވަރަކުން، ބޭސް ޔޫއޭއިން ވަނީ އިވާންއާއެކު ކޮންމެ ހަފުތާއަކު 2 ފަހަރު، ދުވާލަކު ގަޑިއެއް ނޫނީ 2 ގަޑިއިރު ހޭދަކޮށްފައެވެ.

2022 ވަނަ އަހަރަކީ އިވާންގެ ޙަޔާތަށް އައި ނާމާން އަހަރެކެވެ. ރަޝިއާގެ ހަނގުރާމަގަނޑު ކުރިއަށް ދިޔައީ، އިވާންގެ އަވަށާ އެންމެ ކިލޯމީޓަރެއް ހާ ތަން ދުރުގައެވެ. ކެނޑި ނޭޅި އިވެމުން ދިޔަ ޙަމަލާގެ އަޑުފަށްގަނޑަށް އޭނާ ބިރުގަނެއެވެ.

އިވާން ދިރިއުޅެނީ އޭނާގެ މާމަ، އޮލޭނާ މަރޓިނެންކޯއާއި، މަންމައާ އެކުގައެވެ. ދިރިއުޅުމުގެ ޚަރަދުތައް ފޫބައްދަނީ މާމައަށް ލިބޭ ޕެންޝަން ފައިސާއާއި، އިވާންއަށް ލިބޭ ނުކުޅޭދޭ މީހުންގެ އެލަވަންސްއިންނެވެ. ނަމަވެސް، ދަތުރުފަތުރަކީ އެ ޢާއިލާއަށް ބޮޑު ގޮންޖެހުމެކެވެ. އިވާންގެ ބޮޑުދައިތަ ކާރު ވަނީ ހަނގުރާމައިގެ ތެރޭގައި ހަލާކުކޮށްލާފައެވެ. ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން، އެ އަވަށަށް ބަހެއް އަންނަނީ ހަފުތާއަކު 1 ފަހަރުއެވެ.

މި ހުރިހާ ގޮންޖެހުންތަކަކާ އެކުގައިވެސް، އަވަށް ދޫކޮށް ދާކަށް، އިވާންގެ ޢާއިލާއަކުން ނުނިންމައެވެ. އެއީވެސް އިވާންއަށްޓަކައެވެ. އެހެން މާޙައުލަކަށް ބަދަލުވުމަކީ އިވާންއަށް ކިހާ ވަރެއްގެ އަސަރުތަކެއް ކުރުވާނެ ކަމެއް ކަން އެމީހުން ރަނގަޅަށް ދަނެއެވެ.

ބޭސް ޔޫއޭ ޕްރޮގްރާމެގެ ދަށުން އިވާންއާއެކު މަސައްކަތް ކުރާ 2 ވޮލަންޓިއަރުންނަކީ ޢުމުރުން 23 އަހަރުގެ ސްވިތުލާނާ ކޮރްޒޫން އާއި 28 އަހަރުގެ ވެލޭރިއާ ބެޒްކުބްލާއެވެ. އެ 2 މީހުންނަކީވެސް އިވާންގެ އަވަށާ މާ ދުރުގައި އުޅޭ ބައެކެވެ. ނަމަވެސް ކުލާސްތައް ނަގައިދިނުމަށް، ކޮންމެ ހަފުތާއަކުވެސް އެތައް ފަހަރަކު އޭނާ ޢަމްރަށް ދަތުރު ކުރެއެވް.

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނޯ ވައިރަހުގެ ބަލިމަޑުކަމާއި ބައިލމަޑުކަމުން އަރައި ގަތުމަށް ހޭދަ ކުރި އަހަ ދުވަސްތަކާއި، ރަޝިއާއިން ކުރިއަށް ގެންދާ ހަނގުރާމގެ ނޭދޭ އަސަރުތައް، އިވާން ފަދަ އެތައް ކުދިންނެއް ދަނީ ތަހައްމަލު ކުރަމުންނެވެ.  2020 ވަނަ އަހަރަށް ފަހު، އިރުމަތީ ޔޫކްރައިންގެ އިރުމަތީ ސަރަޙައްދުތަކުގެ ކުދިންނަށް، ސްކޫލަށް ހާޒިރު ވެގެން ކިޔެވުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ސެރެބްރަލް ޕަލްސީ އަކީ ސިކުނޑީގައި ހުންނަ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ ނުކުޅެދުންތެރިކަމެކެވެ. މި ނުކުޅެދުންތެރިކަމުގެ ސަބަބުން ހަށިގަނޑުގެ މަސްތައް ހަރުވެ، ހެލިފެލިވެ އުޅުމަށާއި، ހަށިގަނޑު ބެލެންސްކުރުމަށާއި، ހަށިގަނޑު ސީދަލަށް ބެހެއްޓުމަށް ދަތިވެއެވެ.

ސެރެބްރަލް ޕަލްސީ އަކީ ނިއުރޯ ޑިވެލޮޕްމަންޓް ޑިސްއޯޑަރއެކެވެ. ނުވަތަ، ތުއްތުކުދިންގެ އުމުރާ ގުޅިގެން، އެކުދިންގެ ހެލިފެލިވުމާއި، ހަރަކާތްތަކަށް އަންނަން ޖެހޭ ކުރިއެރުން ނުލިބި، ލަސްވެގެން ދިޔުމެވެ. އެގޮތުން މި ބަލި ހުންނަ ކުދިންގެ އާންމު ހަރަކާތްތައް (އިށީނުން، ފިރުކުން، ހަފައިގެން ކެއުން، ވާހަކަދެއްކުން) އެ އުމުރުގެ އެހެން ކުދިންނާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ލަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިމާރާތްތަކެއްގެ މެދުގައިވެސް ހައްޓާއި ވެއްޓާ ރައްޓެހި ދަނޑުބިންތައް ހެއްދިދާނެ!

އިމާރާތްތަކެއްގެ މެދުގައިވެސް ހައްޓާއި ވެއްޓާ ރައްޓެހި ދަނޑުބިންތައް ހެއްދިދާނެ!

16 މެއި 2023
"ޑިމޮކްރަސީގެ ދަތުރުގައި 2 ފުރޭތައިގެ މެދުގައި ތާށިވެފައި"

"ޑިމޮކްރަސީގެ ދަތުރުގައި 2 ފުރޭތައިގެ މެދުގައި ތާށިވެފައި"

22 އެޕްރީލު 2023
ވަގުންގެ ހަމަލާގައި ނުކުޅެދޭ މީހަކަށްވިއަސް، ވަގަށް ނުގެންދެވުނު އެއްޗަކީ ޢުމަރުގެ ސާބިތުކަން!

ވަގުންގެ ހަމަލާގައި ނުކުޅެދޭ މީހަކަށްވިއަސް، ވަގަށް ނުގެންދެވުނު އެއްޗަކީ ޢުމަރުގެ ސާބިތުކަން!

26 މާރިޗު 2023
ޤަތަރު ސްޓޭޑިއަމްތަކުގެ ސެންސަރީ ރޫމްތައް: ޝާމިލު ފުޓުބޯޅައިގެ ލާމަސީލު މިސާލެއް

ޤަތަރު ސްޓޭޑިއަމްތަކުގެ ސެންސަރީ ރޫމްތައް: ޝާމިލު ފުޓުބޯޅައިގެ ލާމަސީލު މިސާލެއް

13 ޑިސެމްބަރު 2022
ޤަޠަރަށް ޒިޔާރަތް ކުރަމުންދާ ފުޓުބޯޅަ ފޭނުންގެ މެދުގައިވެސް ވޯލްޑްކަޕެއް!

ޤަޠަރަށް ޒިޔާރަތް ކުރަމުންދާ ފުޓުބޯޅަ ފޭނުންގެ މެދުގައިވެސް ވޯލްޑްކަޕެއް!

02 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު