Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އުމަރުގެ ވާހަކަ

ވަގުންގެ ހަމަލާގައި ނުކުޅެދޭ މީހަކަށްވިއަސް، ވަގަށް ނުގެންދެވުނު އެއްޗަކީ ޢުމަރުގެ ސާބިތުކަން!

ޢުމަރަށް ދިރިއުޅެން ޖެހިފައިވާ ޤައުމަކީ ވަޒީފާ ނުލިބުމުގެ ބަލިމަޑުކަން، އޭގެ އެންމެ އިންތިހާއަށް ފެތުރިފައިވާ ޤައުމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 މާރިޗު 2023 | އާދީއްތަ 10:18
ޢުމަރު އަލް މަޝާރަހް؛ ޢުރުދުންގެ ވަޑިއެއް

ޢުމަރު އަލް މަޝާރަހް؛ ޢުރުދުންގެ ވަޑިއެއް

ދުނިޔަވީ ދިރިއުޅުމަކީ، ހީވެސް ނުކުރާ ފަދަ އެތައް ގޮންޖެހުންތަކަކާ ހުރަސްތަކެއް ގިރާ ކުރަންޖެހިފައި އޮތް ދަތުރެކެވެ. މި ދަތުރުގައި ދިމާވާ އެކިއެކި ހާދިޘާތަކުގައި، ކުރިއަށް ދިއުމަށް އޮތް ހަނި ފުރުޞަތުވެސް ބަންދުވީއޭ ހިތަށް އަރާ ފަހަރު އާދެއެވެ. މެދުވެރިވާ ކަމެއްގެ ސަބަބުން، ދިރިއުޅުމުގެ އިމްތިޙާނުން ފެއިލްވެއްޖެ ކަމަށް ބަލާ ފަހަރުވެސް އާދެއެވެ. ނަމަވެސް، ގަދަ ހިތްވަރާއި އަޒުމާއެކު ދިރިއުޅުމާ ކުރިމަތިލާ، ކިތަންމެ ބޮޑު ތަކުލީފެއް ޖެހި، ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެ، އިމްތިޙާނުން ކާމިޔާބު ހޯދަން ގަދަ އަޅާ މަސައްކަތް ކުރާ މީހުން ފެނެއެވެ. އެއީ ތަޢުރީފު ޙައްޤު ޝަޚްސުންތަކެކެވެ. އެފަދަ އެކަކީ، ޢުރުދުންގެ ޢުމަރު އަލް މަޝާރަހްއެވެ.

ޢުރުދުންގެ ވެރިރަށް އައްމާންގައި ހުޅުވާފައި ހުރި ކުޑަކުޑަ ވޯކްޝޮޕެއްގެ ތެރޭގައި، ލަކުޑިން އެކި ކަހަލަ ސާމާނު އުފެއްދުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔަ ޢުމަރަކީ މީގެ ކުރިން ޓްރަކް ޑްރައިވަރެއްގެ ގޮތުގައި  މަސައްކަތް ކުރި މީހެކެވެ. އެ މަސައްކަތުގައި އުޅުމުގެ ތެރޭގައި، ޢުރުދުންއިން އިރާޤަށް ކުރި ދަތުރެއްގެ މަތީގައި އޭނާގެ ދެފައިގެ ބޭނުން ކެނޑިދިޔައެވެ. އެއީ އޭނާ ދުއްވަމުން ދިޔަ ޓްރަކް ވަގަށް ނެގުމަށް މަސައްކަތް ކުރި ގުރޫޕަކުން ދިން ހަމަލާއަކާ ގުޅިގެންނެވެ. ހަމަލާގައި ލިބުނު އަނިޔާގެ ސަބަބުން، ޢުމަރުގެ ދެފައި ބުރިކޮށްލަން މަޖުބޫރުވިއެވެ.

ކުރިމަތިވި ޖިސްމާނީ ނުކުޅެދުންތެރިކަމާއެކު، ދުރު ރާސްތާ ދަތުރުތައް ކުރުމަކީ، ޢުމުރުން 55 އަހަރުގެ ޢުމަރަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ. އެހާ ހިސާބުންވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. އަމިއްލަ މަސައްކަތުން، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އޭނާ ތެދުވީ، ސާބިތުކަމާ އެކީގައެވެ. ނަމަވެސް، މުޅިން ތަފާތު ރާސްތާއަކުންނެވެ.

އޭނާގެ އަމިއްލަ މަސައްކަތުން، ވަޑާން ކުރުމުގެ ފަންނުވެރިކަން ޢުމަރު ދަސްކުރީ މީގެ 18 އަހަރު ދުވަސް ކުރިންނެވެ. އަދި އަމިއްލަ ވަޑާންގެއެއް ނުވަތަ ވޯކްޝޮޕެއް ހުޅުވިއެވެ. އެއަށްފަހު ޢުމަރު ދަނީ، ލަކުޑި ފޮށިގަނޑުތަކާ، ގަސްއިންދާ ޕޮޓާއި އެނޫންވެސް ގެވެހި ކަންވާރުގެ ސާމާނުތައް، އެކިއެކި ވިޔަފާރިތަކަށް އުފައްދާ، ތައްޔާރުކޮށްދެމުންނެވެ. ދެ ދަރިންގެ ބައްޕައެއް ކަމަށްވާ ޢުމަރުގެ ޢާއިލާގެ ޚަރަދުތައްވެސް ބަލަހައްޓަނީ، ޚުދު އޭނާގެ މަސައްކަތުންނެވެ.

ޢުމަރަށް ދިރިއުޅެން ޖެހިފައިވާ ޤައުމަކީ ވަޒީފާ ނުލިބުމުގެ ބަލިމަޑުކަން، އޭގެ އެންމެ އިންތިހާއަށް ފެތުރިފައިވާ ޤައުމެކެވެ. 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތަކާ ހަވާލާދީ، ޖޯޑަން ލޭބަރ ވޮޗްއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޢުރުދުންގައި ތިބި ނުކުޅެދޭ މީހުންގެ ތެރެއިން ޢުމުރުން 15 އަހަރުން މަތީގެ މީހުންގެ އާބާދީއިން، ވަޒީފާއެއްގައި އުޅެނީ 7.7 ޕަސެންޓް މީހުންނެވެ.

މި ހުރިހާ ގޮންޖެހުންތަކަކާ އެކުވެސް، ޢަބުރުވެރި ދިރިއުޅުމެއްގައި، ގަދަ ހިތްވަރު ދައްކަމުންދާ ޢުމަރަކީ، ތަފާތު އެކި ސަބަބުތަކާއި ހުރަސްތަކާ ހެދި މާޔޫސްވެ، ދިރިއުޅުންމަތިން ފޫހިވެފައި ތިބި އެތައް ބަޔަކަށް ޢަޒުމާއި ރޫޙު އާކޮށްދޭނެ މީހެއް ކަމުގައި ދެންނެވިދާނެއެވެ.

ޖޯޑަންއުރުދުންގެ ވަޑާންކުރާ މީހާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ހަނގުރާމައާ ގުޅިގެން ދުނިޔެ ހަނު އޮންނާތީ ޖޯޑަންގެ ފޮރިން މިނިސްޓަރުގެ ކަންބޮޑުވުން

ޣައްޒާ ހަނގުރާމައާ ގުޅިގެން ދުނިޔެ ހަނު އޮންނާތީ ޖޯޑަންގެ ފޮރިން މިނިސްޓަރުގެ ކަންބޮޑުވުން

04 ސެޕްޓެމްބަރު 2025
ޣައްޒާ "ސާފުކޮށްލަން" ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް އުރުދުން އިން ވެސް ދެކޮޅު ހަދައިފި

ޣައްޒާ "ސާފުކޮށްލަން" ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް އުރުދުން އިން ވެސް ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ޖޯޑްން އިން އިޒްރޭލާ ގުޅުން ގާއިމް ކުރާތީ ދެކޮޅު ހެދުމުގެ ގޮތުން ޒުވާނަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިފި

ޖޯޑްން އިން އިޒްރޭލާ ގުޅުން ގާއިމް ކުރާތީ ދެކޮޅު ހެދުމުގެ ގޮތުން ޒުވާނަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިފި

07 ޖޫން 2024
ތަޖަކިސްތާނު ބަަލިކޮށް، ފުރަތަމަ ފަހަރަށް ޖޯޑަން ސެމީ ފައިނަލަށް

ތަޖަކިސްތާނު ބަަލިކޮށް، ފުރަތަމަ ފަހަރަށް ޖޯޑަން ސެމީ ފައިނަލަށް

03 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު