Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސޫދާން ހަނގުރާމަ

"ޑިމޮކްރަސީގެ ދަތުރުގައި 2 ފުރޭތައިގެ މެދުގައި ތާށިވެފައި"

އަލްބައްޔާގެ އެންމެ ފަހުގެ މަސައްކަތަށް އޭނާ ދީފައިވާ ނަމަކީ "ދަ ޑޯގް ފައިޓް"

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 އެޕްރީލު 2023 | ހޮނިހިރު 13:20
ޚާލިދު އަލްބައްޔާ - ސޫދާނަށް އުފަން، ކާޓޫނު ކުރަހާ މީހާ

ޚާލިދު އަލްބައްޔާ - ސޫދާނަށް އުފަން، ކާޓޫނު ކުރަހާ މީހާ

ނޯވޭގައި އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ސިޓިންގރޫމްގައި ހުޅުވާފައި ހުރި ޓީވީއިން ދުރަށް ފޮނުވަމުން ދިޔައީ، ހަނގުރާމަ ގަދަވެފައިވާ ސޫދާނުގެ ވެރިކަންކުރާ ޚާރްތޫމްގެ ހަމަނުޖެހުންތަކުގެ މަންޒަރުތަކެވެ. ސޫދާނަށް އުފަން ޚާލިދު އަލްބައްޔާ އަވަދިނެތި އުޅުނީ، މެދުއިރުމައްޗާއި މެދުއިރުމަތީގެ އިމުން ބޭރުންވެސް އެކަމަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މަސައްކަތެއް ކުރުމުގައެވެ. އެއީ ގިނަ ބަޔަކު ދަންނަ، ކާޓޫނު ކުރެހުމުގެ މަސައްކަތެވެ.

އަލްބައްޔާގެ އެންމެ ފަހުގެ މަސައްކަތަށް އޭނާ ދީފައިވާ ނަމަކީ "ދަ ޑޯގް ފައިޓް"އެވެ. އެ ކުރެހުމުން ފެނިގެންދަނީ ސޫދާންގައި މި ދުވަސްވަރު އެންމެ ގަދައަށް ތަޅާފޮޅަމުންދާ 2 ލީޑަރުންނެވެ. އަސްކަރިއްޔާގެ އިސްވެރިޔާ، ޖެނެރަލް އަބްދުލް ފައްތާހު އަލް-ބުރުހާނާއި ޕެރަމިލިޓްރީ ލީޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ޑަގަލޯ ސިފަކޮށްދީފައި ވަނީ، ދުނިޔޭގެ ޗާޓުގައި ސޫދާންގެ ސަރަހައްދީ އިން ދައްކުވައިދޭ ބައްޓަމަށް އޮންނަ މަސް ފޮއްޗަކާހެދި ތަޅާފޮޅަމުންދާ ކުއްތާތަކެއްގެ ގޮތުގައެވެ. ސަރަހައްދީ ފެންވަރުގައި ކޮންމެ ފަރާތަކަށްވެސް އެއްބާރުލުން ދެމުންދާ ބާރުތައްވެސް އެ ކުރެހުމުގައި ހިމަނާފައިވެއެވެ.

އަލްބައްޔާގެ ކުރެހުންތައް އޭނާ ޝާއިއުކުރަނީ ސޯޝަލް މީޑިއާގައެވެ. މަގުސަދަކީ ސުލްހަވެރިގޮތެއްގައި އިހުތިޖާޖު ކުރެވިދާނެކަން ސާބިތުކޮށްދިނުމެވެ.

މުޅި މެދުއިރުމަތި ގުޑުވާލި "އަރަބި ބަހާރު"ގެ ކާޓޫނުތައް ކުރަހައިގެން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ، އުމުރުން 42 އަހަރުގެ އަލްބައްޔާ ބުނިގޮތުގައި، ކުރެހުމަކީ، އެކަމަކަށް އެމީހުން "ތަޅާފޮޅަމުންދާ" ދިއުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގެކެވެ.

އަލްބައްޔާ ސިފަކުރިގޮތުގައި، ސޫދާން މިއަދު އޮތީ 2 ފުރޭތައެއްގެ މެދުގައި ތާށިވެފައެވެ.

އަލްބައްޔާގެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި؛ އެމެރިކާގެ އެފްރިކާ ދަރިކޮޅުގެ ފުޓުބޯޅަ ކުޅުންތެރިޔާ ކޮލިން ކެޕަރނެކް، އެއް ކަކޫ މައްޗަށް ތިރިވެ އިންނައިރު، އޭނާގެ ބޮލުގެ އިސްތަށިގަނޑުން ގޮށްމުށްކަވާފައިވާ އަތްތިލައެއް ރަމްޒުކޮށްދޭ ކުރެހުން ހިމެނެއެވެ. އެއީ އެމެރިކާގައި ނިގުޅައިގަންނަމުންދާ ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ބޭނުންކުރި، ވަރުގަދަ ރަމްޒީ ކުރެހުމަކަށްވިއެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ސްނޫޕް ޑޮގްފަދަ ފަންނުވެރިން ވަނީ، އެ ކުރެހުން ހިމަނައިގެން ތައްޔާރުކޮށްފައިވާ ޓީޝާޓުތައް ލައިގެން ޝުއޫރު ފާޅުކޮށްފައެވެ.

ގައުމުން ބޭރުގައި ދިރިއުޅުނެއްކަމަކު، އަލްބައްޔާގެ ވަޒަނަށް އޮތް ލޯބި ފަނޑުވެގެންނެއް ނުދެއެވެ. އަލްބައްޔާ ދަނީ، ކަވާކިބީ ގުރޫޕުގައި، ކުރެހުމުގެ ފަންނަ ޚާއްސަ ޕްރޮގްރާމެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. އެ ފައުންޑޭޝަންއަކީ، 2011 ވަނަ އަހަރުގެ އަރަބި ބަހާރުގެ މުޒާހަރާތަކުގެ ތެރެއިން، މީޑިއާ މެދުވެރިކޮށް، މެދުއިރުމަތީގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ޕްރޮމޯޓްކުރެވިދާނެ ގޮތްތައް ބަލައި ހޯދުމަށް އުފެއްދި ފައުންޑޭޝަނެކެވެ.

ޚާރްތޫމްއިން އަދި އިންޓަރނެޓްގެ ޚިދުމަތް މެދުކަނޑާލާފައި ނެތުމަކީ އަލްބައްޔާގެ ނަސީބުކަމުގައިވެސް ދެންނެވިދާނެއެވެ. އޭނާ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ މެސެޖުތަކެއް ފޯރުކޮށްދެމުންނެވެ. އެކުވެރިންނާއި އާއިލާގެ މެންބަރުންގެ އިތުރުން، އޭނާގެ ފޮލޯވަރުންނަށް އެކިއެކި އިރުޝާދާއި ނަސޭހަތް ދީ ހަދައެވެ. ގައުމު ދޫކޮށް ދިއުމުގެ އުންމީދުގައި ތިބި މީހުންނަށް، ޗެކްޕޮއިންޓްތަކުގައި އަމަލުތައް ބަހައްޓާނެ ގޮތްތައްވެސް ކިޔައިދެއެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2024

ފަހަރިންގެ މެދުގައި ގިނަ ފަހަރަށް ހަސަދަވެރިކަމާއި ޚިލާފުތައް އުފެދުމުގެ އަސްލަކީ ކޮބައިބާ؟

25 ސެޕްޓެމްބަރު 2024
ފަހަރިންގެ މެދުގައި ގިނަ ފަހަރަށް ހަސަދަވެރިކަމާއި ޚިލާފުތައް އުފެދުމުގެ އަސްލަކީ ކޮބައިބާ؟
22 ފެބުރުއަރީ 2024

ހަނގުރާމައެއްގެ މެދުގައި، ނުކުޅެދޭ ޙާލުގައިވެސް މިސާލެއް!

22 ފެބުރުއަރީ 2024
ހަނގުރާމައެއްގެ މެދުގައި، ނުކުޅެދޭ ޙާލުގައިވެސް މިސާލެއް!
12 ސެޕްޓެމްބަރު 2023

ހޫނުގަދަ ސަހަރާއެއްގެ މެދުގައި، ގަނޑުފެނުގެ އާރުކާޓީއެއް!

12 ސެޕްޓެމްބަރު 2023
ހޫނުގަދަ ސަހަރާއެއްގެ މެދުގައި، ގަނޑުފެނުގެ އާރުކާޓީއެއް!
16 މެއި 2023

އިމާރާތްތަކެއްގެ މެދުގައިވެސް ހައްޓާއި ވެއްޓާ ރައްޓެހި ދަނޑުބިންތައް ހެއްދިދާނެ!

16 މެއި 2023
އިމާރާތްތަކެއްގެ މެދުގައިވެސް ހައްޓާއި ވެއްޓާ ރައްޓެހި ދަނޑުބިންތައް ހެއްދިދާނެ!
02 ޑިސެމްބަރު 2022

ޤަޠަރަށް ޒިޔާރަތް ކުރަމުންދާ ފުޓުބޯޅަ ފޭނުންގެ މެދުގައިވެސް ވޯލްޑްކަޕެއް!

02 ޑިސެމްބަރު 2022
ޤަޠަރަށް ޒިޔާރަތް ކުރަމުންދާ ފުޓުބޯޅަ ފޭނުންގެ މެދުގައިވެސް ވޯލްޑްކަޕެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު