Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދަނޑުބިންތައް

އިމާރާތްތަކެއްގެ މެދުގައިވެސް ހައްޓާއި ވެއްޓާ ރައްޓެހި ދަނޑުބިންތައް ހެއްދިދާނެ!

ބައި އޭކަރަށްވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މި ބަގީޗާ ދަނޑަކީ މީގެ ކުރިން، ކުނި ޖަމާކުރަމުން ދިޔަ ސަރަހައްދެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 16 މެއި 2023 | އަންގާރަ 17:22
އިމާރާތްތަކުގެ މެދުގައި ހަދާފައިވާ ފާމެއް

އިމާރާތްތަކުގެ މެދުގައި ހަދާފައިވާ ފާމެއް

އިންސާނީ ދިރިއުޅުން ކުރިއަރައި ތަރައްގީވަމުން ދާވަރަކަށް އެންމެ ބޮޑު ބަދަލެއް އަންނަ އެއްތަނަކަށް ވެފައި އޮންނަނީ އެ ބަޔަކު ދިރިއުޅޭ މާހައުލު، ނުވަތަ ވެއްޓެވެ. އުސް އިމާރާތްތަކުން ފެށިގެން، ސިޓީތަކާއި އަވަށްތައް ފުރަމުން ދާއިރު، ފެހިކަން ގަދަ ދަނޑުބިންތަކަކީ އަމިއްލަ އަތުން ތަރައްގީކުރަމުންދާ ދުނިޔޭގެ ފޮނި މީރުކަން ދެކިލުމަށްޓަކައި، ދުޅަހެޔޮ ހާލުގައި ދެމިހުރުމަށް ކޮންމެހެން ބޭނުންވާ ތަންތަން ކަމާމެދު ގިނަ ފަހަރަށް އޮންނަނީ ވިސްނައިނުލެވިއެވެ. މިސްރުގެ ވެރިރަށް ގާހިރާގެ އުތުރުގެ ސަރަހައްދެއްގައި އަމަލީގޮތުން މި މަސައްކަތް ފެށި އެއް ބަޔަކީ "ޕްލާންޓް އަ ޓްރީ ފޮރ ސޯޝަލް ޑިވެލޮޕްމަންޓް ފައުންޑޭޝަން" (ޕްލާންޓް އަ ޓްރީ) ނުވަތަ އިޖުތިމާއީ ތަރައްގީއަށްޓަކައި ގަސް އިންދުމުގެ ޝިއާރުގެ ދަށުން މަސައްކަތްކުރާ ޖަމިއްޔާއެވެ.

ބައި އޭކަރަށްވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މި ބަގީޗާ ދަނޑަކީ، މީގެ ކުރިން ކުނި ޖަމާކުރަމުންދިޔަ ސަރަހައްދެކެވެ. ނަމަވެސް މިއަދު އެއީ ކުޑަކުދިންނަށްވެސް މިނިވަންކަމާއެކު ދުވެލައިހެދުމުގެ ފުރުސަތު އޮތް، ހިތްގައިމު ބަގީޗާއެކެވެ. ޖަނަވާރުތަކަށް ކާންދިނުމާއި އާ ގަސްގަހާގެހި ދަސްކުރުމުގެ ފުރުސަތު ހޯދައިދޭ، މުނިފޫހިފިލުވައިލެވޭ އިޖުތިމާއީ މައިޒާނެކެވެ. ބަގީޗާގެ ކޮންމެ ހިސާބަކަށް ބަލައިލިކަމުގައި ވީނަމަވެސް ފެންނަނީ އެފަދަ މަންޒަރުތަކެކެވެ. އެކި އުމުރުގެ މީހުންނާއި ކުދިން، އެކި ކަންކަން ދަސްކުރުމުގައި އަވަދިނެތި އުޅޭ މަންޒަރެވެ. ދަނޑުވެރިކަމާއި، ރީސައިކަލް ކުރުމާއި، ކުޅަނދުރު ގެންގުޅުންފަދަ އެތައް ކަމެއް މި ބަގީޗާގައި ދަސްކޮށްދެއެވެ.

ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީޒްގެ ޗެއަރމަން ނަބީލް މަހްރޫސް ފާހަގަކުރެއްވި ގޮތުގައި، ވެއްޓާ ރައްޓެހި ގަސްކާނާއަކީ މިއަދު ކޮންމެހެންވެސް ބޭނުން ޖެހިފައިވާ އެއްޗެކެވެ. ގުދުރަތީގޮތުން އުފެދޭ ކުނިބުނި ނައްތާލެވުމުގެ އިތުރުން، އިމްޕޯޓަށް ކުރަންޖެހޭ ހޭދަ ކުޑަވެ، ސިއްހަތަށްވެސް އޭގެ ފައިދާ މާ ބޮޑުވީމައެވެ.

2017 ވަނަ އަހަރު ވުޖޫދުވި ފަހުން، ޕްލާންޓް އަ ޓްރީން ދަނީ ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުވުމަށް އެކި ކެމްޕޭންތަކާއި މަޝްރޫއުތައް ހިންގަމުންނެވެ. ގޭގެ ޓެރަހުގައި ދަނޑު ހެއްދުމާބެހޭ ވޯކްޝޮޕްތައް ހިންގައެވެ. އަދި އެކި ހަރަކާތްތަކުގެ ތެރެއިން، މިހާތަނަށް 2 މިލިއަނަށްވުރެ ގަސްވެސް ވަނީ އިންދާފައެވެ.

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2023

ލޭބަލް ކިޔައިގެން، ހައްޓާއި ވެއްޓާ ރައްޓެހި ބާވަތްތައް ޚިޔާރުކުރާ މީހުންނަށް ލޫޕިން!

23 ޑިސެމްބަރު 2023
ލޭބަލް ކިޔައިގެން، ހައްޓާއި ވެއްޓާ ރައްޓެހި ބާވަތްތައް ޚިޔާރުކުރާ މީހުންނަށް ލޫޕިން!
27 ޑިސެމްބަރު 2022

ވެއްޓާ ރައްޓެހި އުމްރާނީ ބިނާވެއްޓަކަށް، ނިޒާރުގެ "ލައިފް ހައުސް" ވަރެއް ނެތް!

27 ޑިސެމްބަރު 2022
ވެއްޓާ ރައްޓެހި އުމްރާނީ ބިނާވެއްޓަކަށް، ނިޒާރުގެ "ލައިފް ހައުސް" ވަރެއް ނެތް!
02 ޑިސެމްބަރު 2022

ޤަޠަރަށް ޒިޔާރަތް ކުރަމުންދާ ފުޓުބޯޅަ ފޭނުންގެ މެދުގައިވެސް ވޯލްޑްކަޕެއް!

02 ޑިސެމްބަރު 2022
ޤަޠަރަށް ޒިޔާރަތް ކުރަމުންދާ ފުޓުބޯޅަ ފޭނުންގެ މެދުގައިވެސް ވޯލްޑްކަޕެއް!
08 ސެޕްޓެމްބަރު 2022

އޯޓިސްޓިކް ކުދިންގެ މެދުގައިވެސް މަޤުބޫލު ކާޓޫނަކަށް ފުރަތަމަ ފަހަރަށް އޯޓިސްޓިކް ކެރެކްޓަރެއް!

08 ސެޕްޓެމްބަރު 2022
އޯޓިސްޓިކް ކުދިންގެ މެދުގައިވެސް މަޤުބޫލު ކާޓޫނަކަށް ފުރަތަމަ ފަހަރަށް އޯޓިސްޓިކް ކެރެކްޓަރެއް!
26 ޖޫން 2018

އައްޒަ އާއި މުއާ އުޅެނީ ރައްޓެހި ވެގެންތަ؟

26 ޖޫން 2018
އައްޒަ އާއި މުއާ އުޅެނީ ރައްޓެހި ވެގެންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު