Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޞާބިރު ސުލްޠާނީ

ނުކުޅެދޭ ހާލުގައިވެސް ޓީމުގެ އެންމެ ކުރިއަށް ގެންގޮސްދިނީ ދެގޮތެއް ނުވާ ސާބިތުކަން

31 ޖުލައި 2022 | އާދީއްތަ 05:57

އޭނާ މިހާރު ކުޅެނީ ކާބުލް ޓީމަށް، މިދިޔަ އަހަރު އޮތް ގައުމީ މުބާރާތުގަ 1 ވަނަ ހޯދީ ސުލްތާނީގެ ޓީމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 31 ޖުލައި 2022 | އާދީއްތަ 05:57
ފުރޮޅުލީ ގޮނޑީގައި ހަރަކާތްތެރިވާ އަފްޣާނިސްތާނުގެ ގައުމީ ބާސްކެޓްބޯޅަ ސްކޮޑްގައި ސުލްޠާނީއަކީ ޕޮއިންޓް ގާޑެއް

ފުރޮޅުލީ ގޮނޑީގައި ހަރަކާތްތެރިވާ އަފްޣާނިސްތާނުގެ ގައުމީ ބާސްކެޓްބޯޅަ ސްކޮޑްގައި ސުލްޠާނީއަކީ ޕޮއިންޓް ގާޑެއް

ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއާއި އެމެރިކާގެ ބައިވެރިން އަފްޣާނިސްތާނުގައި ކުރި ހަނގުރާމައަކީ އެމެރިކާގެ ތާރީހުގައި އެ ގައުމުން ކުރި އެންމެ ދިގު ހަނގުރާމައެވެ. ކަނޑައެޅިގެން ވަކި ކާމިޔާބެއް ނުލި 2021 ވަނަ އަހަރު ހަނގުރާމަ ދޫކޮށްލުމަށްފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިޔައިރު، 20 އަހަރަށް ދެމިގެން ދިޔަ ހަނގުރާމައިގެ އަސަރު މިއިން ދުވަހަކުވެސް އަފްޣާނިސްތާނުން ފިލާ ނުދާނެއެވެ. ވަކިން ޚާއްސަކޮށް ޖިސްމާނީ ގޮތުން ނުކުޅެދޭ ހާލަށް ބަދަލުވި މީހުންގެ ދިރިއުޅުމަށް ފޯރި އަސަރެވެ. ނަމަވެސް، އެއީ ދިރިއުޅުމައިގެން ކުރިއަށް ދާން އޮތް ހުރަހެއް ކަމަށް ނުދެކޭ މީހުންވެސް މަދެއް ނޫނެވެ. އެފަދަ އެކަކީ، ހަނގުރާމައިގެ ތެރޭގައި ޖިސްމާނީ ގޮތުން ނުކުޅެދޭ މީހަކަށްވި މުޙައްމަދު ޞާބިރު ސުލްޠާނީއެވެ.

ހަނގުރާމައިގެ ސަބަބުން ޖިސްމާނީ ކުޅެދުންތެރިކަމަށް އުނިކަން ލިބުނު އެތައް ބައެއްގެ ތެރޭގައި ހިމެނޭ ސުލްޠާނީ މަސައްކަތް ކުރަނީ އަފްޣާނިސްތާނުގެ ވެރިކަން ކުރާ ކާބުލްގައި ހިންގާ ޕްރޮސްތެޓިކްސް ރީހެބިލިޓޭޝަން ސެންޓަރެއްގައެވެ. ސުލްޠާނީއަށް އޭނާގެ 2 ފަޔާވެސް ވަދާއީ ސަލާމް ކުރަން ޖެހުނީ އުމުރުން ވަރަށް ޅަ އިރުއެވެ. އެންމެ ފުރަތަމަ، ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ ހިތްވަރު އޭނާއަށް ގެއްލުނެވެ. ނަމަވެސް ޕްރޮސްތެޓިކްސް ރީހެބިލިޓޭޝަން ސެންޓަރުގެ އެހީގައި، ދިރުއުޅުމައިގެން ކުރިއަށް ދިއުމަށް ހިތްވަރު ލިބުނެވެ. ޕްރޮސްތެޓިކްސް ރީހެބިލިޓޭޝަން ސެންޓަރުގެ އެހީގައި މިއަދު ސުލްޠާނީއަކީ ފުރޮޅުލީ ގޮނޑީގައި ހަރަކާތްތެރިވާ އަފްޣާނިސްތާނުގެ ގައުމީ ބާސްކެޓްބޯޅަ ސްކޮޑްގެ މުހިންމު ކުޅުންތެރިއެކެވެ.

ބަލާ ބެލުމަށް ކިތަންމެ ފަސޭހަ ކަމުގައި ހީވި ނަމަވެސް، ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެން ބާސްކެޓްބޯޅަ ފަދަ ކުޅިވަރެއް ކުޅުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ބޯޅަ ޑްރިބްލް ކުރަމުން، އެހެން ކުޅުންތެރިންނަށް ބޯޅަ އެއްލަމުން، ނުވިތާކަށް ޕޮޓަށް ބޯޅަ އެއްލާ ޕޮއިންޓް ހޯދަމުން، ނުވިތާކަށް ގޮނޑި ދުށްވަމުން ދިއުމަކީ ޖިސްމާނީ ގޮތުން ހަށިގަނޑު ވަރަށް ފުރިހަމައަށް ފިޓްކޮށްގެން ނޫނީ ނުވާނެ ކަމެކެވެ. ފުރޮޅުލީ ގޮނޑީގައި ހަރަކާތްތެރިވާ އަފްޣާނިސްތާނުގެ ގައުމީ ބާސްކެޓްބޯޅަ ސްކޮޑްގެ އެންމެ ހަލުވި ކުޅުންތެރިއަކީ ސުލްޠާނީއެވެ. ފާއިތުވީ 11 އަހަރު ބާސްކެޓް ކުޅުމުގައި ހަރަކާތްތެރިވެފައިވާ ސުލްޠާނީ، 28 މީޓަރުގެ ބާސްކެޓް ކޯޓު ހުރަސްކޮށްލަނީ އެންމެ 5 ސިކުންތުގެ ތެރޭގައެވެ.

ސުލްޠާނީގެ ބައްޕަ، މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލިއިރު އޭނާގެ އުމުރުން އެންމެ 2 އަހަރެވެ. މޮޓަރު ބަޑީގެ ހަމަލާއެއްގައި ސުލްޠާނީގެ 2 ފައި ޗިސްވިއިރު އޭނަގެ އުމުރުން އެންމެ 3 އަހަރެވެ. ނަމަވެސް އޭރުވެސް ސުލްޠާނީ އުޅެމުން ދިޔައީ ހަރަކާތްތެރި ދިރިއުޅެމެކެވެ. ކޮޅުކޮޅުމައްޗަށް ދުވަމުން ދިޔައީ އޭނާގެ 2 އަތުގެ އެހީގައެވެ.

ފުރޮޅުލީ ގޮނޑީގައި ހަރަކާތްތެރިވާ އަފްޣާނިސްތާނުގެ ގައުމީ ބާސްކެޓްބޯޅަ ސްކޮޑްގައި ސުލްޠާނީއަކީ ޕޮއިންޓް ގާޑެވެ. އޭނާގެ އުނަގަނޑާއި އަތުގެ ބާރުގައި ގޮނޑި ދުށްވަމުން، ޓީމުގެ ޑިފެންސަށް ކުޅެ، ކޯޓުގެ އެއްކޮޅުން އަނެއް ކޮޅަށް ބޯޅަ ފޮނުވާލާ، ސްކޯ ކުރާނެ ފުރުސަތު، ޓީމުގެ އެހެން ބައިވެރިންނަށް ހޯދާދެއެވެ. ނަމަވެސް ކުޅިވަރުގެ މައިދާނުގައިވެސް ސުލްޠާނީއަށް ގޮންޖެހުންތަކާ ކުރިމަތިވެއެވެ.

ބާސްކެޓް ގޭމެއްގައި ހަލުވި ދުވެލީގައި ކޮޅުކޮޅަށް ގޮނޑި ދުއްވަމުން ދާއިރު އަރި އަޅާލައިގެން ވެއްޓުމަކީ އާންމު ކަމެކެވެ. އަނިޔާ ވަނީވެސް މަދެއް ކޮށެއް ނޫނެވެ. ޚުދު ސުލްޠާނީގެ އަތުގެ ކަށިގަނޑުވެސް 3 ފަހަރެއްގެ މަތިން ބިނދުނެވެ.

ހަފުތާގެ ދުވަސްތަކުގައި ސުލްޠާނީގެ މަސައްކަތަކީ ޕްރޮސްތެޓިކްސް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަސްނޫއީ ގުނަވަންތައް އުފެއްދުމެވެ. އެއީ ކޮންމެ މަރުހަލާއެއްގައިވެސް ކެތްތެރިކަމާއި އިންތިހާ ސަމާލުކަން، އެކަމަކަށް ހުސްކޮށްލަން ޖެހޭ ކަވި މަސައްކަތެކެވެ. މި ހުރިހާ ކަމެއްގައިވެސް އޭނާއާ އެކުގައިވާ އެންމެ މުހިންމު އެއް ބައިވެރިއަކީ ހިތުގެ ސާބިތުކަމެވެ.

ފުރޮޅުލީ ގޮނޑީގައި އިނދެ ބާސްކެޓް ކުޅެމުން އަންނަ ކުޅުންތެރިއެއްމުޙައްމަދު ޞާބިރު ސުލްޠާނީބާސްކެޓްބޯޅަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2019

''ނޮވެމްބަރ'' ގެ ޝޫޓިން އައްޑޫގައި ކުރިއަށް

15 ޑިސެމްބަރު 2019
''ނޮވެމްބަރ'' ގެ ޝޫޓިން އައްޑޫގައި ކުރިއަށް
23 ފެބުރުއަރީ 2019

ކުރިއަށް އޮތް ޖޭމްސް ބޮންޑް ފިލްމަށް ކިޔަނީ ޝެޓަރހޭންޑް؟

23 ފެބުރުއަރީ 2019
ކުރިއަށް އޮތް ޖޭމްސް ބޮންޑް ފިލްމަށް ކިޔަނީ ޝެޓަރހޭންޑް؟
05 ނޮވެމްބަރު 2018

ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ޝާހް އާއި ސަލްމާން އެކީގައި

05 ނޮވެމްބަރު 2018
ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ޝާހް އާއި ސަލްމާން އެކީގައި
07 ސެޕްޓެމްބަރު 2018

ސްޓްރީ ބޮކްސް އޮފީހުގައި ހުއްޓުމެއް ނެތި ދަނީ ކުރިއަށް

07 ސެޕްޓެމްބަރު 2018
ސްޓްރީ ބޮކްސް އޮފީހުގައި ހުއްޓުމެއް ނެތި ދަނީ ކުރިއަށް
10 މެއި 2018

ސެލީނާ ގޯމެޒް ޖަސްޓިން ބީބާ ދޫކޮށްލުމަށް ފަހު ހިތްވަރައިގެން ކުރިއަށް

10 މެއި 2018
ސެލީނާ ގޯމެޒް ޖަސްޓިން ބީބާ ދޫކޮށްލުމަށް ފަހު ހިތްވަރައިގެން ކުރިއަށް
19 އެޕްރީލު 2018

ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟

19 އެޕްރީލު 2018
ބަންސާލީގެ ކުރިއަށް އޮތް ފިލްމަށް ރިތިކް ރޯޝަން؟
28 ޑިސެމްބަރު 2017

އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން

28 ޑިސެމްބަރު 2017
އައިޝްވަރިޔާގެ ކުރިއަށްއޮތް ފިލްމުން ފެނިގެންދާނީ ޑަބަލް ރޯލުން
16 އޮކްޓޯބަރު 2017

"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް

16 އޮކްޓޯބަރު 2017
"ބޮސް" ގެ އަޕްޑޭޓް: މިހާރު ކުރިއަށް ދަނީ އޯޑިއޯ ބެލެންސް ކުރުމުގެ މަސައްކަތް
02 ފެބުރުއަރީ 2017

ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ

02 ފެބުރުއަރީ 2017
ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް