Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަތަރު ފީފާ ވޯލްޑްކަޕް 2022

ޤަތަރު ސްޓޭޑިއަމްތަކުގެ ސެންސަރީ ރޫމްތައް: ޝާމިލު ފުޓުބޯޅައިގެ ލާމަސީލު މިސާލެއް

ސެންސަރީ ރޫމް ފަރުމާ ކޮށްފައި ވަނީ ފައިބަރ އޮޕްޓިކް އައްޔާއި، އެނޫންވެސް ހާއްސަ އާލާތްތަކެއް ބޭނުން ކޮށްގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2022 | އަންގާރަ 07:17
ސެންސަރީ ރޫމް ހުންނަނީ އަލް ބައިތު ސްޓޭޑިއަމްގެ، އެންމެ މަތީ ބައިގައި

ސެންސަރީ ރޫމް ހުންނަނީ އަލް ބައިތު ސްޓޭޑިއަމްގެ، އެންމެ މަތީ ބައިގައި

އެއްތަނަކަށް ބައިވަރު މީހުން ޖަމާވެ، އިންތިހާއަށް އަޑު ގަދަވެގެންދާ ސްޓޭޑިއަމްތަކަކީ އިޙްޞާސްވުމުގެ ހިއްސުގައި އެހެން މީހުންނާ ތަފާތު ކަމެއް ހުންނަ، ނުވަތަ ސެންސަރީ މައްސަލަ ހުންނަ މީހުންނަށް ގޮސް އުޅެން މާ ފަސޭހަ ތަންތަނެއް ނޫނެވެ. އޯޓިޒަމްއާއި އެނޫންވެސް އެފަދަ ހާއްސަ ސިފަތައް ލިބިފައި ވާ މީހުންނަށް ވޯލްޑްކަޕް މެޗުތައް ސްޓޭޑިއަމްއެއްގައި ބަލާލުމަކީ މީގެ ކުރިން މާ ފަސޭހަ ކަމެއް ނުނެވެ.

ޤަޠަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ތަފާތެވެ. މިއީ ފީފާ ވޯލްޑްކަޕްގެ ތާރީޚުގައިވެސް ސެންސަރީ ރޫމްތަކާއެކު ސްޓޭޑިއަމްތައް ބިނާ ކުރި ފުރަތަމަ ފަހަރެވެ. ވޯލްޑްކަޕަށް ހާއްސަ ކޮށްގެން ޤަޠަރުން ތަރައްޤީ ކުރި ސްޓޭޑިއަމްތަކުގެ ތެރެއިން 3 ސްޓޭޑިއަމްއެއްގައި ސެންސަރި ރޫމްތައް ހުރެއެވެ. ހާއްސަ އެހީއަށް ބޭނުންވާ މެހެމާނުންނަށް މުޅިން ތަފާތު ތަޖުރިބާއެއް ކަށަވަރު ކޮށްދެއެވެ.

އެފަދަ އެއް ސެންސަރީ ރޫމް ހުންނަނީ އަލް ބައިތު ސްޓޭޑިއަމްގެ، އެންމެ މަތީ ބައިގައެވެ. ކުރިމައްޗަށް ވާ ގޮތަށް ބޮޑު ކުޑަ ދޮރަކާއެކު އެ ސެންސަރީ ރޫމް ފަރުމާ ކޯށްފައި ވަނީ ފައިބަރ އޮޕްޓިކް އައްޔާއި، އެނޫންވެސް ހާއްސަ އާލާތްތަކެއް ބޭނުން ކޮށްގެންނެވެ.

ޤަޠަރުގެ ސުޕްރީމް ކޮމިޓީ ފޮރ ޑެލިވަރީ އެންޑް ލެގަސީގެ އެކްސެސަބިލިޓީ ލީޑް މެނޭޖަރ، މާކް ޑަޔަރ ވިދާޅުވީ، ސެންސަރީ ރޫމްތައް ފަރުމާ ކޮށްފައި ވަނީ، މެޗުގެ ހާސްކަމާ ނުތަނަވަސްކަމުގެ ތެރެއިން ހަމަޖެހުމާއި އަރާމު ލިއްބައިދޭ ގޮތަށް ކަމަށެވެ.

ސެންސަރީ ރޫމްއާއި ކައިރި ހިސާބުތަކުގައި ތިބެގެން މެޗު ބަލާލުމުގެ އިތުރުން، ސިކުނޑިއަށް ހަމަޖެހުމެއް ހޯދުމަށްޓަކާ ސެންސަރީ ރޫމްގައި ވަގުތު ހޭދަ ކުރުމުގެ ފުރުޞަތު، ހާއްސަ އެހީއަށް ބެނުންވާ ސަޕޯޓަރުންނަށް އޮވެއެވެ.

"ސެންސަރީ ސޫކް"ގެ ވެރިޔާ އަދި އޯޓިޒަމަށް ޑައެގްނޯޒް ކޮށްފައިވާ ކުއްޖެއްގެ މަންމަ ކަމަށް ވާ އެލިސަން ސަރާފް ބުނި ގޮތުގައި، މިކަމުގެ ސަބަބުން، މެޗުގެ ފުރިހަމަ ފޯރި ނެގުމުގެ ފުރުޞަތު، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށްވެސް ލިއްބައިދެއެވެ.

ވޯލްޑްކަޕް މެޗުތައް ބަލަން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒު ކޮށްގެން ޤަޠަރުން ތަރައްޤީ ކޮށްފައިވާ ސެންސަރީ ރޫމްތަކަކީ އެއް ފަހަރާއި 6 މީހުންނާއި 10 މީހުންނަށް ޚިދުމަތް ހޯދޭ ގޮތަށް ފަރުމާ ކޮށްފައިވާ ސެންސަރީ ރޫމްތަކެކެވެ. އެ ސެންސަރީ ރޫމްތަކުގައި މަސައްކަތް ކުރަނީ، ކަމުގެ ތަޖުރިބާ ލިބިފައި ވާ ހާއްސަ މުވައްޒަފުންތަކެކެވެ.

ސެންސަރީ ރޫމްތަކުގެ އިތުރުން، މި ފަހަރުގެ ވޯލްޑްކަޕަށް ޤަޠަރުން ތަރައްޤީ ކުރި ސްޓޭޑިއަމްތައް ތަރައްޤީ ކޮށްފައި ވަނީ، ޖިސްމާނީ ގޮތުންވެސް އެކި ކަހަލަ ނުކުޅުންތެރިކަން ހުންނަ މީހުންނަށް، މާ ބޮޑު ތަކުލީފަކާ ނުލާ ބޭނުން ކުރެވޭނެ ގޮތްތައް ބަލައިގެންނެވެ.

ޤަތަރު ފީފާ ވޯލްޑް ކަޕް 2022ގަތަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު