Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިރާގުގެ އަންހެން މެކޭނިކް މައިސޫން

މައިސޫން: އަންހެން ޑްރައިވަރުންގެ މެދުގައި މަގުބޫލު މެކޭނިކް

ކާރު މަރާމާތު ކުރާ ތަފާތު އެކި ވޯކްޝޮޕްތަކުގައި މަސައްކަތް ކުރި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 ޖުލައި 2022 | ބުރާސްފަތި 06:49
އުމުރުން 38 އަހަރުގެ މައިސޫން ޙަސަން އަކީ، މިއަދު އޭނާގެ އަމިއްލަ ވޯކްޝޮޕެއް ހިންގާ ހީވާގި މެކޭނިކެއް

އުމުރުން 38 އަހަރުގެ މައިސޫން ޙަސަން އަކީ، މިއަދު އޭނާގެ އަމިއްލަ ވޯކްޝޮޕެއް ހިންގާ ހީވާގި މެކޭނިކެއް

އަދުގެ ދުނިޔޭގެ ކޮންމެ ހިސާބަކަށް ނަޒަރު ހިންގާލިކަމުގައިވީ ނަމަވެސް ފެނިގެންދާ އެއް ކަމަކީ، ވަކި ކަހަލަ މަސައްކަތެއް ކުރުމުގައި ވަކި ޖިންސަކަށް ނިސްބަތްވީ ފަސް ނުޖެހި ކުރިއަރާދާ ބަޔަކު ދިރިއުޅެމުންދާކަމެވެ. މެދުއިރުމަތީގެ ގައުމުތަކަކީ އަންހެނުންގެ ހައްގުތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ބަޔަކު ދިރިއުޅޭ ގައުމުތަކެއް އޮތް ސަރަހައްދެއް ކަމަށް ހުޅަނގުގެ މީޑިއާއިން ސިފަ ކޮށްދެމުން ދިޔަ ނަމަވެސް، އިރާގުގެ ވެރިރަށް ބަޣުދާދުން ދެނީ ތަފާތު މެސެޖެކެވެ.

ކާރު މަރާމާތު ކުރާ ތަފާތު އެކި ވޯކްޝޮޕްތަކުގައި މަސައްކަތް ކުރުމަށް ފަހު، އުމުރުން 38 އަހަރުގެ މައިސޫން ޙަސަން އަކީ، މިއަދު އޭނާގެ އަމިއްލަ ވޯކްޝޮޕެއް ހިނގާ ހީވާގި މެކޭނިކެކެވެ. އަންހެން މެކޭނިކެކެވެ.

އާއިލާއަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށްޓަކާ ކާރު ގަރާޖެއް ހިންގުމުގެ މަސައްކަތް މައިސޫން ފެށި އިރު، މާ ގިނަ މީހުންނަކަށް އޭނާގެ ވާހަކައެއް އަޑެއް ނީވެއެވެ. ނަމަވެސް މިއަދު އޭނާއަކީ ވަކިން ހާއްސަކޮށް، އަންހެން ޑްރައިވަރުންގެ މެދުގައި މަގުބޫލު މެކޭނިކެކެވެ. 

މައިސޫންގެ ކަސްޓަމަރުންވެސް ބުނީ ހަމަ އެހެންނެވެ.

މައިސޫން ބުނާ ގޮތުގައި އޭނާގެ ކަސްޓަމަރުންގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ ކަސްޓަމަރުންނަކީ އަންހެނުންނެވެ. މިހާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. މައިސޫން އަމާޒު ހިފައިގެން ހުރީ އަދިވެސް ކުރިއަށް ދިއުމަށެވެ.

ކާރު މަރާމާތު ކުރުމުގެ މަސައްކަތް، މައިސޫން ދަސްކުރަން ފެށީ ފުރާވަރުގެ ކުއްޖެއްގެ ގޮތުގައެވެ. އޭނާގެ ބައްޕަގެ ގާތުންނެވެ. ބައްޕަ ނިޔާވި ފަހުން، އާއިލާގެ ޚަރަދުތައް ބަލަހައްޓަނީ ޚުދު، މައިސޫންގެ އަމިއްލަ މަސައްކަތުންނެވެ.

އިރާގުގެ އަންހެން މެކޭނިކްޕޮލިޓިކަލް އެނަލިސްޓް އަހުމަދު ބިލާލް ޔޫސުފްޒާއީ

އިތުރަށް ކިޔާލަން

14 ޖުލައި 2022

އެމެރިކާގެ މެދުއިރުމަތީގެ އިސްތިރާޖު ތަފާތު ނަޒަރަކުން

14 ޖުލައި 2022
އެމެރިކާގެ މެދުއިރުމަތީގެ އިސްތިރާޖު ތަފާތު ނަޒަރަކުން
14 ޖުލައި 2022

ގޮވާން ހައްދަން ޔޫކްރެއިންގެ ދަނޑުވެރިޔާ ހަނގުރާމައިގެ މައިދާނަށް!

14 ޖުލައި 2022
ގޮވާން ހައްދަން ޔޫކްރެއިންގެ ދަނޑުވެރިޔާ ހަނގުރާމައިގެ މައިދާނަށް!
09 ޖޫން 2017

"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ

09 ޖޫން 2017
"ސާހޯ" ގެ އަންހެން ބަތަލާއަކީ އަނުޝްކާ ޝެޓީ
08 މެއި 2017

"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ

08 މެއި 2017
"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ
22 އެޕްރީލު 2017

އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް

22 އެޕްރީލު 2017
އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު