Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތަފާތު ތިން ހުނަރުގެ ތިން އާޓިސްޓުން

ގައުމީ ލޯބީގެ ލާމަސީލު މިސާލެއް ފަދަ ލުބްނާންގެ 3 ފަހުލަވާނުން!

އަމީން ބެއިތަމޫނީ އަކީ ދުވާލު ގަޑީގައި މެކޭނިކަލް އިންޖިނޭރެއް، ރޭގަނޑު އެއީ ޓެންގޯ ޓީޗަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 ޖުލައި 2022 | ހޯމަ 05:50
ގައުމު ދޫކޮށް އެހެން މަންޒިލަކަށް ދިރިއުޅުމުގެ މިސްރާބު ބަދަލުކުރަންވީ އެތައް ސަބަބެއް ފެނުނު ނަމަވެސް، އެ 3 މީހުންވެސް ލުބްނާންގައި މަޑުކުރީ އުފަން ފަސްގަނޑަށް އޮތް ލޯތްބެއްގެ ބޮޑުކަމުން

ގައުމު ދޫކޮށް އެހެން މަންޒިލަކަށް ދިރިއުޅުމުގެ މިސްރާބު ބަދަލުކުރަންވީ އެތައް ސަބަބެއް ފެނުނު ނަމަވެސް، އެ 3 މީހުންވެސް ލުބްނާންގައި މަޑުކުރީ އުފަން ފަސްގަނޑަށް އޮތް ލޯތްބެއްގެ ބޮޑުކަމުން | ރޮއިޓަސް

އެއީ ވޯލްޑް ބޭންކުން ސިފަކޮށްފައިވާ ގޮތުގައި ރެކޯޑް ކުރެވިފައިވާ އިގުތިސާދީ ކާރިސާތަކުގެ ތެރެއިން އެންމެ ގެއްލުން ދެނިވި އެއް ކާރިސާގެ މަންޒިލެވެ. ލަވަކިއުންތެރިޔާ އަމީން ބެއިތަމޫނީ، ލަވަ ކިއުންތެރިޔާ ޖޯއީ ފަޔާދް އަދި ކުރެހުންތެރިޔާ ޕޯލް މެހްރީ، ލުބްނާންގައި މަޑު ކުރަން ނިންމީ އެއީ އެމީހުންގެ އުފަން ވަޒަން ކަމުގައި ވީތީއެވެ. ގައުމު ދޫކޮށް އެހެން މަންޒިލަކަށް ދިރިއުޅުމުގެ މިސްރާބު ބަދަލު ކުރަންވީ އެތައް ސަބަބެއް ލޯ ކުރިމަތީގައި ފާޅުވަމުން ދިޔަ ކަމުގައިވީ ނަމަވެސް، އެ 3 މީހުންވެސް ލުބްނާންގައި މަޑުކުރީ އުފަން ފަސްގަނޑަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

ބެއިތަމޫނީގެ ނެށުމުގެ ދަތުރު ފެށުނީ މީގެ 10 ވަރަކަށް އަހަރު ކުރިން އޮތް ނެށުމުގެ އިވެންޓެއްގެ ތެރެއިންނެވެ. އެންމެ ކުޑައިރުއްސުރެ ކާފަ ކުޅެމުންދިޔަ މިއުޒިކަށް އޭނާ ފައިހަމަކުރި ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އޭގެ ފަހުން، ބޯލްރޫމް ޑާންސްއަކީ، ބެއިތަމޫނީގެ ދިރިއުޅުން ކަމުގައި ވެއްޖެއެވެ.

ދުވާލު ގަޑީގައި އެއީ މެކޭނިކަލް އިންޖިނޭރެކެވެ. ރޭގަނޑު އެއީ ޓެންގޯ ޓީޗަރެކެވެ. އުމުރުން 33 އަހަރުގެ ޒުވާނާ ބުނާ ގޮތުގައި، ޓެންގޯ ނެށުމުގެ ސަބަބުން އޭނާގެ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ލިބިގެންދާ ފައިދާ ވަރަށް ސާފެވެ.

ބެއިތަމޫނީ މިހާރު ކުރަމުންދާ އުއްމީދަކީ ލުބްނާންގައި ސްކޫލެއް ހުޅުވުމެވެ. ނެށުމުގެ ތެރެއިން އިހުސާސްތައް ބޭރުކޮށްލާނެ ފުރުސަތު، މީހުންނަށް ލިބިދޭނެ ރައްކާތެރި ހިޔާވައްސެއްގެ ގޮތުގައެވެ.

ލަވަކިއުންތެރިޔާ ޖޯއީ ފަޔާދްގެ ވާހަކަވެސް ހުރީ ހަމަ އެ މޭރުމުންނެވެ.

ހިތުގައި ހިނގަމުންދާ ނުތަނަވަސްކަން ބޭރުކޮށްލުމަށް އޯޑިއަންސްއަށް އެހީވެދޭ ކަމަށް ފަޔާދް ބުނެއެވެ. ކާރިސީ ތޫފާނެއްގައި ޖެހިފައި ލުބްނާންގެ ރައްޔިތުން، މިދިޔަ 3 އަހަރެއްހާ ދުވަހު އުފުލަމުންދާ ތަކުލީފުތަކަށް ތަސައްލީއެއް ލިއްބައިދެނީ މިއުޒިކުން ކަމަށް ފަޔާދް ގަބޫލު ކުރެއެވެ.

ގައުމުގައި ކިތަންމެ ގިނަ މައްސަލަތަކެއް ހުރި ކަމުގައިވީ ނަމަވެސް، އެފަދަ ދެވަނަ "މަސްތެއް" ނެތް ކަމަށް ފަޔާދް ގަބޫލު ކުރެއެވެ. އުމުރުން 33 އަހަރުގެ އެ ފަންނުވެރިޔާގެ ހިތުގައި ލުބްނާނަށް ދެވިފައި ވަނީ ހާއްސަ މަގާމެކެވެ. ބިދޭސީ ގައުމެއްގައި ދިރިއުޅުން އަލުންބަލުން ފެށުމަށް ފަޔާދް އަދި ތައްޔާރެއް ނޫނެވެ.

ފަޔާދް ފަދައިން، ކުރެހުންތެރިޔާ މެހްރީވެސް އަދި ހުރީ މިދިޔަ 40 އަހަރު އޭނާ ހޭދަ ކުރި ގައުމު ދޫކޮށްލަން ތައްޔާރަކަށް ނޫނެވެ.

ވެރިކަމުގެ ކޯލު ތެރޭގައިން އުފެދުނު މައްސަލަގަނޑު ގައުމު ތެރެއަށް ބަންޑުންވެސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭ ދަރަޖައަށް ކަންކަން ގޯސްވެފައި ވަނިކޮށް އޯގަސްޓް 2020 ގައި ލުބްނާންގެ ބަނދަރުގައި ގޮވި ބާރުގަދަ ގޮވުމާއެކު ގައުމު އިތުރަށް ނުތަނަވަސްވިއެވެ. އޭގެ މައްޗަށް ބިންދާލީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބިޔަ ރާޅެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕަޕަރާޒީންގެ ކިބައިން ހިމާޔަތް ނުލިބޭހާ ހިނދަކު، ޑަޔާނާ ފަދައިން އެހެން މީހަކު މަރުވަންދެން ތިބެންވީތަ: ސްކާލެޓް ޖޮހާންސަން

ޕަޕަރާޒީންގެ ކިބައިން ހިމާޔަތް ނުލިބޭހާ ހިނދަކު، ޑަޔާނާ ފަދައިން އެހެން މީހަކު މަރުވަންދެން ތިބެންވީތަ: ސްކާލެޓް ޖޮހާންސަން

10 އެޕްރީލު 2019
ފަރްޚާން އަޚްތަރު އާއި ޝިބާނީގެ ލޯބީގެ ގުޅުމަށް އެއް އަހަރު ފުރުނީތަ؟

ފަރްޚާން އަޚްތަރު އާއި ޝިބާނީގެ ލޯބީގެ ގުޅުމަށް އެއް އަހަރު ފުރުނީތަ؟

24 ފެބުރުއަރީ 2019
ކާތިކް އާރިޔަންއާއި ދިޝާ ބަޓާނީ ލޯބީގެ ފިލްމަކުން އެކުގައި ފެނިގެންދަނީ!

ކާތިކް އާރިޔަންއާއި ދިޝާ ބަޓާނީ ލޯބީގެ ފިލްމަކުން އެކުގައި ފެނިގެންދަނީ!

18 ފެބުރުއަރީ 2019
ޖާންވީ އާއި ލޯބީގެ އެއްވެސް ގުޅުމެއް ނޯވޭ: އިޝާން

ޖާންވީ އާއި ލޯބީގެ އެއްވެސް ގުޅުމެއް ނޯވޭ: އިޝާން

17 ޑިސެމްބަރު 2018
އަޖައިބެއް ފަދަ ވާހަކައިގެ ވީޑީއޯއަށް ގިނަ ބައެއްގެ ޝައުގު ހުއްޓިއްޖެ!؟

އަޖައިބެއް ފަދަ ވާހަކައިގެ ވީޑީއޯއަށް ގިނަ ބައެއްގެ ޝައުގު ހުއްޓިއްޖެ!؟

15 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު