Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ސިފައިން ބޭލުމުގެ މައްސަލަ

އިންޑިއާ ސިފައިން ބޭލުން: ވޯޓު ހޯދަން ހަދާ މަންތަރަކަށް!

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ވެސް އެންމެ ގަދަޔަށް ދެއްކެވީ އިންޑިއާ ސިފައިންގެ ވާހަކަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2024 | ހޯމަ 08:43
ރައީސް، ޑރ. މުޙައްމަދު މުއިއްޒު: އެމަނިކުފާނު ފާހަގަ ކުރެވެނީ އިންޑިޔާއާ ދުރު ބޭފުޅެއްގެ ގޮތުގައި

ރައީސް، ޑރ. މުޙައްމަދު މުއިއްޒު: އެމަނިކުފާނު ފާހަގަ ކުރެވެނީ އިންޑިޔާއާ ދުރު ބޭފުޅެއްގެ ގޮތުގައި

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، ދެއްކެވި އެންމެ ބޮޑު އެއް ވާހަކަ އަކީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެ ތިބި ވާހަކަ އެވެ. ހަމައެއާއެކު، އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި ނުރައްކާ އޮތް ކަމަށް ވެސް ވިދާޅުވެ، ރައްޔިތުންނަށް ބޮޑު އޮޅުވާލުމެއް އޮޅުވާލެއްވީ އެވެ. ކޮންމެ ގޮތެއް ވީ ނަމަވެސް، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ރައީސް މުޢިއްޒު އަށް ވޯޓު ދިނީ އިންޑިއާ ސިފައިން ބޭލުމަށެވެ. މި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު އޭގެ އެންމެ ފުރިހަމަ މިނުގައި ރައްކާތެރި ކޮށްދޭނެ ކަމުގެ އުންމީދުގަ އެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ވިދާޅުވަމުން ގެންދެވީ ތިމަން މަނިކުފާނަށް ވޯޓު ދެއްވައިފި ނަމަ، މި ޤައުމުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިން ވަގުތުން ބާލާނެ ކަމަށެވެ. އެމަނިކުފާނަށް ވޯޓު ދެއްވައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހަވާލުކޮށްފި ނަމަ، އެންމެ އިސްކަމެއް ދެއްވާނީ އިންޑިއާ ސިފައިން ބޭލުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ރާއްޖޭގައި ދެހާހުން އިންޑިއާ ސިފައިން އެބަ ތިބި ކަމަށް ވިދާޅުވެ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވީ ވެސް މިހާރުގެ ރައީސް މަނިކުފާނެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގަތުމާއެކު، އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވެ، ސަރުކާރު ނޭވާ ހޮޅިއަށް އެޅޭ ވަރު ވެސް ވިޔެ އެވެ. އެންމެ ފަހުން ސަރުކާރަށް ކުރިމަތިވި ޕްރެޝަރާ، އާންމު ރައްޔިތުންގެ ފިއްތުންތަކުގެ ސަބަބުން އަދަދު ވެސް ހާމަކުރި އެވެ. ދެހާހުން ހުރި ކަމަށް ވިދާޅުވި އަަދަދު ކުއްލި އަކަށް ހަތް ދިހަ އަށް ވެސް ވެއްޓުނެވެ.

ދެން ސަރުކާރުން ވިދާޅުވީ، އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ. މިނިވަން ކަމުގެ ދިފާއުގައި މީގެ ކުރިން ރައީސް މަނިކުފާނު ދެއްކެވި ވާހަކަފުޅާ މެދު ވެސް ސުވާލު އުފެދިއްޖެ އެވެ. ސަރުކާރަށް ދެ މަސް ދުވަސް ވެގެން، ތިން މަސް ދުވަސް ހަމަވާން ކައިރިވެފައިވާއިރު ވެސް، އަދިވެސް އިންޑިއާ ސިފައިންގެ މައްސަލައިގައި މި ސަރުކާރަށް ހަމަ ހެޔޮ އެއް ކަމެއް ވެސް ނުކުރެވެ އެވެ. ނުވިތާކަށް ދާދި މިދާކަށް ދުވަހު ވިދާޅުވީ، އިންޑިއާ ސިފައިން ބޭލުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ވާނީ ވެސް އެހެންތާ އެވެ! މި ހުރިހާ ކަމަކީ، ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުންނަށް ދެއްކި ހުވަފެންތަކެކެވެ.

އިންޑިއާ ސިފައިންގެ ވާހަކަ ވިއްކައިގެން ވެރިކަމަށް އައުމަށްފަހު، އަނެއްކާ ވެސް ސަރުކާރުން ތައްޔާރުވަމުން ދަނީ ކުރިއަށް އޮތް އިންތިޚާބަށެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ރަށް ރަށަށް ކުރައްވާ ދަތުރުފުޅުގައި ވެސް ރައީސް މަނިކުފާނަށް ދެއްކެވެނީ އެ ވާހަކަ އެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ވާހަކަ އެވެ. މިހާރު ރައީސް މަނިކުފާނު ދަނީ އައްޑޫ އަށް ދަތުރުފުޅެއް ވެސް ކުރައްވަމުންނެވެ. ސަރުކާރު ދެކެ އިންތިހާ އަށް ރުޅި ގަދަވެ، ރައްޔިތުންގެ މާބޮޑު ތަރުހީބެއް ރައީސް މަނިކުފާނުގެ ދަތުރުފުޅަށް ނެތްއިރު، ޕޯޑިއަމެއް ދޮށު ހުއްޓުމާއެކު، ރައީސަަށް ކޮސް ގޮވެނީ އެވެ!

ހޯމަ ދުވަހު އައްޑޫ ހުޅުމީދޫގައި ހުންނަވާ ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން ބޭލުމަށް ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ވާހަކަ އެވެ. ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އިންޑިއާ ސިފައިން ފޮނުވާލުމުގެ ކަންތައްތައް ކުރުމަށް ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވި، އޭގައި ސޮއި ވެސް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވީއިރު، އެކަން ކުރުމަށް ދެން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހަމަ ބޭނުންވޭ ހެއްޔެވެ؟

މީގެ ކުރިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ވެސް ވިދާޅުވީ، އިންޑިއާ ސިފައިންގެ ވާހަކަ އެވެ. އެ ވާހަކަތާއެކު އިންތިޚާބު ކާމިޔާބުކޮށް، ދެން ވެސް މި ވިދާޅުވަނީ ހަމަ އެ ވާހަކަ އެވެ. މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެސް ސަރުކާރުން ކުރިއަށް ނެރެނީ އިންޑިއާ ސިފައިންގެ ވާހަކަ އެވެ. އަނެއްކާ އިންޑިއާ ސިފައިން ބޭލުމަށް، މަޖިލީހުގެ މެޖޯރިޓީ ވެސް ދޭށޭ ލޯޔަ އެވެ! އެ ވާހަކައާ އެކު މަޖިލީހުގެ މެޖޯރިޓީ ލިބުމުން، ދެން ވިދާޅުވާނީ އަދި މާ ފައްކާ ވާހަކަ އެވެ. އިންޑިއާ ސިފައިން ބޭލުމަށް ކައުންސިލްތަކުގެ މެޖޯރިޓީ ދިނުމަށެވެ. ދެން އެކަން ވެސް ކުރަަންވީ އެވެ. ޖެހިގެން އަންނަ ނޭވާގައި ވިދާޅުވާނީ، ތިޔަވަރުން ވެސް އެކަން ނުވާނެ ކަމަށެވެ. އިންޑިއާ ސިފައިން ބޭލުމަށް ތިމަން މަނިކުފާނަށް ދެ ވަނަ ދައުރެއް ދޭށެވެ. ގައިމު، މިކަހަލަ ކަމެއް ދުށީމު ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު