Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ.އަތޮޅު ކައުންސިލް

އަތޮޅު ކައުންސިލުން ދޮޅު މިލިއަނަށް ވުރެ ބޮޑު ޚަރަދުކޮށްގެން ހެދި އިމިގްރޭޝަން އޮފީހުގެ ރިބަން ކަނޑަން ރައީސް ބ. އަތޮޅަށް

އަތޮޅުގެ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލްގެ ތިން ވަަނަ ދައުރުގައި މަސައްކަތް ފަށާފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2025 | އާދީއްތަ 05:16
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބ.އަތޮޅު ކައުންސިލްގެ ރައީސް އަފްރާހް ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބ.އަތޮޅު ކައުންސިލްގެ ރައީސް އަފްރާހް ވާހަކަ ދައްކަވަނީ

ބ. އަތޮޅު ކައުންސިލްގެ އަމިއްލަ ބަޖެޓުން ސައްތައިން ސައްތަ ޚަރަދު ކޮށްފައިވާ، އަދި ސަރުކާރުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާ ބ. އަތޮޅު އިމިގްރޭޝަންގެ އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހުޅުވައި ދެއްވަން ނިންމަވާފައިވާ ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު އަފްރާހް ވިދާޅުވެއްޖެ އެވެ.

އަފްރާހް މިހެން ވިދާޅުވީ އާދީއްތަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ހޯމަ ދުވަހު ރައީސް މުޢިއްޒު ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު އޭދަފުށީގައި އަތޮޅު ކައުންސިލް އިން އިމާރާތް ކޮށްފައިވާ އިމިގްރޭޝަންގެ އޮފީސް ހުޅުވައި ދިނުމަށް އޮތީ ހަމަޖެހިފަ އެވެ.

Advertisement - newsAdvertisement

އަފްރާހް ވިދާޅުވީ ބ. އަތޮޅުގެ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލްގެ ތިން ވަަނަ ދައުރުގައި މަސައްކަތް ފަށާފައިވާ ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސް ވަރުން ފެށިގެން ވެސް، އަތޮޅު ކައުންސިލް އިން އެ މަސައްކަތް ކުރަމުން ގެންދިޔަކަން އަފްރާހް ފާހަގަ ކުރެއްވި އެވެ.

އޭރުން ފެށިގެން އަތޮޅު ކައުންސިލްގެ ބަޖެޓުގައި އިމިގްރޭޝަން އިމާރާތް ޤާއިމު ކުރުމަށް ބޭނުންވާ ފައިސާ ހިމަނާފައި ވާނެ ކަމަށާއި، ރައީސް އޮފީސް އަދި އިމިގްރޭޝަނާ އެކު އެ މަޝްވަރާތައް އޭރު ވެސް ކޮށްފައި ވާނެ ކަަމަށް އަފްރާހް ވިދާޅުވި އެވެ. އަދި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީސް ހޯދުމަށް ޕްރޮޖެކްޓު ކުރުމަށް ފަހު، ފިނޭންސް މިނިސްޓްރީ އަށް ވެސް ފޮނުވާފައި ވާނެ ކަމަށް އަފްރާހް ވަނީ ވިދާޅުވެފަ އެވެ.

އެ އިމާރާތަކީ އަތޮޅު ކައުންސިލް އިން 1.5 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ޤާއިމު ކޮށްފައިވާ އިމާރާތެއް ކަމަށް އަފްރާހް ވިދާޅުވި އެވެ. އަދި ސަރުކާރުން އެއްބަސްވެފައި ވަނީ، އަތޮޅު ކައުންސިލް އިން އިމާރާތް ޤާއިމު ކުރުމުން، އެ އޮފީހަށް ބޭނުންވާ މުވަައްޒަފުން ސަރުކާރުން ހަމަޖައްސައި ދިނުމަށް ކަމަށެވެ.

މީގެ އިތުރުން އަފްރާހް ވިދާޅުވީ، އަތޮޅު ކައުންސިލް އިން އެހާ ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ އިމާރާތެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންނަށް އެކަމާ ގުޅުން ހުރި މައުލޫމާތު ދިނުމުގެ ގޮތުން، އަތޮޅު ކައުންސިލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް ވެސް އެދިފައި ވާނެ ކަމަށެވެ.

ނަމަވެސް މިހާތަނަށް އައިއިރު އެ ފަދަ އިންތިޒާމެއް އަދި ފުރުސަތެއް އަތޮޅު ކައުންސިލަށް ނެތް ކަމުގައި އަފްރާހް ފާހަގަ ކުރެއްވި އެވެ. އަދި ރައީސްގެ ދަތުރުފުޅުގައި އަތޮޅު ކައުންސިލާ ބައްދަލު ކުރެއްވުމަށް ކައުންސިލް އިން އެދިފައި ވީ ނަމަވެސް، މިހާތަނަށް ރައީސްއާ ބައްދަލުވުމުގެ އިންތިޒާމު ވެސް ހަމަޖެހިފައި ނުވާ ކަމަށް އަފްރާހް ވިދާޅުވެފައިވެ އެވެ.

ދެން އަޅުގަނޑު ދަންނަވާލާނަން މި އަދަދަކީ އެކެއް ޕޮއިންޓު ފަހެއް މިލިއަން ރުފިޔާގެ މަސައްކަތެއް. އާބާތުރަ ފިލުވުމާއި، އެ ބޭފުޅުން އެ ބޭނުންވާ ފެންވަރަށް އިމާރާތް ހެދުމަށް، ދެން މެޝިނަރީސް ގަތުމަށް. ސަރުކާރުން އަޅުގަނޑުމެންނަށް މި އެއްބަސްވީ ދެ މުވައްޒަފުން ދޭނަމޭ، ހުރިހާ މަސައްކަތެއް އަތޮޅު ކައުންސިލް އިން ކުރާށޭ. މި ދައުރުގައި އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ނިންމީ ބ އަތޮޅު ރައްޔިތުންނަށް، އަތޮޅުގައި ތިބެގެން ޕާސްޕޯޓު ލިބޭނެ ނިޒާމެއް، އަޅުގަނޑުމެން ކައުންސިލްގެ މާލިއްޔަތުން ޚަރަދު ކޮށްގެން ކުރާނީއޭ. ރައީސް އޮފީސް ބޭފުޅުންނަށް ވެސް އަޅުގަނޑު ދެންނެވިން މިވަރުގެ ބޮޑު ހޭދައެއް އަތޮޅުގެ ރައްޔިތުންނަށްޓަކައި އަތޮޅު ކައުންސިލް އިން ކުރާ ހިނދު، ވަރަށް ރަނގަޅޭ ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދިނުމަށްޓަކައި ފުރުސަތެއް ލިބުނިއްޔާ ވަރަށް ރަނގަޅޭ. އަދި އަޅުގަނޑުމެންނަށް މި އުޅެނީ އެ ފުރުސަތު ލިބޭނެ ގޮތް ނުވެގެން ހަމަ. މާދަމާ ވަޑައިގަންނަވާ.
ބ. އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު އަފްރާހް

މީގެ އިތުރުން ވާހަކަ ދައްކަވަމުން އަފްރާހް ވިދާޅުވީ ރައީސް މުޢިއްޒު ބ. އަތޮޅަށް ވަޑައިގަންނަވަން ނިންމާފައިވީ ނަމަވެސް، އެ ދަތުރުފުޅުގެ މާ ބޮޑު ތަފްސީލެއް ކައުންސިލާ ހިއްސާކޮށްފައި ނެތް ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރެޔާ ހަމަ އަށް ވެސް، އަތޮޅު ކައުންސިލަށް އެފަދަ އެއްވެސް މައުލޫމާތެއް އަންގާފައި ނުވާ ކަމުގައި އަފްރާހް ވިދާޅުވި އެވެ.

އިމިގްރޭޝަން އޮފީސް އިމާރާތް ހުޅުވުމާ ގުޅޭ ގޮތުން، ސަރުކާރުން ވަޑައިގެން އުޅުއްވާ އެޑްވާންސް ޓީމުގެ ބޭފުޅުން އެ ސުވާލު ކޮށްފައި ވާ ކަމަށާއި، ނަމަވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން އަދި އިމިގްރޭޝަން އިން ހިއްސާކޮށްފައި ނުވާ ވާހަކަ އެޑްވާާންސް ޓީމަށް ދަންނަވާފައި ވާނެ ކަމުގައި އަފްރާހް ވިދާޅުވި އެވެ.

އެހެން ނަމަވެސް އިމިގްރޭޝަންގެ އިމާރާތް ރަައީސް ހުޅުއްވައި ދެއްވާނެ ކަމަށް އެޑްވާންސް ޓީމުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން އިމާރާތް ހުޅުވުމުގެ ގޮތުން ރައީސް މުޢިއަޒު ރިބަން ކަނޑާލައްވާނެ ކަމަށާއި،އެއަށްފަހު ރައީސް ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޑްވާންސް ޓީމުން ބުނެފައިވާ ކަމުގައި އަފްރާހް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަނުން އަފްރާހް ވިދާޅުވީ، އެ ފަދަ މަޝްރޫއުތަކަކީ ރައީސް ވަޑައިގެން ހުޅުވަން ޖެހޭ މަޝްރޫއުތަކެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ޚާއްސަކޮށް ރަށް ރަށުގައި އޭޓީއެމް ބެހެއްޓުމާއި، މިފަދަ މަޝްރޫއު ތަކަކީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަޑައިގެން ހުޅުވައިދޭން ޖެހޭ ތަންތަނެއް ނޫން ކަމަށް ވެސް އަފްރާހް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢަބްދުއް ރަޙުމާން ވިދާޅުވީ، އިމިގްރޭޝްން އޮފީހުގެ މަސައްކަތް އަތޮޅު ކައުންސިލް އިން ކުރިއަށް ގެންދިޔައިރު، ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.

އެގޮތުން އެ އޮފީހަށް ބޭނުންވާ ކައުންޓަރުތަކާއި، ގޮނޑި އަދި އެހެނިހެން ސާމާނު ވެސް ހޯދީ އަތޮޅު ކައުންސިލް އިން ކަމަށާއި، އެކަމުގައި ވެސް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އިބްރާހީމް އަބްދުއް ރަޙުމާން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު