Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބ. ކެންދޫ

ރައީސްގެ ދަތުރުފުޅާ ގުޅިގެން ރިބަން ކަނޑާލެވޭނެ ތަނެއް ހުރިތޯ ބެލުމަށް މިނިސްޓްރީތަކުން ގުޅާ: ކެންދޫ ކައުންސިލްގެ ރައީސް

އެ ރަށުގައި އޮތް ކުޑަ ކުދިންގެ ޕާކު އޮތީ ކޮން ޙާލަތެއްގައިތޯ އެއްސެވި، އެތަން މިހާރު ހުޅުވައިގެން ބޭނުން ކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2025 | އާދީއްތަ 05:20
ކެންދޫ ކައުންސިލްގެ ރައީސް އަދި އަތޮޅު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޢަބްދުއް ރަޙުމާާން، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ކެންދޫ ކައުންސިލްގެ ރައީސް އަދި އަތޮޅު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޢަބްދުއް ރަޙުމާާން، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބ. އަަތޮޅަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށް، ރިބަން ކަނޑާލެވޭނެ ތަނެއް ހުރިތޯ ބެލުމަށް ސަރުކާރުގެ އެކި އެކި ވުޒާރާ ތަކުން ގުޅުއްވަމުން ގެންދަވާ ކަމަށް، އެ އަތޮޅު ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢަބްދުއް ރަޙުމާން ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އިބްރާހީމް ޢަބްދުއް ރަޙުމާން މިހެން ވިދާޅުވީ، އާދީއްތަ ދުވަހު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ރައީސްގެ ދަތުރުފުޅާ ދިމާކޮށް އެކި އެކި ވުޒާރާ ތަކުން އެ ބޭފުޅާ އަށް ގުޅުއްވާ ކަމަށެވެ. ރައީސްގެ ދަތުރާ ގުޅޭ ގޮތުން ގުޅުއްވުމަށް ފަހު، ކޮންލެވެން އޮތީ ކޮން ކަމެއްތޯ ވުޒާރާ ތަކުން އައްސަވަމުން ގެންދަވާ ކަމަށް ޢަބްދުއް ރަޙުމާން ވިދާޅުވި އެވެ.

އެގޮތުން ޔޫތު މިނިސްޓްރީގެ ކޮންމެ ވެސް އިސް ބޭފުޅަކު ގުޅުއްވި ކަމަށާއި، އެ ރަށުގައި އޮތް ކުޑަ ކުދިންގެ ޕާކު އޮތީ ކޮން ޙާލަތެއްގައިތޯ އެއްސެވި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ ޕާކު އޮތީ ހުޅުވޭ ފަދަ ޙާލަތަކަށް ގޮސްފައިތޯ ވެސް އެއްސެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި މިހާރު އެ ޕާކު ހުޅުވާފައިވާ ކަމަށާއި، އަދި އެ ޕާކު ބޭނުން ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އިން ގުޅުއްވި ބޭފުޅާގެ ގާތުގައި ބުނި ކަމަށް އިބްރާހީމް ޢަބްދުއް ރަޙުމާން ވިދާޅުވި އެވެ. މީގެ އިތުރުން ކައުންސިލް އިމާރާތްތައް ޤާއިމު ކުރުމުގެ ތެރެއިން ކެންދޫ ކައުންސިލް އިމާރާތުގެ ބިންގާ އެޅޭނެ ގޮތެއް އޮތްތޯ ބެލުމަށް އާރުސީސީ އިން ގުޅި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ރައީސް ވަޑައިގަންނަވާ ދަތުރުފުޅާ ގުޅިގެން އެކި މިނިސްޓްރީ ތަކުން އަޅުގަނޑާ ގުޅުއްވާ އެބަ. އެކި ގޮތް ގޮތަށް ގުޅުއްވައި، ދަތުރާ ގުޅޭ ގޮތުން، ޚާއްސަކޮށް ކޮށްލެވެން އޮތީ ކޮން ކަމެއްތޯ ވަރަށް ބޮޑަށް ބައްލަވަމުން އެބަ ގެންދަވާ. ޔޫތު މިނިސްޓްރީގެ ކޮންމެ ވެސް ބޭފުޅެއް ގުޅި، ކުޑަ ކުދިންގެ ޕާކު އޮތީ ކޮން ޙާލަތެއްގައި ތޯ، ހުޅުވޭ ޙާލަތަށް ގޮސްފައި އޮތް ތޯ. ދެން އަޅުގަނޑު ދަންނަވައިފިން އަޅުގަނޑުމެން މިހާރު އެ ތަން ބޭނުން ކުރަމުންނޭ މި ދަނީ. ދެން އާރުސީސީ އިން ގުޅި، ކައުންސިލްތައް އިމާރާތް ކުރުމާ ގުޅޭ ގޮތުން. ކެންދޫ ކައުންސިލްގެ ބިންގާ އެޅޭނެ ގޮތެއް ވޭތޯ ބަލަން ވެގެންނޭ. އަޅުގަނޑު ދެންނެވިން ބިންގާ ހަމަ އެޅޭ ގޮތަށޭ މި ހުރީ. އަޅުގަނޑުމެންގެ މި އިމާރާތް ތަޅާފައި މި ތަނުގައޭ އަޅަން މި ޖެހެނީ. ފާރުން ތަން ކޮޅެއް ނަގާފައި އަޅާލެވޭ ގޮތަށޭ އިންނާނީ. މި ކަހަލަ ގޮތަކަށް މި ދަނީ.
ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޢަބްދުއް ރަޙުމާން

މީގެ އިތުރުން އިބްރާހީމް ޢަބްދުއް ރަޙުމާން ވިދާޅުވީ ރައީސްގެ ދަތުރުފުޅާ ގުޅިގެން މާ ބޮޑު ޕްލޭނެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ހަމަ އޭގެ އިތުރުން ޓުވަރިޒަމް މިނިސްޓްރީ އިން ވެސް ގުޅިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ކެންދޫގައި ލޯކަލް ޓުއަރިޒަމް ކުރިއަށް ގެންދިޔުމަށް ކައުންސިލާ އެކު އެއްބަސްވުމެއް ހަދާ ވާހަކަ ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ. ނަަމަވެސް އެއްބަސްވުމެއް ހަދައިގެން މިނިސްޓްރީ އާއެކު ކުރިއަށް ގެންދަން ޖެހޭ އޮތީ ކޮން ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ކެންދޫ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ، ކައިރީގައި އޮތް ރަށުން އިންޓަގްރޭޓެޑް ޓުއަރިޒަމް އަށް ހުއްދަ ވެސް ނުލިބިގެން ކަމަށެވެ. އެކަމުގެ ހުއްދަ އަށް އެދިގެން އުޅޭތާ ވެސް އެތައް ދުވަހެއް ވެފައިވާ ކަމަށް އިބްރާހީމް ޢަބްދުއް ރަޙުމާން ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައީސްގެ ދަތުރުފުޅާ ދިމާކޮށް އެ ހުއްދަ ލިބޭނެ ވާހަކަ ވެސް އަންގާފައިވާ ކަމަށާއި، ރައީސްގެ ދަތުރުގައި އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދަން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު