Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕީޖީ ލީޑަރު ފަލާޙު އަށް!

ފަލާޙު އެވެ. ހަނދާން ހުންނާނެ އެވެ. އެކަމަކު، އިންސާނީ ތަބިއްޔަތުގައި ވެސް ވާ ގޮތަކީ، މާ ބޮޑަށް ތައުރީފުކޮށް، ހުޝާމަދު ކުރަންވީމާ އޮޅެނީ އެވެ. ހެވާއި ނުބައި ވެސް ވަކި ނުވަނީ އެވެ. އެއްވެސް ޙާލެއްގައި މި ދެންނެވީ ފަލާޙު އަށް އެހެންވީ ވާހަކަ އެއް ވެސް ނޫނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2025 | ހޯމަ 10:58
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަކީ ރަށް ރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރައްވާ ހަމައެކަނި ރައީސް ކަމަށް، ޕީއެންސީގެ ޕީޖަރު އިބްރާހީމް ފަލާޙު ވިދާޅުވީތީ އަޑު އެހީމެވެ. ކުރީގެ ރައީސުން މާލޭގައި ތިބެނީ ކަމަށާއި، އެއާ ޚިލާފަށް ރައީސް މުޢިއްޒު ރަށް ރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރައްވާ ކަމަށް ވެސް ފަލާޙު ވިދާޅުވި އެވެ.

ފަލާޙު އެވެ. ހަނދާން ހުންނާނެ އެވެ. އެކަމަކު، އިންސާނީ ތަބިއްޔަތުގައި ވެސް ވާ ގޮތަކީ، މާ ބޮޑަށް ތައުރީފުކޮށް، ހުޝާމަދު ކުރަންވީމާ އޮޅެނީ އެވެ. ހެވާއި ނުބައި ވެސް ވަކި ނުވަނީ އެވެ. އެއްވެސް ޙާލެއްގައި މި ދެންނެވީ ފަލާޙު އަށް އެހެންވީ ވާހަކަ އެއް ވެސް ނޫނެވެ.

ފަލާޙު އަށް ނޭނގުނަސް، ހައުސިން މިނިސްޓަރު ކަމުގައި ރައީސް މުޢިއްޒު ހުންނެވިއިރު މާލޭ ސިޓީ ކައުންސިލަށް ހަދާލި ގޮތް އިނގޭނެ ކިތަންމެ ބަޔަކު މި ޤައުމުގައި އެބަ ތިއްބެވެ. ހުދު ރައީސް މުޢިއްޒު އަމިއްލަ ފުޅަށް ވެސް މިއަދު އެކަން އިޙުސާސް ވާނެ އެވެ. ސިޓީ ކައުންސިލްގެ ހުރިހާ ބާރުތަކެއް، ހައުސިން މިނިސްޓަރުގެ އަތް ޕުޅަށް ނަންގަވައިގެން އުޅުނު ހަމައެކަނި މީހަކީ ރައީސް މުޢިއްޒު އެވެ.

ފަލާޙު އެވެ. ރައީސް މުޢިއްޒު ރަށް ރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ނުކުރައްވައެކޭ ނުބުނަމެވެ. ރަށް ރަށަށް ވަޑައިގަންނަވާ ދަތުރު ތަކުގައި ބައްދަލު ކުރައްވާނެ އެވެ. އެއީ ހުރިހާ ރައީސުން ވެސް ކުރައްވާ ކަމަކަށް ވާތީ އެވެ. އެކަމަކު އެހެން ރައީސުންނާ ޚިލާފަށް ރައީސް މުޢިއްޒު ކުރައްވާ ކަމެއް އޮވެ އެވެ.

ރަށް ރަށަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލު ކުރައްވާއިރު، ކައުންސިލްތަކުގެ ކަންބޮޑުވުމާއި، ކައުންސިލްތަކުން ބޭނުންވާ ކަންތައްތަކާއި، ރަށު ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނި ކިތައް ކައުންސިލް އެ އޮތީ ހެއްޔެވެ؟

ބައެއް އަތޮޅު ހުރިހާ ރަށަކަށް ވަަޑައިގެންނެވި ނަމަވެސް، ބައެއް ރަށް ރަށުގެ ކައުންސިލްތަކާ ބައްދަލު ނުކޮށްގެން އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ފާޅު ކުރީ ވެސް ކިތައް ކައުންސިލުން ހެއްޔެވެ؟ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ލިޔެ، އެކަމުގެ ނުރުހުން ފާޅު ކުރީ ކިތައް ކައުންސިލުން ހެއްޔެވެ؟

ރައީސް މުޢިއްޒު މިހާރު ކައުންސިލްތަކާ ބައްދަލު ކުރައްވަނީ އެމަނިކުފާނު ބޭނުން ވެގެންނެވެ. ކައުންސިލު ތަކުން އެދިގެން ކުރައްވާ ކަމެއް ނޫން ކަމަށް ވެދާނެއެވެ. މި ދެންނެވީ، ރައީސް މުޢިއްޒު އަށް ރަށަކަށް ވަޑައިގެންނެވުނު ދުވަހަކުން ކައުންސިލްތަކާ ބައްދަލު ކުރުމަށް ކިޔާނީ ކޮން ނިޒާމެއް ހެއްޔެވެ؟ ކައުންސިލްތަކާ ބައްދަލު ކުރަންވީ އެމަނިކުފާނަށް ވަގުތު ވީ އިރަކުން ހެއްޔެވެ؟

ކައުންސިލްތަކުން ރައީސް މުޢިއްޒުއާ ބައްދަލު ކުރަން ބޭނުންވެ، އެ ފުރުސަތު ނުލިބިގެން ޝަކުވާ ކުރީ ކިތައް ކައުންސިލުން ހެއްޔެވެ؟ އެޕޮއިންޓުމަންޓަށް އެެދި ފޮނުވައިގެން، ބައްދަލުވުން ހަމަ ނުޖެހިގެން ޝަކުވާ ކުރީ ކިތައް ކައުންސިލުން ހެއްޔެވެ؟

ފަލާޙުމެން އަށް ނޭނގެނީ ކަަމަށް ވެދާނެ އެވެ. ރައީސް މުޢިއްޒު އާ ދެކޮޅަށް ރާއްޖޭގެ 80 އަށް ވުރެ ގިނަ ކައުންސިލްތަކުން ބަޔާން ނެރެ، ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލަން މަސައްކަތް ކުރަނީ ކަމަށް ބަޔާންތަކުގައި ލިޔެފައި އެ އޮތީ، ރައީސް މުޢިއްޒު ލާމަރުކަޒީ ނިޒާމު ފުނޑާލާތީ ނޫން ހެއްޔެވެ؟

ރައީސް މުޢިއްޒު ކައުންސިލްތައް ބާރުވެރި ކުރަން މަސައްކަތް ކުރާ ކަމަށާއި، ކައުންސިލްތަކަށް ބޭނުންވާ ކަންކަން ރައީސް މުޢިއްޒު ކޮށްދެއްވާ ކަމަށް ބުނެ ފަލާޙުމެން ވާހަކަ ދައްކަން ރަނގަޅެއް ނޫނެެވެ. ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅައި، އެކަން މަޖިލީހުން ފާސްކޮށްފައިވާއިރު، އެކަމާ ދެކޮޅު ހެދި ކައުންސިލްތަކަށް އިންޒާރު ދެއްވީ ވެސް ފަލާޙު ނޫންތޯ އެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޖީ ބިޝާމް އެވެ. އިންސާފު ގާއިމު ކޮށްދެއްވާ ށެވެ.

ޕީޖީ ބިޝާމް އެވެ. އިންސާފު ގާއިމު ކޮށްދެއްވާ ށެވެ.

24 މާރިޗު 2018
އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

25 ޖެނުއަރީ 2018
ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

10 ޖެނުއަރީ 2018
ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

09 ސެޕްޓެމްބަރު 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު